އިރުގެ ހަކަތަ ބޭނުން ކުރުމަށްޓަކައި ހަދަމުންދާ ދިރާސާއަކަށް ޗައިނާއިން ގެންދަނީ ކޮމްޕްރިހެންސިވް ރިސަރޗް ފެސިލިޓީ ފޯ ފިއުޝަން ޓެކްނޮލޮޖީ (ކްރާފްޓް) ގެ ނަމުގައި ސައިންސް އިމާރާތެއް ޗައިނާގެ އަންހުއި ޕްރޮވިންސް ގައި ޤައިމް ކުރަމުންނެވެ. ޗައިނާގެ ރަސްމީ ހަބަރު ފަތުރާ އިދާރީ ޝިންވާ އިން ބުނެފައިވަނީ މި އިމާރާތަކީ ފިއުޝަން އެނާޖީ މެދުވެރިކޮށް ހަކަތަ އުފެއްދުމަށްޓަކައި ކޯ ޓެކްނޮލޮޖީތައް އިންކިއުބޭޓް ކުރާ މަރުކަޒެކެވެ.
ނިއުކްލިއާ ހަކާތާގައި އެޓޮމްތައް ބައިކުރާ ޓެކްނޮލޮޖީ ކަމުގައިވާ ނިއުކްލިއާ ފިޝަން އާއި ހިލާފަށް މާބޮޑަށް ސާފު އިއާދަކުރަނިވި ހަކަތައިގެ ގޮތުގައި ބެލެވިފައިވަނީ ނިއުކްލިއަރ ފިއުޝަން އެވެ. މި ޕްރޮސެސް ގައި ދެ އެޓޮމިކް ނިއުކްލައި އެއްކުރުމުގެ ސަބަބުން މާބަރުގަދަ ނިއުކްލިއަސް އެއް އުފެދެއެވެ. މިބުނި ފިއުޝަން އަކީ އިރާއި އެހެނިހެން ތަރިތައްވެސް ހަކަތަ އުފައްދާ ފިޒިކްސްގެ އުސޫލެވެ.
ޝިންވާ ނޫސް އިދާރާއިން އާއްމުކޮށްފައިވާ ފޮޓޯ ތަކުގައި ޑޯނަޓެއްގެ ސިފައިގައިވާ ވެކިއުމް ޗެމްބަރ އަކީ މި ބުނިފަދަ ފިއުޝަން ތަހުލީލުތައް ކުރިއަށްގެންދާނެ ތަނެވެ. ކްރާފްޓް ފެސިލިޓީ ހުންނަ އަންހުއި ޕްރޮވިންސް ގައި ފިއުޝަން އެނަރޖީރޮނގުން ރިކޯޑްް ހާސިލްކޮށްފައިވާ އެކްސްޕެރިމެންޓަލް އެޑްވާންސް ސުޕަރކޮންޑަކްޓިންގް ޓޮކަމަކް (އީސްޓް) ފެސިލީޓީވެސް ހުރެއެވެ. މި ފެސިލިޓީގައި ސުޕަރ ކޮންޑަކްޓިންގް މެގްނެޓިކް ފިއުޝަން ރިއެކްޓަރ އެއް ހުރެވެއެވެ. މި ޑޯނަޓް ސިފައިގައިވާ އިމާރާތުގައި ދަގައްފާނުގެ ބޭރުގައި ޕްލަސްމާ ވަރަށް ހޫނުގަދަކޮށް ހިފަހައްޓައެވެ.
ހަކަތައިގެ ރޮނގުން އަދިވެސް އެންމެ މަޤްބޫލުދެ ވަސީލަތަކީ ކޯލް އަދި ނެޗުރަލް ގޭސް ތަކެވެ. އެހެން ނަމަވެސް މިތަކެތީގެ ސަޕްލައި އިންތިހާއަށް ދަށްވެފައިވުމުން ސައިންސްވެރިން ދަނީ އެހެނިހެން ސާފު އަދި އިޔާދަކުރަނިވި ހަކަތަ ހޯދުމަށް ކެންޑިނޭޅި ދިރާސާކުރަމުންނެވެ. ނިއުކްލިއަރ ފިއުޝަން އިން އަހަރަމުންގެ އިރުގެ ފިޒިކްސް ނަކަލު ކުރުމަށްފަހު އޭގެން އުފައްދާ ގިނަ ހަކަތައިން ކަރަންޓް އުފައްދައެވެ. ފިއުޝަންގެ ސަބަބުން އެއްވެސް ރޭޑިއޯ އެކްޓިވް ނަޖިހެއް ނުއުފައްދާނެ ކަމަށާއި ނިއުކްލިއަރ ހަކަތަ އުފެއްދުމަށްވުރެ މާރައްކާތެރިކަމުގައި ވެއެވެ.
ޝިންވާ އިން އާއްމުކޮށްފައިވާ ގޮތުންނަމަ، އެއް ލީޓަރުގެ ކަނޑުގެ ލޮނުފެނުގައި 300 ލީޓަރު ޕެޓްރޯލް އަންދައިގެން އުފެެއްދޭފަދަ ޑިއުޓެރިއަމް އުފައްދާ ދެއެވެ. ކްރާފްޓް ފެސިލިޓީގައި މަސައްކަތް ކުރާ ސައިންސްވެެރިން މިހާރުވެސް ދަނީ މިފަދަ ޕްރޮޖެކްޓް ތަކާއި އިކުއިޕްމަންޓް ޓެސްޓްތައް ކުރަމުންނެވެ. ހެފެއި އިންސްޓިޓިއުޓް އޮފް ފިޒިކަލް ސައެންސް ގެ އިންސްޓިޓިއުޓް އޮފް ޕްްލަސްމާ ފިޒިކްސް ގެ ޑެޕިއުޓީ ޑައިރެކްޓް ހު ޖިއަންޝެންގް ވިދާޅުވެފައިވަނީ ކުރިއަށް އޮތް 30 ހާއި 50 ވަރަކަށް އަހަރުގެ ތެރޭގައި ޗައިނާ އިން ފިއުޝަން އެނާރޖީ އުފައްދާ ބޭނުން ކުރާނެއެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.