ހަނދުގެ ދެކުނު ތަނޑި ކައިރިއަށް އިންޑިޔާގެ ޖައްވީ އިދާރާއިން މަހެެއްހާ ދުވަސް ކުރިން ފޮނުވި އުޅަނދާ ގުޅުމަށް ކުރަމުންގެންދާ މަސައްކަތް އަދި ކާމިޔާބުވެފައި ނުވާ ކަމަށް އެ އިދާރާއިން މިދިޔާ ހުކުރު ދުވަހު ހާމަކޮށްފިއެވެ.
މިދިޔަ މުހުގެ ތެރޭގައި ހަނދުގެ ދެކުނު ތަނޑި ކައިރިއަށް އުޅަނދެއް ފުރަތަމަ ފަހަރަށް ފޮނުވި ޤައުމަކަށް އިންޑިޔާ ވެގެން ގޮސްފައިވާއިރު ފުރަތަމަ 14 ދުވަހުގެ ތެރޭގައި ޗާންދްރަޔަން-3 މިޝަން ގެ ލަނޑުދަންޑިތައް ކާމިޔާބުކަމާއި އެކު ހާސިލް ކޮށްފައިވެއެވެ. މި މިޝަން ގައި ހިމެނޭ ވިކްރަމް ލޭންޑާރ އަދި ޕްރަގްޔަން އެކްސްޕޮލޯރާ އޮޕަރޭޓް ކުރަމުންގެންދިޔަ ސަރަހައްދަށް އިރުގެ އަލިކަން ލިބުން ހުއްޓުމާއި އެކު އެ އުޅަނދުތައް ސްލީޕް މޯޑް އަށް ލާފައިވަނީ ސެޕްޓެމްބަރު 4 ވަނަ ދުވަހު އެވެ.
އައިއެސްއާރްއޯ ގެ މިޝަން ސައިންޓިސްޓުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ އުޅަނދުތައް ސްލީޕް މޯޑް އަށް ލުމަށްފަހު އަދި އެސަރަހައްދަށް އިރުގެ އަލިކަން ނުލިބުމާއިގުޅިގެން އިންތިހާއަށް ފިނިހޫނުމިން ދަށްވުމާއިގުޅިގެން އެއުޅަންދުތައް އަލުން ހޭލައްވާލުމަށް ދަތިވެދާނެތީއެވެ. ހަނދުގެ ސަތަހާގައި ރޭގަނޑުގެ ފިނިހޫނު މިން -200 ޑިގްރީ ސެލްސިއަސް އަށްވެސް ދާކަމަށް މިހާތަނަށް ކުރެވިފައިވާ ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން އެއުޅަނދުތަކުގެ ބެޓެރީގައިވެސް އަލުން ސޯލަރ ހަކަތައިން ޗާޖް ކުރުމަށްޓަކައި ވަކި މިންވަރެއްގައި ބެޓެރީގައި ހަކަތަ ހުންނަން ޖެހޭތީ އުޅަންދުތައް އަލުން ހޭލައްވާނުލެވި ގިނަ ދުވަސްވާނަމަ މިކަމުގެ ސަބަބުން އުފެދޭ ގޮންޖެހުންތަކާއި މެދު ޖައްވީ މާހިރުންގެ ކަންބޮޑުވުން ވެސް ވަނީ އިތުުރުވެފައެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.