އޭ.އައިގެ ޒަމާނުގައި އިންސާނީ ލިޔުން ދިފާޢުކުރަންޖެހޭ ސަބަބު

ޝުޖާޢަތު ރަޝީދު 28 އޮކްޓޯބަރު 2023

އާޓިފިޝަލް އިންޓަލިޖަންސް ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރާ ގިނަ މޭސްތިރިން އިންޒާރުދީފައިވަނީ އޭ.އައިގެ ސަބަބުން އިންސާނިއްޔަތަށް ކުރިމަތިވެދާނެ ނުރައްކާ ބޮޑުކަމެވެ.

މިފަދަ ނުރައްކަލަކީ ޕެންޑަމިކްއާއި ނިއުކްލިއާ ހަނގުރާމައާއި އެއްހަމައެއްގައި އޮތް ކަމެއް ކަމުގައިވެސް އެމީހުން ހާމަކުރެއެވެ.

މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަން ފެށިފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޯޕަންއޭ.އައި އިން ޗެޓްޖީޕީޓީ ތަޢާރަފް ކުރުމާއި ގުޅިގެންނެވެ. މިވާހަކަތަކުގައި އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވަނީ އޭއައި އިން އަހަރެމެންނަށް ލިޔާނަމަ އެއީ ބޮޑުކަމަކަށް ވެދާނެތޯ ކުރެވިގެންދިޔަ ސުވާލުތަކުންނެވެ.

ވޯޑްޓިއުން ރިސާޗްއިން

މިސުވާލުތަކަށް ޖަވާބުދޭން އުނދަގޫވިނަމަވެސް ވިސްނާލަންވީ އިންސާނުން އަހަރެމެންނަށް ލިޔާ ލިޔުންތަކުން ކުރާ އަސަރުތަކާއި މެދުއެވެ. މިއީ ޗެޓްޖީޕީޓީ ނުވަތަ އެއްވެސް ބޮޓަކަށް ބަލިކުރެވިދާނެ ގޮތެއްތޯ ސުވާލުކުރެވެއެވެ.

ކްލެސިކް ވިސްނުން ހުންނަ މީހެއް ކަމުގައިވާ އެރިކް ހެވްލޮކް "ޕްރިފޭސް ޓު ޕްލެޓޯ" ގައި ބުނެފައިވަނީ ލިޔުންތެރިކަމުގެ ކުރިއެރުން އާރކައިކް ގްރީސްގައި މަދުމީހުންތަކެއްގެ ތެރޭގައި އުފެދުނު ނަމަވެސް ގްރީކްގެ ފިލޯސަފިކަލް ވިސްނުމަށް މަގުފަހިވުމަށް ތަންދިނެވެ.

މީގެ އިތުރުން އިންސާނުން ލިޔާ ލިޔުންތަކުގެ ސަބަބުން ލޮޖިކަލް ވިސްނުމަށް ތަންދޭކަން އޭނާ ފާހަގަކޮށްފައިވެއެވެ. މީގެ ސަބަބުން ހަރުދަނާ ލިޔުންތައް އުފެއްދުމަށް މަގުފަހިވެގެންވެސް ދެއެވެ.

ވޯޑްޓިއުން ރިސާޗްއިން

އެމް.އާރު.އައި ސްކޭންތައް ބޭނުންކޮށްގެން ކުރެވުނު ދިރާސާއަކުން ފާހަގަވާގޮތުގައި ހަޔާތުގެ ފަހަތުކޮޅުގައި އެކަނި ލިޔަންކިޔަން ދަސްކުރި ބޮޑެތި މީހުންގެ ސިކުނޑީގެ ސަރަހައްދުތަކުގައި ހުދު އަދި ގްރޭ މެޓާގެ ޑެންސިޓީ އިތުރުވާކަމެވެ.

ލިޔުންތެރި ސިކުނޑިއަކީ އަހަރެމެންގެ ޚިޔާލުތައް އެހެންމީހުންނަށް ދައްކައިދޭ ކެންވަސްއެކެވެ. މީގެ ސަބަބުން އަހަރެމެންގެ ވިސްނުން އެހެން މީހުންނަށް ދައްކުވައިދެއެވެ.

އާޓިފިޝަލް އިންޓަލިޖަންސްގެ އެހީގައި ލިޔުންތައް ނިންމާއިރު މިއީ ހަމަ އެކަނި އަހަރެމެން ކޮންމެހެން ނިންމަންޖެހޭ މަސައްކަތަކަށް ކުރާކަމެއް ގޮތުގައި މިވަނީ ވެފައެވެ. މިސާލަކަށް އެސައިންމަންޓެއް، އީމެއިލްއެއް ނުވަތަ އޮފީހުގެ މެމޯއެއް ތައްޔާރު ކުރުމަށް ޗެޓްޖީޕީޓީ ފަދަ ޓޫލްތައް ބޭނުންކުރެވެއެވެ.

ނަމަވެސް ލިޔުމަށް އިންސާނުންގެ ހިތްވަރުތައް ވަރަށް ބޮޑަށް އަދި ދުރަށް ދެމިގެންދެއެވެ. އިންސާނުންގެ ލިޔުންތަކުގައި ބޭރުފުށުން ފެންނަ ކަންތައްތަކުގެ އިތުރުން އިންސާނިއްޔަތުގެ ހާލަތު ދައްކުވައިދޭ ގޮތަށް ފުންކޮށް ވިސްނައި ލިޔުންތައް ތައްޔާރުކުރެވެއެވެ.

ވޯޑްޓިއުން ރިސާޗްއިން

އަދި މިއީ ކޮންމެވެސް ކަހަލަ ހިންހަމަޖެހުމަކަށް ކުރާކަމެއް ގޮތުގައިވެސް ކުރާކަމެކެވެ. ޑައެރީ ލިޔުމާއި، ބްލޮގް ލިޔުމާއި ނުވަތަ މީހަކަށް ރައްދުކުރާ ސިޓީ އެއް ލިޔުމަށް އިންސާނުން އެމީހުންގެ އިހްސާސް ދައްކުވައި ލިޔުން ތައްޔާރުކުރެއެވެ. މިއީ އޭ.އައި އަށް ނުކޮށްދެވޭނެ ކަމެއްކަމުގައި ގިނަ ލިޔުންތެރިން ފާހަގަކުރާ ކަމެކެވެ.

އިންސާނަކާއި އެއްވަރަށް އިހްސާސް ދައްކައި ފުންކޮށް ވިސްނައި އިންސާނުންގެ ވިސްނުމާއި އެކި ކަހަލަ އިހްސާސްތަކަށް ބިނާކޮށް އޭގެ އަލީގައި ނިންމުމާއި ގޮތްތަށް ދައްކުވައިދޭ ލިޔުންތައް ލިޔުމަކީ އޭއައިއަށް އުނދަގޫ ހުނަރެކެވެ.

ޗެޓްޖީޕީޓީ ފަދަ ޓޫލްތައް ލިޔުންތައް ތައްޔާރުކުރުމުގައި ދިރާސާކޮށް ކޮންޓެންޓު ހޯދުމަށް ބޭނުން ކުރެވިދާނެއެވެ. މިއީ އަހަރެމެންނަށް އިތުރު އެހީއެއް ގޮތުގައި ބޭނުންކުރެވޭ ޓެކްނޮލޮޖީއަކަށް ހެދިދާނެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.