ގޫގުލްއިން އައު ކުއަންޓަމްސޭފް އެންކްރިޕްޝަނެއް ތައާރަފްކޮށްފި

އަޝްނާ ރަޝީދު 10 އޮކްޓޯބަރު 2023

ގޫގުލް އިން ދަނީ އެމީހުންގެ އާ ސައިބަރ ސެކިއުރިޓީ ފިޔަވަޅުތަކާއެކު ކުއަންޓަމް ކޮމްޕިއުޓިނަށް ތައްޔާރުވަމުންނެވެ. ގޫގަލުން ބުނާގޮތުގައި އެމީހުން ބޭނުންކުރަން ފަށަމުންދާ ފީޑޯ2 ސެކިއުރިޓީ ކީ އިމްޕްލިމެންޓޭޝަނަކީ މި ބާވަތުގެ ފުރަތަމަ ކުއަންޓަމް-ރެސިލިއެންޓް ސެކިއުރިޓީ ކީ އިމްޕްލިމެންޓޭޝަނެވެ.

މި އައު ނިޒާމު މަސައްކަތްކުރަނީ ދެބަޔަށެވެ. ފުރަތަމަ ބަޔަކީ ފިޑޯ2 ސްޓޭންޑަރޑްގެ ޕާސްވޯޑެއްގެބަދަލުގައި ބޭނުންކުރާ ފިޒިކަލް ކީއެކެވެ. މީގެ ދެވަނަ ބަޔަކީ އީޓީއެޗް ޒޫރިކާއި އެކު އުފެއްދި އީސީސީ/ޑިލިތިއަމް އެންކްރިޕްޓޯގްރަފިކް ސްކީމާއެކެވެ. މި ސްކީމާ އާންމު އަދި ކުއަންޓަމް އެޓޭކްތަކުން ވެސް ދިފާއުކުރެވޭނެ ކަމަށް ބުނެފައިވެއެވެ. މި ސްކީމާއިން ބޭނުންވަނީ ހަމައެކަނި 20KB މެމަރީކަމަށް ބުނެފައިވެއެވެ.

ގޫގަލް ބުނާގޮތުން އެމީހުންގެ އުންމީދަކީ އެމީހުންގެ އައު އިމްޕްލިމެންޓޭޝަނަކީ ފިޑޯ2 ސްޓޭންޑާޑުތެރެއަށް މުސްތަޤުބަލުގައިވަދެ، އެހެން ބްރައުޒަރުތައްވެސް ބަލައިގަންނާނެ އެއްޗަކަށް ވުމަށެވެ. މިގޮތުން މުސްތަގުބަލުގައި ބޭނުންކުރެވޭނެ ސެކިއުރިޓީ ކީތަކަކީ ކޮންޓަމްކޮމްޕިއުޓިންގަށް ތައްޔާރުވެފައިވާ ކީތަކަކަށްވުމެވެ.

ކުއަންޓަމް ކޮމްޕިއުޓިން އާންމުވާން އަދިވެސް އަހަރުތަކެއް އޮތް ނަމަވެސް، ކުރިއަށް އޮތްތަނުގައި މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް ސަމާލުވާންޖެހޭކަމަށް ގޫގުލް ގަބޫލުކުރެއެވެ. އެމީހުންގެ ބްލޮގުގައި ވަނީ މުސްތަގުބަލުގައި އަންނާނެ ނުރައްކާތަކަށް ރައްކާތެރިވުމަށް އެމީހުންގެ ކުރާކަންކަމާއި މި ނިޒާމުތައް ތައާރަފުކުރާ ސަބަބުތައްވަނީ ފާހަގަކޮށްފައެވެ.

ކުއަންޓަމް ކޮމްޕިއުޓަރުތަކުން ވަރަށް ބޮޑު ކޮމްޕިއުޓިން ޕަވަރެއް ލިބިފައިވެއެވެ. މިވަގުތު މި ކޮމްޕިއުޓަރުތައް އާންމުވެފައި ނުވިޔަސް، މުސްތަޤުބަލުގައި މިއާއިއެކު ކުރެވޭ ހަމަލާތަކަށް ރައަކާތެރިވުން ވަރަށް މުހިންމެވެ. ގޫގަލުން މި ތައާރަފުކުރިމި ނިޒާމަކީ މިކަމާއި ގުޅިގެން އާންމުކުރެވޭ އެއް ވަސީލަތެކެވެ. މި ނިޒާމު ބަލައި ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް ވަނީ އެމީހުންގެ އޯޕަން އެސްކޭ އިމްޕްލިމެންޓޭޝަން މެދުވެރިކޮށް ބަލާލެވޭނެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.