ކައުންޓަރ ޕޮއިންޓް ރިސަރޗްސް ގެ ދިރާސާއިން ދައްކާ ގޮތަގައި ސްމާޓް ފޯނުގެ މާކެޓްގެ އެންމެ ފާގަތި ދުވަސްތައް ކަމުގައި ބެލެވުނު 2017 ގައި 700 އަށް ވުރެއް ގިނަ ސްމާޓްފޯން ބްރޭންޑުން ގާތްގަނޑަކަށް އަހަރަކު 1.5 ބިލިއަން ސްމާޓް ފޯނު ވިއްކާފަައިވެއެވެ. އެހެން ނަމަވެސް މިއަދުގެ ހާލަތަށް ބަލާއި އެ އަދަދު ތިންގުނަ ދަށަށް ޖެހި މިހާރު ބާޒާރުން ފެންނަނީ އެންމެ 250 ވަރަކަށް ސްމާޓްފޯނު ބްރޭންޑް އެވެ.
ވޭތުވެދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި ބާޒާރުން ގެއްލިފައިވާ ގިން ބްރޭންޑް ތަކަކީ އިންޑިއާ، މެދުއިރުމަތި، އެފްރިކާ، ޗައިނާ، ޖަޕާން އަދި ދެކުނު ކޮރެއާގެ ލޯކަލް ބްރޭންޑް ތަކެވެ. ސެމްސަންގް ފަދަ ގްލޯބަލް ބްރޭންޑް ތަކުގެ އަދުދު 30 އިން މަތީގައި ވަނީ ހިފެހެއްޓިފައެވެ.
ކަައުންޓަރޕޮއިންޓް ދިރާސާއިން ފާހަގަ ކޮށްފައިވާގޮގައި 7 ވަރަކަށް އަހަރު ތެރޭގައި އެތަކެއް ސަތޭކަ ބްރޭންޑް ބާޒާރުން ނެތިގޮސްފައިވާ ސަބަބު ތަކުގެ ތެރޭގައި ޕެންޑަމިކް އާއި، ކޮމްޕޯނަންޓް ލިބިމުގައި ހުރި ދަތި ތަކާއި، ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އިގްތިސޯދަށް ކުރިމަތިވި ހީނަރުކަމުގެ ގެއްލުން ކުދި ބްރޭންޑް ތަކަށް ނުހަނު ބޮޑަށް ތަހަންމަލް ކުރަންޖެހުމެވެ. މީގެ އިތުރުން ކުރިއާއި އަޅާބަލާއި މިހާރު ގިނަ މީހުން އެހާ އަވަސް އަވަހަށް ފޯނު ބަދަލު ނުކުރުމާއި 4ޖީ އަދި 5ޖީ ފަދަ ޓެކްނޮލޮޖީތަކާއި އަރާ ހަމަ ކުރުމަށް ކުދި ބްރޭންޑް ތަކަށް ގޮންޖެހުންތައް ހުރުމެވެ.
ރީފަރބިޝްޑް ފޯނުގެ ބާޒާރު އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން ކުދި ބްރޭންޑް ތަކަށް ކޮށްފައިވާ އަސަރުވެސް ބޮޑެވެ. މި ދިރާސާއިން ދައްކާގޮތުގައި 2021 ވަނަ އަހަރު ރީފަރބިސްޑް ފޯނުގެ ނިސްބަތް 14 އިންސައްތަ އުފުލިފައިވާއިރު ބާޒާރަތް ނެރުނު އާފޯނުގެ އަދަދު އިތުރު ވެފައިވަނީ އެންމެ 5 އިންސައްތަ އެވެ. އަދި މި ނިސްބަތް 2022 ގައި ފެނުނީ މާތަފާތުކޮށެވެ، އެގޮތުން ބާޒާރަށް 5 އިންސަތަ ރީފަރބިޝްޑް ފޯނު ނެރެފައިވާއިރު އާފޯނުތައް ނެރެފައިވާ ނިސްބަތް ހުރީ ނެގަޓިވް 12 އިންސައްތާގައެވެ.
ވޭތުވެދިޔަ މުއްދަތުގައި އެންމެ ބޮޑު ގެއްލުމަކާއި ތަހައްމަލު ކުރަންޖެހިފައިވާ އެއް ސްމާޓްފޯން ބްރޭންޑް އަކީ އެލްޖީ އެވެ. 6 އަހަރު ވަންދެން ސްމާޓްފޯން ވިޔަފާރީގައި އެލްޖީ އަށް ފައިދާނުލިބި ގެއްލުމުގައި އޮޕަރޭޓް ކުރުމުގެ ނަތީޖާއެއްގެ ގޮތުން 4.5 ބިލިަން ޑޮލަރުގެ ގެއްލުމަކާއި ކުރިމަތިލާން ޖެހިފައިވެއެވެ. އަދި އެންމެ ފަހުން މީގެ 2 އައަހަރެއްހާދުވަސް ކުރިން އެލްޖީ އަށް ވަނީ ސްމާޓްފޯން ވިޔަފާރި އެކީގައި ހުއްޓާލަން މަޖުބޫރު ވެެފައެވެ.
ކައުންޓަރ ޕޮއިންޓް ގެ އެނަލިސްޓުން ޤަބޫލު ކުރާ ގޮތުގައި ކުރިއަށް އޮތްތަނުގައި އިތުރު ބްރޭންޑްތައް ބާޒާރާއި ދުރަށް ޖެހިގެންދާނެއެވެ. މީގެ ސަބަބުން ޓެކްނޮލޮޖީ ދާއިރާގައި ބިޔަ ކުންފުނިތަކުގެ ބާރު އިތުރަށް ގަދަ ކުރުމަށް ފުރުސަތު ލިބިގެން ދާނެއެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.