އޭއައިގެ އެހީގައި އުފައްދާ ފޮތްތައް ގިނަވާން ފެށުމާއި އެކު އެމޭޒަން ސެލްފް ޕަބްލިޝިންގް ޕްލެޓްފޯމް ގައި ލިޔުންތެރިންނަށް އަމިއްލަ އަށް ފޮތް ޝާއިއު ކުރެވޭ އެންމެ ގިނަ އަދަދަކީ ދުވާލަކު ތިން ފޮތް ކަމުގައި އެމޭޒަން އިން ނިންމައިފި އެވެ.
އެމޭޒަން އިން މިނިންމުން ހާމަކޮށްފައިވަނީ ކިންޑެލް ޑިރެކްޓް ޕަބްލިޝިންގް (ކޭޑީޕީ) ގެ ފޯރަމް ގައި ކުރި ޕޯސްޓް އަކުންނެވެ. މި އިއުލާނުގައި ލިމިޓް ކޮށްފައިވާ އަދަދު ސީދާ ހާމަކޮށްފައި ނުވި ނަމަވެސް ގާޑިއަން އާއި ވާހަކަަދައްކަމުން އެމޭޒަން ގެ މަންދޫބަކު ބުނެފައިވަނީ ކުރިން ލިޔުންތެރިންނަށް ފޮތް ޝާއިއު ކުރެވޭ އަދަދު އެތަކެއް ގުނަ އިތުރު ނަމަވެސް މިހާރު އެ އަދަދަކީ 3 ކަމަށެވެ.
ޗެޓްޖީޕީޓީ ފަދަ ޖެނެރޭޓިވް އޭއައި ހިދުމަތްތައް ތައާރަފު ވުމާއި އެކު އެކި ނޫސް ތަކުން ވަނީ އޭއައި އެހީގައި އުފައްދާ ފޮތްތަކުގެ އަދަދު އިތުރުވެފައިވާކަމަށާއި ކިޔުންތެރިންނަށް އޮޅުވާލުމުގެ ނިޔަތުގައި މަޝްހުރު ލިޔުންތެރިންގެ ނަންނަމުގައިވެސް ފޮތް އުފައްދަމުން ގެންދާކަމަށެވެ. އެހެން ނަމަވެސް އެމޭޒަން އިން މިކާމާ މާބޮޑު ކަންބޮޑުވުމެއް ނެތްކަން ދެއްކުމަށްޓަކައި ބުނެފައިވަނީ އެމޭޒަންގެ ލިޔުންތަކުގެ އަދަދަށް މާބޮޑު ބަދަލެއް ފާހަގަ ނުވާކަމަށާއި އެހެން ނަމަވެސް މިފަދަ ގޮތަކަށް ލިމިޓް ތައާރަފު ކުރަން ޖެހިފައިވަނީ ނަހަމަބޭނުން ހިފުމަށް މަގިފަހު ނުކުރުމަށް ކަމަށެވެ.
އެމޭޒަންގެ މި ލިމިޓް ތައާރަފް ކޮށްފާއިވާ ދަންޑިވަޅަކީ މި ހިންގާ ސެޕްޓެމްބަރު މަހުގެ ތޭގައި ލިޔުންތަކުގައި އޭއައި ޖެނެރޭޓަޑް ކޮންޓެންޓް ހުންނަ ނަމަ އެކަން ބަޔާން ކުރަންޖޭހޭ ގޮތަށް އެމޭޒަންގެ ކޮންޓެންޓް ގައިޑްލައިން އަށް ބަދަލު ގެނެސްފައވާ ދަނޑިވަޅެއްގައެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.