އެޖިލިޓީ ރޮބޮޓިކްސް އިން އަހަރަކު 10000 ރޮބޮޓް އުފައްދަނީ

އަޙްމަދު ދާއޫދު 06 އޮކްޓޯބަރު 2023

ދުނިޔޭގެ މަޝްހޫރު ރޮބޮޓިކްސް ކުންފުނި އެޖިލިޓީ ރޮބޮޓިކްސް އަކީ ދުނިޔޭގެ ރޮބޮޓް އުފެއްދުމުގައި އެންމެ ކުރިއަރާފައިވާ އެއްކުންފުންޏެވެ. އެކުންފުނީގެ އަމާޒަކީ ރަނގަޅު ގޮތުގައި ރޮބޮޓް އުފައްދައި، ވިޔަފާރިތަކަށާއި މީހުން ކުރިއެރުވުމަށް އެހީތެރިވެދޭ ރޮބޮޓްތަކެއް ބާޒާރަށް ނެރުމެވެ.

ރޮބޮޓިކްސްގެ ދާއިރާއަށް ފަހުގެ ތާރީހެއްގައި އައި ކުރިއެރުންތަކުގައި، ޕްރެކްޓިކަލް އެޕްލިކޭޝަންތަކާއެކު ހިއުމަނޮއިޑް ރޮބޮޓް އުފެއްދުމަށް ގިނަ ކުންފުނިތަކަކުން ދަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ.

އޮރިގަންގެ ސަލެމްގައި "ރޮބޯފެބް" ނަމަކަށް ކިޔާ ފެކްޓްރީއެއް އެޖިލިޓީ ރޮބޮޓިކްސްއިން މިއަހަރު ފަހުކޮޅު ހުޅުވަން ތައްޔާރުވަމުން އަންނައިރު، ބައިޕެޑަލް ހިއުމަނޮއިޑް ރޮބޮޓް އުފެއްދުން އިތުރުކުރަން އެކުންފުނިން ވަނީ ނިންމައިފަ އެވެ. އެ މީހުންގެ އަމާޒަކީ އަހަރަކު 10،000 ރޮބޮޓް އުފައްދައި، ފުޅާ ދާއިރާއެއްގައި މާކެޓަށް ނެރުމެވެ.

މީގެ އިތުރުން ރޮބޮޓް އުފެއްދުމަގައި، އެކްސޯސްކެލެޓަން އެންޑް ރިހެބިލިޓޭޝަން ރޮބޮޓްގެ ދާއިރާއިން ސްޕެޝަލައިޒްވެފައިވާ ފޯރިއާ އިންޓެލިޖެންސް އިން އާ ވީޑިއޯއެއްގައި އެ ކުންފުނީގެ ޖީއާރް-1 ހިއުމަނޮއިޑް ރޮބޮޓްވެސް ވަނީ ދައްކާލައިފަ އެވެ.

2023 ވަނަ އަހަރުގެ ވޯލްޑް އާޓިފިޝަލް އިންޓެލިޖެންސް ކޮންފަރެންސްގައި އެންމެ ފުރަތަމަ އިފްތިތާހުކުރި މި ރޮބޮޓަކީ ބަލި މީހުންނަށް އެހީވެދީ، ބަރު ބަރުއުފުލުމުގެ އިތުރުން ކަސްޓަމް ބިލްޓް އެކްޗުއޭޓަރުތަކާއި ތްރީޑީ ޕްރިންޓެޑް ބޮޑީ ޕާޓްސް ފަދަ އެޑްވާންސް ފީޗާތައް ހިމެނޭ ރޮބޮޓެކެވެ.

ޓެސްލާ އިންވެސް ވަނީ އެ ކުންފުނީގެ ހިއުމަނޮއިޑް ރޮބޮޓް ޕްރޮޖެކްޓް، އޮޕްޓިމަސްގެ އަޕްޑޭޓެއް އާންމުކޮށްފަ އެވެ. އިބްތިދާއީ ޝައްކުތަކާ އެކުވެސް އޮޕްޓިމަސް އަށް ވަނީ ކުރިއެރުންތަކެއް ލިބިފަ އެވެ. އަދި މިހާރު އަމިއްލަ އަށް އެއްޗެހި ތަރުތީބުކޮށް، ސެލްފް ކެލިބްރޭޓްކޮށް، އޮންބޯޑް ނިއުރަލް ނެޓްވޯކް ބޭނުންކޮށްގެން މަސައްކަތްތައް ދަސްކޮށްދެ އެވެ.

މި ކުރިއެރުންތައް ހިތްގައިމު ނަމަވެސް އަދިވެސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ޓެސްލާގެ ވީޑިއޯ، ހަގީގަތަށް ވުރެ ހަލުވިކޮށް ފެނުމުން ޓްރާންސްޕޭރެންސީއާ މެދު ސުވާލު އުފެދެ އެވެ.

އަޚްލާޤީ ވިސްނުމާއި ޑޭޓާ ޕްރައިވެސީ އާއި އޭއައި ޕަވާޑް ރޮބޮޓްގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަކީ ބަހުސްގެ ހުޅުވާލެވިފައިވާ މައުޟޫއެކެވެ. ނަމަވެސް އެޖިލިޓީ ރޮބޮޓިކްސް ފަދަ ކުންފުނިތަކުން ވަޒީފާ އުފެއްދުމާއި މަސައްކަތްތެރިންގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ބާރުއަޅަނީ އިންސާނުންނާއި ރޮބޮޓިކް މަސައްކަތްތެރިންގެ މެދުގައި ބެލެންސް ދެމެހެއްޓުމުގެ މުހިންމުކަން ޤަބޫލުކޮށްގެންނެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.