ރެންސޮމްވެއަރ ގްރޫޕް އަކުން މަޝްހޫރު ޕްލޭސްޓޭޝަން އުފައްދާ ކުންފުނި ސޮނީގެ ހުރިހާ ސިސްޓަމް ތަކެއް ހެކް ކުރުމަށްފަހު މައުލޫމާތުތަކެއް ވަގަށް ނަގައި އެޔަށް ސޮނީ އިން ފައިސާ ދެއްކުމަށް ދެކޮޅުހެދުމާއި ގުޅިގެން އެތަކެތި ކަޅު ބާޒާރުގައި ވިއްކާނީކަމަށް ބުނެ އިންޒާރު ދީފިއެވެ. އަދި މިހާތަނަށް މި ހެކް ކޮށްފައިވާކަން ކަށަވަރު ކުރެވިފައި ނުވި ނަމަވެސް "ރެންސޮމްޑް.ވީސީ" ކިޔާ މި ގްރޫޕް އިން މީގެ ކުރިން ތަފާތު އެތަކެއް ކުންފުނިތަކަށް ރެންސޮމްވެއަރ ހަމަލާދީފައިވެއެވެ. އަދި ސޮނީ ހެކު ކޮށްފައިވާކަން އެމީހުން ހިއްސާކޮށްފައިވާ މައުލުމާތުތަކުން އިންގެން އެބަހުއްޓެވެ.
މި ހެކް އާއި ގުޅޭ މައުލުމާތު އެންމެ ފުރަތަމަ ޝާއިއުކޮށްފައިވަނީ ސައިބަރ ސެކިއުރިޓީ ކަނެކްޓް ގައި މިހިނގާ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހުވެ. ސައިބަރ ސެކިއުރިޓީ ކަނެކްޓް އިން ބުނެފައިވަނީ މި ހެކް ގެ ފަހަތުގައިވާ ރެންސޮމްޑް.ވީސީ އަކީ މި ދާއިރާގައި ވަރަށް އާ ގްރޫޕެއް ކަމަކު މިހާރުވެސް އެތަކެއް ބޮޑެތި ހެކްތައް ކޮށްފައިވާކަމަށް ބުނަމުންދާ ބަޔެކެވެ. މި ގްރޫޕް އިން ބުނާގޮތަށް ސޮނީގެ ހުރިހާ ސިސްޓަމެއް އެމީހުންނަށް ހެކް ކުރެވިފައިވާކަމަށް ނުދެކޭކަމަށް ސައިބަރ ސެކިއުރިޓީ ކަނެކްޓް އިން ބުނެފައިވެއެވެ. އެހެންނަމަވެސް އެ ގްރޫޕް އިން ވިކާކަމަށް ބުނާ 6،000 ފައިލް ގައި ސޮނީގެ ވިޔަފާރިއަށް ނުހަނު ބޮޑު ގެއްލުމެއް ލިބިދެވޭނެ ފަދަ މައުލުމާތުތަކާއި، ކަސަޓަމަރުންގެ އެތަކެއް މައުލޫމާތެއް ހުންނާނެކަމަށް ބެލެވެއެވެ.
އަދި މިހާތަނަށް މި ހެކް އާއި ގުޅޭ ގޮތުން ސޮނީ އިން ބުނެފައިވަނީ ހެކު ކުރިކަމުގެ ތުހުމަތުތަކުގެ ތެދުކަން ބެލުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އަދި ހެކް ކުރި މީހުން އަތުގައި ހުރި އެއްވެސް މައުލުމާތެއް ލީކް ކުރެވިފައިވެއެސް ނުވެއެވެ. މީގެ ކުރިން 2011 ވަނަ އަހަރު ސޮނީގެ ޕްލޭސްޓޭޝަން ނެޓްވޯރކް އަށް ދިން ސައިބަރ ހަމަލާއަކަށްފަހު 77 މިލިއަން އެކައުންޓް ގެ ޒާތީ މައުލުމާތުތައް އާމުވެފައިވެއެވެ. އަދި އެފަހަރު ޕްލޭޝްޓޭޝަން ނެޓްވޯރކް 1 މަސްވަންދެން އޮފްލައިން ކުރެވިފައިވެއެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.