އެމެރިކާގެ އިމިގްރޭޝަންގައި ފޭކް އެކައުންޓްތައް ބޭނުންކުރަނީ

އަޙްމަދު ދާއޫދު 13 އޮކްޓޯބަރު 2023

އެމެރިކާ ސަރުކާރުގެ، ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީއެޗްއެސް) ގެ ތެރޭގައި ހިމެނޭ އެޖެންސީތައް ހިމެނޭ ގޮތަށް އެމެރިކާގެ އިމިގްރޭޝަން އޮފިޝަލުން އެކި ތަހުގީގީ ބޭނުންތަކަށް ފޭކް ސޯޝަލް މީޑިއާ ޕްރޮފައިލްތައް ހިމެނޭ ސޯޝަލް މީޑިއާގެ ފޭކް އެކައުންޓްތައް ބޭނުންކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް މަދަނީ ހައްގުތަކަށް މަސައްކަތް ކުރާ ބްރެނާން ސެންޓާ ފޯ ޖަސްޓިސް އަށް ލިބިފައިވާ ލިޔުންތަކުން ދައްކައިފި އެވެ.

ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން (ސީބީޕީ) އާއި އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސީއީ) ގެ އޮފިސަރުން ސޯޝަލް މީޑިއާގެ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި އެލިއަސް އަދި އަންޑަކަވާ އޮންލައިން އެކައުންޓްތައް ބޭނުންކުރުމަށް ވިސްނާފައިވާ ކަން ރެކޯޑުތަކުން އެނގެ އެވެ.

އޮފިސަރުން އަމާޒުކުރަނީ ކޮން އޮންލައިން ޕްލެޓްފޯމްތަކަކަށް ކަން ލިޔެކިޔުންތަކުގައި ބަޔާންކޮށްފައި ނުވި ނަމަވެސް ފޭކް ޕްރޮފައިލްތައް ބޭނުން ކުރުމަކީ ފޭސްބުކް ފަދަ ގިނަ ޕްލެޓްފޯމްތަކެއްގެ ޓާމްސް އޮފް ސާވިސް އެގްރީމެންޓްތަކާ ސީދާ ހިލާފު ކަމެކެވެ. މިކަންކަމާ ގުޅިގެން ފޭސްބުކްގެ މަންދޫބަކު ޑީއެޗްއެސްއަށް ގުޅައި ސޯޝަލް ނެޓްވޯކްގެ އުސޫލާ ހިލާފުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރި އެވެ.

އެއް ޕޮލިސީ ޑޮކިއުމެންޓެއްގައި ބުނެފައި ވަނީ އޮޅުވާލުން ދެނެގަތުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޑީއެޗްއެސް އޮފިސަރުންނަށް އިމިގްރޭޝަންގެ އިނާޔަތްތައް ހޯދަން ބޭނުންވާ ފަރާތްތައް ދިރާސާ ކުރުމަށް ފޭކް އެކައުންޓްތައް ބޭނުން ކުރެވިދާނެ ކަމަށެވެ. މި ޕްރެކްޓިސްގެ ސަބަބުން އޮފިސަރުންނަށް ފިޒިކަލް އެޑްރެސް، ރިލޭޝަންޝިޕް އިންފޮމޭޝަން، ވަޒީފާ އަދި ތައުލީމީ ގުޅުންތަކާއި، ފޯމު ހުށަހަޅާ ފަރާތުން ހުށަހަޅާ މައުލޫމާތާ ޚިލާފަށް ސޯޝަލް މީޑިއާގެ އެއްވެސް ޕޯސްޓެއް ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގައި ޑޭޓާ އެއްނުކުރެވޭނެ އެވެ.

ސަވައިލެންސް އަށް ފޭކް އެކައުންޓްތައް ބޭނުންކުރުމުން ޕްރައިވެސީގެ ކަންބޮޑުވުންތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރޭތޯ ސުވާލު އުފެދެ އެވެ. އިމިގްރޭޝަންގެ އެކި އިދާރާތަކުން އޮންލައިންކޮށް މީހުން ޓްރެކްކޮށް މޮނިޓާ ކުރުމުގައި ތަފާތު ގޮތްތައް ހޯދަމުން އަންނަ ކަމަށް ރެކޯޑުތަކުން ދައްކަ އެވެ.

މިފަދަ ވާހަކަތައް ފެންމަތިވެފައި މިވަނީ، ގިނަ ފަހަރަށް ވޮރަންޓެއް ނުވަތަ ސަބްޕޮއިނާއަކާ ނުލައި، މޮނިޓަރިންގ އާއި ޑޭޓާ އެއްކުރުމަށް ސޯޝަލް މީޑިއާ ބޭނުންކުރާތީ، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުން ސޯޝަލް މީޑިއާ ބޭނުންކުރާކަމުގެ ކަންބޮޑުވުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން ސެކިއުރިޓީގެ ކަންބޮޑުވުންތައް ޕްރައިވެސީ ރައިޓްސްއާ ބެލެންސް ކުރުމުގައި ޑީއެޗްއެސް ފަދަ އެޖެންސީތަކަށް ދިމާވާ ގޮންޖެހުންތަކާއި، ސޯޝަލް މީޑިއާ ކުންފުނިތަކުގެ ހިދުމަތުގެ ޝަރުތުތަކާ ހިލާފުވެގެން އެ އިދާރާތަކަށް ކުރިމަތިވާ ތަހުގީގަށް އަލިއަޅުވާލާފައިވެ އެވެ.

ސޯޝަލް މީޑިއާގެ ފޭކް ޕްރޮފައިލްތައް ސަވައިލެންސް ޓޫލެއްގެ ގޮތުގައި ބޭނުންކުރުމަކީ، ވަރަށް ބޮޑަށް ނުފޫޒު ފޯރުވިދާނެ ކަމެއް ކަމަށްވާއިރު، ހާއްސަކޮށް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އޮތުމުން، ބަހުސްކޮށް ކަންބޮޑުވާ ކަމެއް މެއެވެ.

މިއީ އެމެރިކާގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި މަދަނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުގެ މެދުގައި ދެކެވޭ ވާހަކައެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.