އެޕަލްގެ 17000 ޑޮލަރުގެ ގަޑީގެ ހަޔާތް ނިމުމަކަށް

ޓެކު ކަލޯ 19 އޮކްޓޯބަރު 2023

އަގުބޮޑެތި އަތުކުރީ ގަޑިއަށް ޝައުގުވެރިވާ މަހުޖަނުން މަދެއްނޫނެވެ. އެހެންނަމަވެސް މަހުޖަނުންނަށް އަމާޒުކޮށް އެޕަލް އިން ނެރެފައިވާ 17000 އެމެރިކާ ޑޮލަރުގެ ރަން ލަގްޒަރީގަޑި ވައިގަ ނުހިފުމުން އުފެއްދުމާއި ސޮފްޓްވެއަރ ސަޕޯޓް ހުއްޓާލަފައިވާކަން އެކުންފުނިން ހާމަކޮށްފިއެވެ.

2015 ގައި ސީރީސް 0 ގެ ނަމުގައި ވުޖޫދުކުރި ފުރަތަމަ ޖީލުގެ ސަމާޓްގަޑިތަކުގެ ސްޓޭންޑަޑް މޮޑެލް ގެ އަގަކީ 349 ޑޮލަރެވެ. 18 ކެރެޓް ރަނުން ޖަރީ ކޮށްފައިވާ ހައްސަ އަދަދުގެ ގަޑިތައް ވިއްކީ 10،000 ޑޮލަރާއި 17،000 ޑޮލަރުގެ އަގުތަކެއްގައެވެ. އެހެން ނަމަވެސް ބާޒާރަށް ނެރުނުތާ އެންމެ އަހަރެއްހާ ދުވަސް ފަހުން ސޮލިޑް ގޯލްޑް އެޑިޝަން ހުއްޓާލުމަށްފަހު 1،299 ޑޮލަރަށް ވިއްކާ ސެރެމިކް އެޕަލް ވޮޗް އެޑިޝަން އެއް ވުޖޫދުކުރިއެވެ. 2015 ވަނަ އަހަރުގެ އެޕަލް ވެއަރަބަލް ޑިވައިސް ތަކަށް 2018 ގައި ނެރުނު ވޮޗް އޯއެސް 5 ގެ އަދާހަމަވެސް ލިބިފައިނުވެއެވެ.

މީގެ ފަސްވަރަކަށް އަހަރު ކުރިން ސޮފްޓްވެއަރ ސަޕޯރޓް ފޯރުކޮށްދިނުން ހުއްޓާލާފައިމިވާ ސީރޒް 0 ގަޑިތައް ރަސްމީކޮށް ހުއްޓާލާފައިވާ ކަމަށް އިންޓާނަލް މެމޯ އަކަށް ހަވާލާދީ މެކްރޫމަސް އިން ބުނެފައި ވެއެވެ. މާނައަކީ އެޕަލް ސްޓޯރުން ނުވަތަ އެޕަލްގެ އޯތަރައިޒްޑް ސަވިސްޕްރޮވައިޑަރ އެއް މެދުވެރިކޮށް މަރާމާތުގެ ހިދުމަތްތައް ދިނުންވެސް ހުއްޓާލުމެވެ.

މަދު މިލިއަނަރަކު މެނުވީ މިފަދަ އަގުބޮޑު ގަޑިއެއް ނުގަންނާނެތީ އެޕަލް އިން މި އެޑިޝަން އުފައްދާފައި ވަނީވެސް ވަރަށް މަދު އަދަދެއްގައެވެ. މިގަޑި ގެންގުޅޭ ކަމަށް ދަ ވާޖް އިން ދެނެގަނެފައިވާ ބަޔެއް ސެލަބްރިޓީސް ގެ ތެރޭގައި ބިޔޮންސޭ އަދި ޖަރުމަނުގެ ފެޝަން ޑިޒައިނަރު ކާލް ލަޖަރފެލްޑް ހިމެނެއެވެ.


ޓެކު ކަލޯ

ޓެކު ކަލޯ

ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.