ރެޑިޓްއިން ޕާސަނަލައިޒްޑް އިސްތިހާރަށް ފޯކަސް އިތުރުކޮށްފި

އަޙްމަދު ދާއޫދު 01 އޮކްޓޯބަރު 2023

މީސްމީޑިއާތަކުގެ ތެރެއިން އަދުގެ ގިނަ ޒުވާނުންގެ މެދުގައި މަޤުބޫލު "ރެޑިޓް" އަކީ ފަހަކަށް އައިސް، އެހެން މީސްމީޑިއާތަކެކޭ އެއްފަންތިއެއްގައި ވާދަކުރުމުގެ ބޭނުމުގައި އާފީޗާތައް ތަޢާރަފުކުރަމުން އަންނަ އެޕެކެވެ.

އެހެންނަމަވެސް ރެޑިޓް އިން މިފަހަރު މިވަނީ ޕާސަނަލައިޒްޑް އިސްތިހާރުތަކަށް ފޯކަސްކޮށް، އެކްސް ކަހަލަ ޔޫޒަރ ޕޭމަންޓް ޕްރޮގްރާމެއް ފަށައިފައެވެ.

ތަފާތު އަދި ޝައުގުވެރި ކަންތައްތަކުގެ ސަބަބުން މަޝްހޫރު މި ޕްލެޓްފޯމަށް ގިނަ ބަދަލުތަކެއް އައިސް، އެ ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި މިކަމާ މެދު މިވަނީ މަޝްވަރާތައް ފެށިފައެވެ.

މި ވާހަކަ ފެށެނީ އާމްދަނީ އާއި ފައިދާ އިތުރުކުރުމަށް އެޅި ރެޑިޓްގެ ސްޓްރެޓެޖިކް ފިޔަވަޅުތަކުންނެވެ. އެއީ ޖުލައި މަހު ފެށި އޭޕީއައި ގަވާއިދަށް ބަދަލުތަކެއް ގެނައުމުން ބޮޑު ބަދަލަކަށް މަގުފަހިކޮށްދިން ކަމެކެވެ. ނަމަވެސް ފަހަކަށް އައިސް ގެނެވުނު ބަދަލުތަކުގެ ސަބަބުން މިވަނީ ބޮޑު ބަހުސެއް ފެށިފައެވެ.

އެންމެ ބޮޑަށް ޚިޔާލުތަފާތުވާ އެއް ބަދަލަކީ އެޑް ޕާސަނަލައިޒޭޝަން އެވެ. ރެޑިޓް އިން ނިންމީ ރެޑިޓް އެކްޓިވިޓީއަށް ބަލައިގެން ޕާސަނަލައިޒްޑް އިސްތިހާރުތަކުން ވަކިވުމުގެ އިޚްތިޔާރު ނައްތާލުމަށެވެ.

މި ނިންމުމަކީ އިސްތިހާރުގެ ޕާފޯމަންސް އިތުރުކުރުމުގެ މަގުސަދުގައި ނިންމި ނިންމުމެއް ނަމަވެސް، ގިނަ ޔޫޒަރުންނަށް އެމީހުންގެ ޕްރައިވެސީއާ މެދު ކަންބޮޑުވުން ފާޅުކުރި ނިންމުމެކެވެ.

އަދި ހަމަ އެއާއެކު މި ޕްރައިވެސީ ކޮންޓްރޯލް ނައްތާލުމުން ޔޫޒަރުން ދަނީ އެކަމަށް ނޫނެކޭ ބުނަމުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން މިފަދަ ޕްރައިވެސީތަކަށް ހޭނިފައި ތިބި ރެޑިޓް ޔޫޒަރުންނަށް މި ބަދަލާ މެދު އުނދަގޫތަކެއް ކުރިމަތިވި އެވެ. މި ބަދަލުން އިސްތިސްނާވާނީ ކޮން ގައުމުތަކެއްކަން އެ ޕްލެޓްފޯމުން ބުނެދީފައެއް ނުވެއެވެ.

އެ ޕްލެޓްފޯމަށް މިގެނައި ބަދަލުތަކާއެކު ޔޫޒަރުންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް، މި އަޕްޑޭޓްތަކުގެ ޕްރައިވެސީ އިމްޕްލިކޭޝަންތަކާ މެދު ރެޑިޓް އިން ވަނީ ވަރަށް ބޯހަރު ގޮތްތަކެއް ދައްކާފައެވެ.

އަދި އިސްތިހާރު ޕާސަނަލައިޒޭޝަން ޝިފްޓްގެ އިތުރުން ރެޑިޓް އިން ވަނީ ޕްރައިވެސީ ޕޮލިސީއަށް އެހެން ބަދަލުތަކެއް ވެސް ގެނެސްފަ އެވެ. އެގޮތުން ބަނގުރާފަދަ މަސްތުވާތަކެތީގެ އިސްތިހާރުތައް ފަދަ ނާޒުކު މައުޟޫއުތަކާ ގުޅޭ އިސްތިހާރުތައް ފެނުމުގެ ފުރުސަތު މަދުކުރުމުގެ އިޚްތިޔާރު ޔޫޒަރުންނަށް ދީފައިވެ އެވެ. ނަމަވެސް މި ފިލްޓަރިންގ ސިސްޓަމްގެ ޞައްޙަކަން ރަނގަޅު ކުރުމަށް ވަގުތު ބޭނުންވެދާނެ ކަމަށް ރެޑިޓް އިން ޤަބޫލުކުރިއެވެ.

ރެޑިޓް އިން ފައިދާ ހޯދުމާއި އެންމެ ފަހުން ޕަބްލިކް ލިސްޓިން އަށް ކުރިއަށް ދިޔައިރު، އާމްދަނީ ހޯދުމާއި ޔޫޒަރުންގެ އިތުބާރު ދެމެހެއްޓުމާ ދެމެދު ދަނީ ފުންކޮށް ވިސްނަމުންނެވެ.

އެހެންކަމުން ރެޑިޓްގެ މިބަދަލުތަކާމެދު ގިނަޔޫޒަރުންގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިފަދަ ބަދަލުތައް ގެނައުމުގެ ކުރިން ރެޑިޓްގެ ވެރިން ޒިންމާދާރުކަމާއެކު ވިސްނާނެކަމީ އެއްވެސް ޝައްކެއްހުރި ކަމެއް ނޫނެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.