ތިމާވެށްޓާއި އަހުލުވެރި ހަކަތަ އަތްފޯރާފަށަށް އެބާދޭ

އަޝްނާ ރަޝީދު 16 އޮކްޓޯބަރު 2023

ދުނިޔޭގެ އެކިކަންކޮޅުތަކުން ދަނީ ތިމާވެށްޓާއި އަހުލުވެރި ހަކަތަ އުފެއްދޭ ނިޒާމުތައް ގާއިމުކުރެވޭތޯ މަސައްކަތްކުރަމުންނެވެ. މިގޮތުން ސޯލާއާއި ވިންޑާއި ފިއުލްސެލް ޓެކުނޮލަޖީ ބޭނުންކުރުމަށް ވަރަށް ގިނަފަރާތްްތަކުންވަނީ މަސައްކަތްތައް ކުރަން ފަށާފައެވެ. މިކަމުގައި ދިމާވެގެނަދާ މައިގަނޑުއެއް މައްސަލައަކީ މިފަދަ ނިޒާމުތައް ގާއިމުކުރުމުގެ އަގާއި، ހަކަތަ ރައްކާކުރުމުގައި އަންނަ ބައެއް އުނިކަންތަކެވެ. ނަމަވެސް ބާލިންގައި ހުންނަ މާކެޓަރ ރިސާޗް އިންސްޓިޓިއުޓް އޮން ގްލޯބަލް ކޮމަންސް އެންޑް ކްލައިމެޓް ޗޭންޖް (އެމްސީސީ) ބުނާގޮތުން މިހާރު ސޯލާހަކަތަ އާއި މިހަކަތަ ރައްކާކުރެވޭ ނިޒާމުވަނީ އިންތިހާއަށް އަގުހެޔޮވެފައެވެ.

އެމްސީސީއިންކުރި ދިރާސާ ދައްކައިދޭ ގޮތުން، މިދިޔަ ދިހައަހަތުދުވަހުގެ ތެރޭގައި ސޯލާގެ އަގުވަނި 87% ދަށަށް ގޮސްފައެވެ. އަދި މި ހަކަރައްކާކުރެވޭ ބެޓަރީތަކުގެ އަގުވަނީ 85% ދަށަށްގޮސްފައެވެ. މިއީ ފޮސިލްފިއުލުން ސޯލާއަށް ބަދަލުވުމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެހެން ދިރާސާއަކުން ދައްކައިދޭ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ސޯލާ ހަކަތައިގެ އަގު ވަނީ 89% ދަށަށް ގޮސްފައެވެ.

ފޮސިލްފިއުލު އާންމުވެގެންވާ މައިގަނޑުއެއްސަބަބަކީ އޭގެ އަގުހެޔޮކަމެވެ. އެހެން ހަކަތަ އުފައްދާ އަދި ރައަކާކުރާ ނިޒާމުތަކާއި އަޅާ ބަލާއިރި، ފޮސިލްފިއުލަކީ ވަރަށް ބޮޑުތަން އަގު ހެޔޮކޮށް ވަރަށް ބައިވަރު ހަކަތަ ވަރަށް ކުޑަ މިންވަރަކުން ލިބޭ ވަސީލަތެކެވެ. މިކަމުގެ ސަބަބުން ފޮސިލް ފިއުލަކީ ދުނިޔޭގެ ހަކަތައިގެ ބޮޑު އިންސައްތައެކެވެ. ނަމަވެސް ސޯލާގެ އަގަށް އަންނަ ލުއިކަމުން މުސްތަޤުބަލުގައި މިކަން ބަދަލުވެގެން އައުން އެކަށީގެންވެއެވެ.

ފޮސިލްފިއުލުގެ ސަބަބުން ތިމާވަށްޓަށައި ސިއަހްތަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ސޯލާއާއި ވިންޑް ފަދަ ހަކަތަ އަކީ މިފަދަ މައްސަލަތައް ވަރަށްބޮޑަށް ކުޑަތަންކުރާ ވަސީލަތްތަކެކެވެ. މިކަމުގެ ސަބަބުން ވިލާތުގެ ވަނަށްގިނަ ޤައުމުތަކުން ދަނީ ސޯލާއަށް ބަދަލުކުރެވޭތޯ މަސައްކަތްކުރަމުންނެވެ.

