ރިއަލްޓައިމް މެލްވެއާ ސްކޭނިން ސިސްޓަމެއް އެންޑްރޮއިޑަށް!

އަޙްމަދު ދާއޫދު 22 އޮކްޓޯބަރު 2023

ރިއަލް ޓައިމް މެލްވެއާ ސްކޭނިން ސިސްޓަމެއް އެންޑްރޮއިޑް ފޯނުތަކަށް ތަޢާރަފްކޮށްފިއެވެ.

ހާއްސަކޮށް ރަސްމީ ގޫގުލް ޕްލޭ ސްޓޯރުން ބޭރުން އެޕްލިކޭޝަންތައް ސައިޑްލޯޑް ކުރާ މީހުންނަށް އެންޑްރޮއިޑް ސެކިއުރިޓީ ވަރުގަދަ ކުރުމަށް ގޫގުލް ޕްލޭ އިން އަންނަނީ މުހިންމު ފިޔަވަޅެއް އަޅަމުންނެވެ.

ދާދި ފަހުން ގޫގުލް އިން ނެރުނު އަޕްޑޭޓެއްގައި ވަނީ ސައިޑްލޯޑެޑް އެޕްލިކޭޝަންތައް އިންސްޓޯލް ކުރުމުގައި އެކްޓިވޭޓްކުރާ ރިއަލް ޓައިމް މެލްވެއާ ސްކޭނިން ސިސްޓަމެއް ތައާރަފްކޮށްފަ އެވެ. މިއީ ޕްލޭ ސްޓޯރުން ބޭރުގެ ވަސީލަތްތަކުން ލިބޭ އެޕްލިކޭޝަންތަކުގައި މެލްވެއާގެ ނުރައްކާ ބޮޑުވަމުންދާތީ އެކަމާ ދެކޮޅަށް މަސައްކަތް ކުރުމެވެ.

މީގެ ކުރިން އެ ޕްލެޓްފޯމްގެ މެލްވެއާ ޑިޓެކްޝަން ސިސްޓަމް ކަމަށްވާ ގޫގުލް ޕްލޭ ޕްރޮޓެކްޓްގައި ބެކްގްރައުންޑްގައި ވިސްނުންތެރިކަމާއެކު އޮޕަރޭޓްކުރާ ޑެފިނިޝަން ފައިލްތަކުގެ މައްޗަށް ބިނާކޮށް ސްކޭން ކުރުން ފަދަ ހަލުވި ޓެކްނިކްތައް ބޭނުންކުރި އެވެ.

އިންސްޓޯލްމަންޓް މަރުހަލާގައި ފުލް ސްކްރީން "ސްކޭނިން" އިންޓަފޭސް އެއް ތައާރަފްކޮށް، އާ އެޕްރޯޗްގައި އިތުރަށް ޕްރޮއެކްޓިވް މެތަޑެއް ތައާރަފްކުރެ އެވެ.

ގޫގުލް އިން ބުނި ގޮތުގައި މި އިންޓަފޭސް އިން ރިއަލް ޓައިމްގައި ކޯޑް ލެވެލްގެ ފުރިހަމަ އެނަލިސިސްއެއް ހަދައި، ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަނެ އެވެ.

ސްކޭން ކުރުމުގެ މަރުހަލާގައި ގޫގުލް އިން އެޕްލިކޭޝަނުން މުހިއްމު ޑޭޓާތައް ނަގައި، އިވެލުއޭޓް ކުރުމަށް ޕްލޭ ޕްރޮޓެކްޓް ބެކްއެންޑަށް ފޮނުވަ އެވެ. އެނަލިސިސް ނިމުމުން، އެ އެޕްލިކޭޝަނަކީ އިންސްޓޯލް ކުރަން ރައްކާތެރި އެޕްލިކޭޝަނެއްތޯ ނުވަތަ އޭގެ ސަބަބުން ގެއްލުން ވެދާނެ ކަން އަންގައިދޭ ނޯޓިފިކޭޝަނެއް ބޭނުންކުރާ ފަރާތްތަކަށް ލިބެ އެވެ.

އަޕްޑޭޓް ކޮށްފައިވާ މި ސިސްޓަމަކީ އާޓިފިޝަލް އިންޓެލިޖެންސް ފަދަ ތަފާތު ޓެކްނިކްތައް ބޭނުންކޮށްގެން ދެނެގަތުމުން ސަލާމަތްވުމަށް ބޭނުންކުރާ ނުބައި އެޕްލިކޭޝަންތަކުން ރައްކާތެރިވުމުގެ ގޮތުން ފަރުމާކޮށްފައިވާ ސިސްޓަމެކެވެ.

އެޕެއް ފޯނަށް އިންސްޓޯލް ކުރާއިރު، ގޫގުލް ޕްލޭސްޓޯރުން "މީގެ ކުރިން މި އެޕް ނުފެނުނު" މިފަދަ މެސެޖެއް ފެންނާނެއެވެ. އަދި ޑޭޓާބޭސްއަށް އިތުރުކުރުމުގެ ހުއްދައަށް އެދޭ ކަމަށްވެސް ބުނާނެއެވެ.

އިންޓަފޭސްގައި މައިގަނޑު ގޮތެއްގައި "ސްކޭން އެޕް" ނުވަތަ "ޑޯންޓް އިންސްޓޯލް އެޕް" އަށް އޮޕްޝަންތައް ލިބޭއިރު، "ސްކިޕް" އޮޕްޝަނެއް ނެތްކަން ފާހަވެއެވެ.

ގޫގުލް އިން 2018 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ވާގޮތުން މި ފީޗާ އަށް އަމަލުކުރަން ފަށާނީ މެލްވެއާގެ މައްސަލަތައް ގިނަ ސަރަހައްދެއް ކަމަށްވާ އިންޑިއާގަ އެވެ.

ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި މި ސެކިއުރިޓީ ހުރިހާ ސަރަޙައްދަކަށް ފުޅާކުރުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. މި ފިޔަވަޅުން ދައްކުވައިދެނީ ގޫގުލް ޕްލޭ ސްޓޯރުން ބޭރުގައި އެޕްލިކޭޝަންތަކަށް އެކްސެސް ކުރާ މީހުންނަށް އެންޑްރޮއިޑް ރައްކާތެރި ކުރުމަށް ގޫގުލް އިން ދޭ އަހައްމިއްޔަތުކަން ކަމަށާއި، މެލްވެއާ ދިމާވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.