މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް ޓްވިޗް އިން ޓްވިޗްގެ އިތުރުން ޔޫޓިއުބާއި ކިކް މެދުވެރިކޮށް އެއްފަހަރާ ލައިވް ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ފުރުސަތު ސްޓްރީމަރުންނަށް ލިބޭ މުޅިން އާ ފީޗާއެއް ތަޢާރަފް ކޮށްފި އެވެ. މި އާ ފީޗާގެ ސަބަބުން ސްޓްރީމަރުންގެ ފޯރި އިތުރުވެ، އެކި ހިދުމަތްތަކުގައި ބެލުންތެރިންނާ ގުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ޓްވިޗްއާ އެކު އެކްސްކްލޫސިވިޓީ އެގްރީމެންޓްތަކުން ބަނދެފައިވާ ސްޓްރީމަރުންނަށް މި އޮޕްޝަން ނުލިބޭ ކަމެވެ. ނަމަވެސް އެހެން ޕްލެޓްފޯމްތަކުގައި ސްޓްރީމް ކުރަން ޚިޔާރުކުރާ "ޕާޓްނަރޑް ސްޓްރީމަރސް" އެނބުރި އަންނަން ނިންމައިފިނަމަ ޕާޓްނަރ ޕްރޮގްރާމަށް އަލުން އެޕްލައި ކުރެވޭނެކަމަށް ޓްވިޗް އިން ބުނެއެވެ.
ޓްވިޗްގެ ވައިސް ޕްރެޒިޑެންޓް އޮފް ކޮމިއުނިޓީ ޕްރޮޑަކްޓް ޖެރެމީ ފޮރެސްޓާ މި ނިންމުމުގެ ކޮމިއުނިޓީ ޑްރައިވިން ސިފައަށް އަލިއަޅުއްވާލައްވައި، ވިދާޅުވީ މިއީ ސްޓްރީމަރުންނަށް އެމީހުންގެ މުޖުތަމައު ބިނާކުރުމުގައި އިތުރު މިނިވަންކަމެއް ހޯދައިދިނުމުގެ މަގްސަދުގައި ހުޅުވާލި ފުރުޞަތެއް ކަމުގައެވެ. އަދި އިންޓަރެކްޓިވް ލައިވް ކްރިއޭޓަރުންނަށް އެންމެ ރަނގަޅު ހިދުމަތަކީ ޓްވިޗް ކަމުގައި ގަބޫލުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިވާހަކަތައް އިއުލާން ކޮށްފައިވަނީ ޕެރިހުގައި ޖުލައި މަހު ބޭއްވި ކޮންވެންޝަނުގައެވެ. އަލަށް ތަޢާރަފްކުރި ސިމިއުލްކާސްޓިންގެ އިތުރުން ޓްވިޗް އިން ވަނީ އިތުރު ގިނަ އަޕްޑޭޓްތަކެއް ތައާރަފްކޮށްފަ އެވެ. ތިރީގައި މިބަލައިލަނީ އެ އަޕްޑޭޓް ތަކަށެވެ.
ސްޓްރީމް ޓުގެދަރ:
ކުރިން ގެސްޓް ސްޓާގެ ނަމުން މަޝްހޫރުވެފައިވާ މި ފީޗާގައި މިހާރު އަލިއަޅުވާލާފައިވަނީ ސްޓްރީމަރ-ޓު-ސްޓްރީމަރ ކޯލަބްރޭޝަންގެ މައްޗަށެވެ. ސްޓްރީމް ޓުގެދަރގައި ކޯލަބްރޭޓިން ސްޓްރީމަރުންގެ ކޮލެކްޓިވް ވިއުއަރޝިޕް ދައްކާލައި، ފޭވަރިޓްސް ލިސްޓަކާއި، ޑޯ-ނޮޓް-ޑިސްޓަރބް އޮޕްޝަނަކާއި، ޗެޓްތައް އެއް ފީޑަކަށް ކޮންސޮލިޑޭޓް ކުރުމުގެ ޤާބިލުކަން ފަދަ ފީޗާތައް ތަޢާރަފްކުރާނެއެވެ.
ސްޓޯރީސް:
މިއީ ސްޓްރީމަރުންނަށް ޓްވިޗް އެޕްލިކޭޝަންގައި ސޯޝަލް މީޑިއާ ސްޓައިލްގެ ވާހަކަތައް ޕޯސްޓްކޮށް، ބެލުންތެރިންނާ މުއާމަލާތްކުރުން އިތުރުކޮށްދޭ އާ ފީޗާއެކެވެ.
ފީޗާޑް ކްލިޕްސް:
ކްލިޕް އެޑިޓަރުގައި ވާޓިކަލް ކްލިޕް އޮޕްޝަނެއް އިތުރުކުރުން ފަދަ ހަނދާންނެތޭ ވަގުތުތައް ފާހަގަކުރަން ފަސޭހަވާނެ ގޮތަށް އިމްޕްރޫވްމަންޓްތައް ހިމަނާފައިވެއެވެ.
އޮފް-ސަރވިސް ޕޮލިސީ އަޕްޑޭޓް:
ސިޔާސަތަށް އިތުރު ކުރިއެރުންތަކެއް ގެނެސް، ޕްލެޓްފޯމްގައި ސްވޮޓިންގ އާއި ޑޮކްސްކުރުން ފަދަ ޢަމަލުތައް މަނާކުރުން ވަނީ ހަރުދަނާކުރެވިފައެވެ.
އެމެޒޯން ހިއްސާވާ ޕްލެޓްފޯމެއްގެ ހައިސިއްޔަތުން ޓްވިޗް އިން އަންނަނީ ސްޓްރީމަރުންނާއި ބެލުންތެރިންނަށް ވެސް ރަނގަޅު ސްޓްރީމިން ތަޖުރިބާއެއް ހޯދައިދިނުމުގެ މަގުސަދުގައި އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރަމުންނެވެ. ސިމިއުލްކާސްޓިންގެ ސަބަބުން ސްޓްރީމަރުންނަށް ގިނަ ޕްލެޓްފޯމްތަކެއްގައި އޯޑިއަންސް ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާއިރު، އެ ޕްލެޓްފޯމްގެ ކުރިއެރުމަށް އެހީތެރިވުމުގެ ގޮތުން އެ ޕްލެޓްފޯމުން ވެސް އަންނަނީ އަގުހުރި ވަސީލަތްތައް ފޯރުކޮށްދެމުންނެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.