އުޑުމަތިން ރޭގަނޑު އެންމެ އަލިގަދަކޮށް ފެންނަ އެކައްޗަކީ ސެޓެލައިޓެއް

ހުސެއިން އާރިފް 10 އޮކްޓޯބަރު 2023

ނޭޗަރ ޖަރނަލް ގައި ޝާއިއު ކޮށްފައިވާ ރިސާޗަކުން ދައްކާގޮތުގައި އުޑުމަތިން ރޭގަނޑު ފެންނަ އެންމެ އަލިގަދަ އެކައްޗަކީ "ބްލޫ ވޯކަރ 3" ނަމަކަށް ކިޔާ ބިޔަ ކޮމިއުނިކޭޝަން ސެޓެލައިޓް އެކެވެ.

އޭއެސްޓީ ސްޕޭސް މޯބައިލް އިން އުފައްދާފައިވާ ބްލޫވޯކަރ 3

މި ބްލޫވޯކަރ 3 ސެޓެލައިޓަކީ އާދައިގެ ސްމާޓްފޯނެއް ސެޓެލައިޓް ފޯނަކަށް ބަދަލު ކޮށްލުމުގެ އަޖައިބުކުރަނިވި ގާބިލްކަން ލިބިފައިވާ ސެޓެލައިޓްއެއް ކަމުގައި ވިޔަސް ރޭގަނޑުގެ އުޑުމަތި އަލިން ތަގައްޔަރުކުރާ ފަހުގެ ސެޓެލައިޓް އެކެވެ. މީގެ ކުރިން ޖައްވުގައީ މި އުދުއްސާ ކުދި ސެޓެލައިޓް ތަކާ ހިލާފަށް މިޒަމާނުގެ އުޅަނދުތަކުގެ ސާބަބުން ޖައްވު އަލިން ތަގައްޔަރު ކޮށްލައެވެ. މިވަގުތު ދުނިޔެ ވަށައިގެންވާ ލޯ އޯބިޓުގައި ފެންނަ މި އަލިގަދަ ސެޓަލައިޓް ތަކުގެ ސަބަބު ޖައްވުގެ ދިރާސާ ކުރާ ފަރާތްތަކަށް ދަތި ކުރިމަތިވެފައި ވީނަމަވެސް މިއީ މި ދަތި ތަކުގެ އަދި ކުޑަ މިންވަރެކެވެ. އެހެނީ މިފަދަ އިންސާނުން އުފައްދާފައިވާތަކެތީގެ ސަބަބުން އުޑުމަތީގެ އަސްލު މިހާރު ގެއްލެމުންދާތީއެވެ. އަދި ޖައްވީ ދިރާސާތަކާއި މުވާސަލާތުގެ އެކި ޓެކްނޮލޮޖިކަލް ބޭނުންތަކަށް އަދަށް ވުރެއް މާގިނައިން ސެޓަލައިޓްތައް އުދުއްސާނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ.

ދުނިޔޭގައި ހުރެގެން އުޑުމަތިން ފެންނަ އަށް ވަނައަށް އެންމެ އަލިގަދަ ތަރިޔާއި އެއްމިނެއްގައި ބްލޫވޯކާރ 3 ގެ އަލިމިން ބިމަށް ފެނެއެވެ. ރޭގަނޑުގެ އުޑުން ފެންނަ ހަނދާއި، ޖުޕިޓަރ އަދި ހަތް ތަރިޔަކާށް ފަހު އެންމެ އަލިގަދައީ ބްލޫވޯކަރ3 ކަން ޗިލީ، އެމެރިކާ، މެކްސިކޯ، ނިއުޒިލަންޑް، ނެދަލެންޑް އަދި މޮރޮކޯގައި ތިބި އެކި ފަލަކީ މަހިރުން ބުނެއެވެ. ބްލޫވޯކަރ 3 ގެ އަލި އެހާގަދަވަނީ އޭގެ ބޮޑުމިނުންނެވެ. ސެޓެލައިޓް ބޮޑުވާވަރަކަށް އޭގެ ސާފެސް އިން އަލި ރިފްލެކްޓް ކުރާ މިންވަރު އިތުރުވެގެން ދެއެވެ. 64 އަކަ މީޓަރު ހުންނަ ބްލޫވޯކަރ 3 މިމަގާމުގައި މާގިނަ ދުވަހަކު ނުއޮންނާނެއެވެ. އެހެނީ ބްލޫވޯކަރ 3 ކީ ހަމަ އެކަނި އޭއެސްޓީ ސްޕޭސްމޯބައިލް އިން އުފައްދާފައިވާ ޕްރޮޓޯޓައިޕް އެކެވެ.

މިހާރުވެސް އެކި ކުންފުނިތަކުން ޖައްވުގައި ދައުރު ކުރުވާ އެކި ސެޓެލައިޓް ތަކުގެ ޓްރެއިލްސް ފެނެއެވެ. ތަރިފަދަ އަލިމިނުގައި ހުންނަ މިފަދަ އުޅަނުދުތައް އިތުރުވުމުން ތަރީގެ ކޮންސްޓެލޭޝަން ތައް ދެނެގަތުމުގައި އުނދަގޫވެގެންދާނެ އެވެ. އަދި ސެޓެލައިޓް ތަކުގެ ސަބަބުން ބެކްގްރައުންޑް ދިއްލިފައިހުން މިންވަރު އިތުރުވުމން ނެބިއުލާ ތަކާއި ޑަސްޓް ކްލައުޑް ތައް އަދި އުޑުމަތިން ފެންނަ މަންޒަރު އެންމެ ފުރިހަމަ އަށް ފެނުމުގައި ހުރަހަކަށް ވެގެންދާނެއެވެ. މިދަރަޖާގައި އުޑުމަތި ތަގައްޔަރުވަމުންދާނަމަ 250 ތަރި ފެންނަ ތަނެއްގައި މިއަދު ވިހާ ކުއްޖަކު 18 އަހަރުވާއިރު ފެންނާނީ އެންމެ 100 ތަރި ކަމަށް ދިރާސާތައް ދައްކައެވެ. މުސްތަގްބަލުގައި ސެޓެލައިޓް އުދުއްސުމުގެ ކުރިން ރޭގަނޑުގެ އުޑުމައްޗަށް ކުރާ އަސަރު ދެނަގަންނަން ޖެހިދާނެއެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.