އެމްސީސީގެ ދިރާސާއިން ދައްކައިދޭ ގޮތުން މިފަދަ މައްސަލަތައް ހައްލުކުރުމުގެ މަގު ވަރަށް އުޖާލާއެވެ. ތިމާވަށްޓަށް ދިމާވާ މައްސަލަތަހައްލުކުރުން ކުރިން ވިސްނައިފައި ހުރިގޮތަށް ނުދިޔަސް، މިހާރު ޓެކުނޮލަޖީއަށް އަންނަމިންދާ ބަދަލުތަކުގެ އެހީގައި ހައްލުކުރެވޭނެވެ.

މިގޮތުން ސޯލާ ވަރަށް ބޮޑު ދައުރެއް އަދާކުރާނެކަމަށް ލަފާކުރެވޭނެވެ. ސޯލާއަކީ ފޮސިލްފިއުލުގެ ބަދަލުގައި ބޭނުންކުރެވޭ ނިޒާމުތަކުގެ ތެރެއިން އެންމެ ދުވަސްވީ އަދި އެންމެ ބޮޑަށް ކުރިއަރާފައިވާ އެއް ނިޒާމެވެ. މި ޓެކުނޮލަޖީ ވަނީ މިހާރު ފުދޭ ވަރަކަށް މެޗުއާރ ވެފައިވާތީވެ، މިއަކީ ފުދޭ ވަރަކަށް ހަކަތަ ހޯދޭ އަދި އަގުހެޔޮ ވަމުންދާ ޓެކުނޮލަޖީއެކެވެ. މި ގޮތުން ސޯލާ ބޭނުންކޮށްގެން 63،000 ޓެރަވޮޓް ގަޑިއިރު 2050 ވަނަ އަހަރު ދުނިޔޭގައި ލިބެންހުންނާނެކަމަށް ލަފާކުރެވެއެވެ. މިއީ މިވަގުތު ފޮސިލްފިއުލުން ހަކަތަ ލިބޭވަރުގެ 10 ގުނަ އިތުރެވެ.

މީގެ އިތުރުން ސޯލާއާއި ގުޅުން ހުރި އެހެން އީޖާދީތަކެއްވެސްވަނީ ފާއިތުވީ އަހަރުތަކުގެ ތެރޭގައި އާންމުވެފައެވެ. މިގޮތުން ބެޓަރީ ޓެކްނޮލަޖީއަށް އައިސްފައިވާ ބަދަލުތައް ފާހަގަކުރެވެއެވެ. މިގޮތުން ބެޓަރީގެ އަގުދައްވެ، ހަކަރައްކާކުރެވޭ މިންވަފު ބޮޑުވެ، ބެޓަރީތަކުގެ އުމުރުވަނީ ދިގުވެފައެވެ. މި ހުރިހާ ބަދަލުތަކުގެ ސަބަބުން ވަރަށް ބައިވަރު ފަރާތްތައްވަނީ ސޯލާ އާއި ސޯލާ ހައިބްރިޑް ނިޒާމުތަކަށް ބަދަލުވާން ފަށާފައެވެ.

ސޯލާ ހަކަތައަށް މިއަންނަ ކުރިއެރުން ތަކުގެ ސަބަބުން ތިމާވަށްޓާއި އަހުލުވެރި ހަކަތަ އަކީ އަޅުގަނޑުމެންގެ އަތްފޯރާފަށަށް އަންނާނެ އެއްޗަކަށް ވުން އެކަށީގެންވެއެވެ. މިހާރުވެސް ސޯލާވަނީ ފޮސިލްފިއުލަށް ވުރެ ގިނަ ފައިދާ ލިބޭ ނިޒާމަކަށް ބަދަލުވަމުންނެވެ. މި އަންނަ ބަދަލުތަކާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ސޯލާ އާންމުގޮތެއްގައި ބޭނުންކުރަން ފަށައިފި އެވެ. މިގޮތުން ރާއްޖޭގައިވެސް ސޯލާ ބޭނުންކުރާ މިންވަރު ބޮޑުވާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ސޯލާ ފޮސިލްފިއުލުގެ ބަދަލުގައި މިޅިއެއްކޮށް ބޭނުން ކުރާ ދުވަސް ފަހަރެއްގައިމު އަދި އައިސްފައެއް ބުވެދާނެވެ. ކުރިއަށް އޮތަތަނުގައި ސޯލާ އާއި ސޯލާ ރައްކާކުރެވޭ ނިޒާމުތައް އިތުރަށް ފުރިހަމަވުމުން ފަހަރެއގައިމި މި ދުވަހަކީ ކައިރު މުސްތަޤުބަލުގައި ވެދާނެ ކަމެކެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.