އޭއައި ރޭހުގައި ގޫގަލް އާއި މައިކްރޮސޯފްޓް ފަދަ ކުންފުނި ތަކާއި ވާދަކުރުމުގެ ނިޔަތުގައި އެމޭޒަން އިން އޭއައި ޗެޓްބޮޓް ސްޓާޓްއަޕް އެއް ކަމުގައިވާ އެންތްރޯޕިކް އަށް 4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއް ކޮށްފިއެވެ. އެންތްރޯޕިކް އަކީ އޭއައި ދާއިރާގައި މަޝްހޫރު ޗެޓްޖީޕީޓީގެ ބެލެނިވެރި ކުންފުނި އޯޕަން އޭއައި އާއިވާދައަށް އެކުންފުނީގައި މަސައްކަތްކުރި ދެބެން ކަމުގައިވާ ޑާރިއޯ އަދި ޑެނިއެއްލާ އަމަޮޑެއި ކޯފައުންޑް ކޮށްފައިވާ ސްޓާޓްއަޕް އެކެވެ.
އެމޭޒަންގެ މިޑީލް އަކީ މިހާތަނަށް މައިކްރޯސޮފްޓް އިން ޖެނެރޭޓިވް އޭއައި ދާއިރާއިން އެންމެ ނަން މަޝްހޫރު އޯޕަން އޭއައި އަށް އައް އިންވެސްޓް ކޮށްފައިވާ 13 ބިލިއަން ޑޮލަރާއި އަޅާއި ނުހަނު ކުޑަ އަދަދެއް ނަމަވެސް މީގެން އަންގައި ދެނީ އެމޭޒަން އިން އޭއައި ރޭހުގައި ކުރިއެރުމަށްޓަކައި ސާބިތު ކަމާއި އެކު މަސައްކަތްކުރާކަމެވެ. Sads
މިޑީލް އާއިއެކު އެންތްރޯޕިކް ގެ ކުަޑަ ހިއްސާއެއް އެމޭޒަން އަށް ލިބިގެންދާއިރު އެކުންފުނީގެ ޓެކްނޮޖީތައް އެމޭޒަން ގެ އެކި ހިދުމަތްތަކުގެ ތެރެއަށް ގުޅުވާލުމުގެ އިތުރުން އޭއައި ހިދުމަތްތަކަށް ހާއްސަކޮށް އެމޭޒަން އިން ފަރުމަކުރަމުންގެންދާ އެމޭޒަން ބެޑްރޮކް ހިދުމަތުގައި މައިރޯލެއް އެންތްރޯޕިކް އިން އަދާކުރާނެއެވެ. އަދި އެންތްރޯޕިކް އިން ކުރިމަގުގައި އޭއައި މޮޑެލްތައް ތަރައްޤީ ކުރުމަށް އެމޭޒަން ގެ ކަސްޓަމް ޗިޕް އަށް ބަރޯސާވާނެއެވެ.
އެމޭޒަން ގެ އިތުރުން ގޫގަލް އިންވެސް ވަނީ މިއަހަރުގެ ކުރީކޮޅު އެންތްރޯޕިކް އަށް 300 މިލިއަން ޑޮލަރު އިންވެސްޓްކޮށް އެ ކުންފުނީގެ 10 ވަރަކަށް އިންސައްތައިގެ ހިއްސާއެއް ހޯދާފައެވެ. ރޮއިޓާރސްގެ ރިޕޯރޓްތައް ބުނާގޮތުން އެމޭޒަން އާއި އެކު މިހެދި އައު ވިޔަފާރި އެއްބަސް ވުމަށް ފަހުވެސް ގޫގަލް އާއި އެކު ކުރަމުންއައި މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެކަމަށް ވެއެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.