ޓުވިޓަރއާއި ވާދަކުރާ މީސްމިޑިޔާ މަސްޓޮޑޮންގެ ޔޫސަރުންގެ އަދަދު ކުރިން ހީކުރިވަރަށްވުރެ ގިނަކަމަށް އެކުންފުނި ހާމަކޮށްފިއެވެ. އެކުންފުނީގެ ސީއީއޯ އިއުޖެން ރޮކޮ ވިދާޅުވި ގޮތުގައި މަދުން ގުނަން ދިމާވި ސަބަބަކީ ނެޓުވަރކް ކަނެކްޓިވިޓީއަށް ދިމާވި ކުށެކެވެ. މި ކުށުގެ ސަބަބުން މި މީސްމީޑިޔާ މަހަކު ބޭނުންކުރާ 407,814 ޔޫސަރުން ވަނީ ނުގުނިއެވެ. އަދި މި މީސްމިޑިޔާ އަށް ރަޖިސްޓަރުކޮށްފައިވާ 2.34 މިލިޔަނެއްހާ ޔޫސަރުންވެސް ދިޔައީ ނުގުނިއެވެ.
މާސްޓޮޑޮން އަކީ ޓްވިޓަރު ކަހަލަ މައިކްރޯބްލޮގިންގް ޕްލެޓްފޯމެކެވެ. މަސްޓޮޑޮން ފާހަގަކޮށް ލެވެނީ ޑީސެންޓްރަލައިޒްޑު، އޯޕަންސޯސް މީސްމީޑިޔާ އެއްގެ ގޮތުގައެވެ. މަޝްހޫރު ޑިސްކޯޑު މަސައްކަތްކުރާ ފަދައިން، މަސްޓޮޑޮން ގެ ޔޫސަރުން މުއާމަލާތްކުރަނީ ކޮމިއުނިޓީތަކެއްގައެވެ. މި ކޮމިއުނީޓީތަކައް އިންސްޓަންސޭސް ނުވަތަ ސަރވާސް ގެ ނަންދެވިފައިވެއެވެ. މިއިން ކޮންމެ ސަރވްރަކީ މީހުން ނުވަތަ މުއައްސަސާތަކުގެ މިނިވަން ހިންގުމުގެ ދަށުގައިވާ އެއްޗެކެވެ.
މިގޮތުން މަސްޓޮޑޮނާއި އެހެން ޑީސެންޓްރަލައިޒްޑު މީސްމީޑިޔާ އާއި ތަފާތެއްވެއެވެ. މި ހިލޭ އޯޕަންސޯސް ޕްލެޓްފޯމު މަސައްކަތް ކުރަނީ ނޮޓް-ފޯ-ޕްރޮފިޓްގެ ގޮތުގައެވެ. މިގޮތުން މަސްޓޮޑޮން ހިންގުމަށްޓަކައި ބައިވަރު ހިލޭއެހީތަކާއި ޕެޓްރިޔޮނުން ހޯދާފައިވާ ކްރައުޑްފަންޑިންނާއި މާޗަންޑައިސިންގުން ޑެވަލޮޕްކުރުމަށް ލާރި ލިބިފައިވެއެވެ. މިގޮތުން، ފާއިތުވެގެން ދިޔަ އަހަރުގައި އެމީހުންނަށް މިގޮތުން ވެސް އިތުރު ފަސޭހަކަމެއް ލިބިގެން ދިޔައެވެ.
މަސްޓޮޑޮންގެ މިޒާޖުގެ ސަބަބުން، މި ވިއުގާގެ ޔޫސަރުން ގުނުމުގައި ނެޓްވަރކް ކުށެއް ދިމާވުމުގެ ސަބަބުން ޔޫސަރުން ނުގެނި ދިއައެވެ. އަދި މަސްޓޮޑޮނުގެ ސްޓެޓިސްޓިކްސް އެގްރިގޭޓަރަށް އިތުރުވަމުން ދިޔަ ބައެއް ޔޫސަރުންނާއި ސަރވަރުތައް ނުގުނެވި ދިޔައެވެ.
ފާއިތުވެގެން އަހަރު ދިޔައީ މަސްޓޯޑޮނަށް ވަރަށް ރަނގަޅު އަހަރަކަށެވެ. މިދިޔަ މސެޕްޓެމްބަރު މަހު ދޫކުރެވުނު އެންމެ ފަހުގެ ރިލީސުން ޔޫސަރުންނަށް މި މީސްމީޑިޔާ ބޭނުންކުރުމަށް ފަސޭހަކަމެއް ލިބި، އިތުރު ފީޗަރުތަކެއް އައިސްފައިވެއެވެ. އަދި މިހާރު ވޭޑުޕްރެސުން ވަނީ މާސްޓޮޑޮނާއި ގުޅޭގޮތް ހަދާފައެވެ.
މީގެ އިތުރުން، ކުރީގެ ޓުވިޓަރުގެ ގިނަ ޔޫސަރުންވެސް ދަނީ މާސްޓޮޑޮނަށް ބަދަލު ވަމުންނެވެ. ފާއިތުވެގެން ދިޔަ އަހަރު އިލޯން މަސްކު ޓްވިޓަރު ގަތުމަށް ފަހު ގެނައި ބަދަލަތަކާ މެދު ނުރުހުން ފާޅުކޮށް ވަރަށް ގިނަ ފަރާތްތަކުން ވަނީ އެޕްލެޓްފޯމު ދޫކޮށްފައެވެ. މީ ބަދަލުތަކުގެ ތެރޭގައި ލިންކް ހެޑްލައިންތައް ނައްތާލުމާއި، ބްލޮކް ނުކުރެވޭ އެޑް ފޯމެޓެއް ތައާރަފްކުރުމާއި، އާ ބޭނުންކުރުމަށް ލާރިދައްކަންޖެހޭ ތިން ޓިއާއެއް ފެށުން ފަދަ ނިންމުންތައް ހިމެނެއެވެ. މިގޮތުން މަސްޓޮޑޮން ފަދަ އެހެން ޑީސެންޓްރަލައިޒްޑު މީސްމީޑިޔާ ޕްލެޓްފޯމުތަކަށްވަނީ ގިނަ ޔޫސަރުން ގޮސްފައެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.