މަޤްބޫލު ސްޓްރީމިންގް މަންސަ ނެޓްފްލިކްސް އިން އަނެއްކާވެސް ހިދުމަތުގެ އަގަށް ނަގާ ފީ ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ވޯލްސްޓްރީޓް ޖޯނަލް ގެ ރިޕޯރޓް އެއްގައި ބުނެފިއެވެ. އެ ރިޕޯރޓް ބުނާ ގޮތުގައި ހޮލީވުޑް ގެ ފަންނާނުން ކުރި އިހުތިޖާޖުތައް ނިންމާލިތާ މަދު ދުވަސްކޮޅެއްތެރޭގައި ނެޓްފްލިކްސް ގެ އަގުތަކަށް ބަދަލު ގެންނާނެ ކަމަށެވެ.
އެމެރިކާ އަދި ކެނަޑާ ހިމެނޭހެން ގިނަ މާކެޓް ތަކެއްގައި ނެޓްފްލިކްސް ބޭނުން ކުރުމަށް ނަގާ ފީގެ މަތިވެގެން ދާނެއެވެ. މި މައުލޫއަށް ނެޓްފްލިކްސް އިން ބަހެއް ބުނުމަށް ދެކޮޅުހަދާފައިވުމުން ފީއަށް ގެންނަ ބަދަލުގެ ތަފްސީލްތައް އަދި އިންގިފައި ނުވެއެވެ. ނެޓްފްލިކްސް އިން ވަނީމިދިޔަ އަހަރުގެ ތެރޭގައި ވެސް އެހިދުމަތުގެ އަގުތައް މަތިކޮށް މިއަހަރު ކުރީކޮޅުވަނީ ޕާސްވޯޑް ޝެއަރ ކުރުން ހުއްޓުވުމަށްވެސް މަސައްކަތްފަށާފައެވެ.
ހޮލީވުޑްގެ އެކި ފަންނާނުން ނިސްބަތްވާ ރައިޓަރސް ގިލްޑް އޮފް އެމެރިކާއިން ކުރަމުންގެންދިޔާ އިހުތިޖާތުތައް ހުއްޓާލުމަށްފަހު ސްޓްރީމިންގް ހިދުމަތަށް ބަދަލުތައް ގެނައުމަށް މަޖުބޫރުވާފަދަ ކޮންޓްރެކްޓް އެއް ވުޖޫދުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ނެޓްފްލިކްސް ގެ އިތުރުން ޑިޒްނީ ޕްލަސް، ހޫލޫ އަދި އެހެނިހެން ސްޓްރީމިންގް ހިދުމަތްތަކުން ރައިޓަރސް ގިލްޑް އޮފް އެމެރިކާ އަށް ޑާޓާ ހިއްސާކުރަންޖެހޭ ގޮތަށް މި ކޮންޓްރެކްޓް ގައި ބަޔާން ވެފައިވެއެވެ. އޭގެ ސަބަބުން ލިޔުންތެރިންނާއި ޕްރޮޑިއުސަރުންނަށް އެމީހުންގެ އުފެއްދުންތައް އެ މަންސައެއްގައި މަޤްބޫލުކަން ހުރިގޮތާއި ބެލުންތެރިން ޝައުގުވެރި ކުރުވާ މިންވަރު އަންދާޒާ ކުރަން ފަސޭހަވެގެން ދާނެއެވެ. އަދި މި ކޮންޓްރެކްޓް ގެ ސަބަބުން ޕިލްމް އުފައްދާ ފަރާތަށް ސްޓްރީމިންގް މަންސައިން ލިބޭ އާމްދަނިގެ އިންސައްތަ ވެސް މަތި ކުރުމަށް ހިމެނިފައިވެއެވެ. މިބަދަލު ގެނައި ނަމަވެސް ނެޓްފްލިކްސް ގެ ޖުމްލާ އާމްދަނީގެ ނިސްބަތަށް ބަލާއިރު އެއީ އެންމެ 0.2 އިންސައްތައިގެ ބަދަލެކެވެ.
ފީއަށް ގެންނަ ބަދަލުގެނައުން ނެޓްފިލްސް އިން މަޑުޖައްސާލާފައި މި ވަނީ ހޮލީވުޑް ގެ ފަންނާނުންތައް އިހުތިޖާޖަށްފަހު މަސައްކަތަށް ނުކުމެ އާ އުފެއްދުންތައް ނެޓްފިކްސް އަށް އިތުރުވެގެން ދާ ދަޑިވާޅާއި ދިމާކުރުމަށް ކަމަށް ވެއެވެ. ނެޓްފްލިކްސްގެ އިތުރުން ޑިޒްނީފަދަ އެހެން ބަޔެއް މަންސަތަކުންވެސް ސްޓްރީމިންގް ހިދުމަތުން ނަގާފީ އަށް ބަދަލު އައުން އެކަޝީގެން ވެއެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.