ކުރު ވީޑީއޯ ހިއްސާ ކުރުމަށް ހާއްސަކުރެވިފައިވާ މީސްމީޑީއާ މަންސަ ޓިކްޓޮކް އިން ދަނީ ޔޫޓިއުބް އަދި އެކްސް އާއި ވާދަ ކުރުމަށް 15 މިނިޓުގެ ދިގު ވީޑިއޯ އަޕްލޯޑް ކުރެވޭފަދަ ބަދަލެއް ގެނައުމަށް ޓެސްޓް ތައް ކުރަމުންނެވެ. މިކަން ރިޕޯރޓް ކޮށްފައިވަނީ މީސްމީޑިއާގެ މާހިރެއްކަމުގައިވާ މެޓް ނަވަރާ ހިއްސާ ކުރި ސްކްރީންސޮޓް އެއްގައެވެ. މި ސްކްރީން ސޮޓް ގައި ފެނިގެންދަނީ ޓިކްޓޮކް އިން ބޭނުންކުރާ ފަރާތްތަކަށް އެކްސްޓެންޑަޑް ވީޑިއޯ ފޯރްމެޓް އެކްސެސް ދިނުމަށް ހުޅުވާލާފައިވާ ސްކްރީން އެކެވެ.
މި ފީޗާ ޓެސްޓް ކުރަމުން ގެންދަނީ ޓްރެއިލް އެއްގޮތުގައި ވަކީ ސަރަހައްދުތަކެއްގައި އޫޅޭ މަދު ބަޔަކަށް ދީގެނެވެ. މި ފީޗަރ އާއްމުކޮށް ހުޅުވާލުމުން ޓިކްޓޮކް މޯބައިލް އަދި ޑެސްކްޓޮޕް އެޕް އިން ވެސް 15 މިނެޓް ވީޑިއޯ އަޕްލޯޑް ކުރުމުގެ އިޙްތިޔާރު ލިބިގެންދިއުމާއި އެކު ކޮންޓެންޓް ކްރިއޭޓަރުންނާށް އެމީހުން މި މަންސަ މެދުވެރިކޮށް އިތުރަށް ބާރުވެރިވެ އިތުރު ފްލެކްސިބިލިޓީ ތައްލިބުމުން ޓިކްޓޮކްވެސް ތަރައްޤީވުމަށް އިތުރު ފުރުސަތުތައް ލިބިގެންދާނެއެވެ.
މީގެ ކުރިން ޓިކްޓޮކް ގެ ވީޑިއޯ ލިމިޓް އެކި ފަހަރު މަތިން މުރާޖާ ކޮށްފައިވެއެވެ. މިގޮތުން އެންމެ ފުރަތަމަ 15 ސިކުންތުން 60 ސިކުންތަށް އަދި އެންމެ ފަހުން 10 މިނިޓް ގެ ވީޑިއޯ އަޕްލޯޑް ކުރެވޭ ގޮތަށް ބަދަލު ގެނެސްފައިވަނީ 2022 ފެބްރުއަރީ މަހުގެ ތެރޭގައެވެ.
މި ބަދަލާއި އެކު 1 ބިލިއަން ޔޫސަރުން ބޭނުންކުރާ ކަމަށް ބުނާ ޓިކްޓޮކް ގެ މަޤްބޫލުކަން އިތުރުވެ ޔޫޓިއުބް ފަދަ މަންސަަތަކާއި އެއްހަމަ އެއްގައި ވާދަކުރަން ފަށާނެއެވެ. އެހެން ނަމަވެސް އެންމެން ހެން ދިގު ވީޑިއޯ ބޭނުން ވާނެ ކަމަށް އުންމީދު ނުކުރެވޭތީ މި ބަދަލާއި މެދު ޓިކްޓޮކް ބޭނުންކުރާ މީހިންގެ ފުށުން އަންނާނެ ބަދަލެއް ދެނެގަތުމަށް އަދި ޖެހޭނީ އިންތިޒާރު ކުރާށެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.