ވީ.ޕީ.އެން ބޭނުންކުރަންޔާ އިންޓަނެޓް ލަސްވެދާނެތަ؟

ޝުޖާޢަތު ރަޝީދު 28 އޮކްޓޯބަރު 2023

ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީ.ޕީ.އެން) އަކީ އަހަރެމެންގެ ނެޓްވޯކަށް އިތުރު ރައްކާތެރިކަން ފޯރުކޮށްދެ އެއްޗެކެވެ.

ނަމަވެސް މިއީ އިންޓަނެޓް ލަސްވެދާނެ ކަމެކެވެ. މި ލަސްވުން ނުވަތަ މަޑުޖެހުމުގެ މިންވަރު ތަފާތުވެ، ގިނަ ސަބަބުތަކުން މިކަމަށް ނުފޫޒު ފޯރުވައެވެ.

ވީޕީއެންއިން އެންކްރިޕްޝަން ޕްރޮސެސްއެއް ބޭނުންކޮށްގެން ޑޭޓާ ރައްކާތެރިކޮށް، އިންޓަނެޓްގެ ސްޕީޑް މައިގަނޑު ގޮތެއްގައި މަޑުކޮށްދެ އެވެ. ވީޕީއެން އެއް ބޭނުންކުރާއިރު އިންޓަނެޓް މެދުވެރިކޮށް ފޮނުވުމުގެ ކުރިން ޑޭޓާ އެންކްރިޕްޓް ކުރެ އެވެ.

އިންޓަނެޓްގެ ސްޕީޑަށް ވަރަށް ބޮޑަށް އަސަރު ކުރާނީ ބޭނުންކުރާ މީހާއާއި ވީޕީއެން ސާވާރއާއި ދެމެދު ދުރުމިން ހުރުމުންނެވެ. މިސާލަކަށް ދިވެހިރާއްޖޭގައި ހުރި މީހަކު އެމެރިކާގެ ވީޕީއެން ސާވާރއެއް ބޭނުން ކުރާނަމަ، އޭނާގެ ޑޭޓާގައި ލޭޓެންސީ ހުރެދާނެއެވެ.

ސާފްޝާކްއިން

ވީޕީއެން އެއް ބޭނުންކުރަނީ އެންކްރިޕްޝަންއެވެ. މިއީ ޑޭޓާ ރައްކާތެރި ކުރުމުގެ މަރުހަލާއަށެވެ. އެންކްރިޕްޝަން ލެވެލް މަތިވުމުގެ ސަބަބުން ސެކިއުރިޓީ ރަނގަޅުވެއެވެ.

ނަމަވެސް ޑޭޓާ އެންކްރިޕްޓްކޮށް ޑިކްރިޕްޓް ކުރުމަށް އިތުރު ކޮމްޕިއުޓޭޝަނަލް ވަސީލަތްތައް ބޭނުންވާތީ އިންޓަނެޓްގެ ސްޕީޑް ދަށްވެދާނެއެވެ. ސްޓްރީމިން ނުވަތަ ގޭމިން ފަދަ ބެންޑްވިތު ބޮޑު އެކްޓިވިޓީތަކުގައި ގިނަ ފަހަރަށް އޭގެ އަސަރު ފާހަގަކުރެވިދާނެއެވެ.

ވީޕީއެން ސްޕީޑުގެ ސަބަބުން އިންޓަނެޓަށް ކުރާ އަސަރު ވަރަށް ބޮޑަށް ކުޑަކުރެވޭނީ ސެކިއުރިޓީއަށް ބުރޫނާރާ ގޮތަށް ބައެއް ސްޓްރެޓެޖިކް ފިޔަވަޅުތައް އަޅައިގެންނެވެ.

ސައިބާސެކިއުރިޓީ އިންސައިޑާސްއިން

ގިނަ އަދަދެއްގެ ސާވާރ އާއިއެކު ވީޕީއެން ގެ ހިދުމަތެއް އިޚްތިޔާރު ކުރެވިދާނެއެވެ. ބޮޑު ސާވާރ ނެޓްވޯކެއްގެ މާނައަކީ ލޯޑް (ކަނެކްޓެޑް ކުރާ މީހުންގެ އަދަދު) ގިނަ އަދަދެއްގެ ސާވާތަކުގައި ބެހުމެވެ. މިކަމުގެ ސަބަބުން ކޮންމެވެސް އެއް ސާވާރ އެއް އޯވަލޯޑްވެ ކަނެކްޝަން މަޑުޖެހުމުގެ ފުރުސަތު ކުޑަވެގެން ދާނެއެވެ.

ޑިވައިސްގެ ބެކްގްރައުންޑްގައި ހިންގާ ބޭކާރު އެޕްތައް ނުވަތަ ޕްރޮގްރާމްތަކުގެ ސަބަބުން ބޮޑު ބެންޑްވިތު ބޭނުންކޮށް އިންޓަނެޓްގެ ސްޕީޑް ސްލޯވެއެވެ. މިއީ ކޮން އެޕްލިކޭޝަނަކާއި ހެދިވާކަމެއްތޯ ބެލުމަށް އެންމެ ފަހުން ޑައުންލޯޑް ކުރި އެޕްލިކޭޝަނެއް ނުވަތަ ސޮފްޓްވެއާއަކުން ބަލާލާށެވެ.

ސައިބާސެކިއުރިޓީ އިންސައިޑާއިން

އަދި ފަހުގެ ހާޑްވެއާއެއް ބޭނުންކުރާނަމަ ޑޭޓާ ޑިކްރިޕްޓުކޮށް އިންކްރިޕްޓުކުރުމަށް ދާ ޕްރޮސެސިން ޕަވާ ގިނަވިޔަސް އިންޓަނެޓުގެ ސްޕީޑަށް އިތުރު ލުޔެއް އަންނާނެއެވެ.

ވީޕީއެން ސްޕީޑަށް އެންކްރިޕްޝަން، ސާވާރ ކޮލިޓީ، ލޮކޭޝަން، އިންޓަނެޓް ޕްރޮވައިޑާގެ ސްޕީޑް އަދި ޕީކް ޔޫސޭޖް ޓައިމްސް ފަދަ އެތައް ކަމެއްގެ ނުފޫޒު ފޯރާނެ އެވެ.

ކައިރި ސާވާއެއް ބޭނުންކުރުމާއި ލައިޓްވެއިޓް އެންކްރިޕްޝަން އިޚްތިޔާރުކުރުމާއި ސްޕްލިޓް ޓަނެލިން ބޭނުންކުރުން ފަދަ ސްޓްރެޓެޖިކް ބަދަލުގެ ސަބަބުން މިކަމަށް ކުރިމަތިވާ ދަތިތަށް ކުޑަކުރެވިދާނެއެވެ.

ވީޕީއެން އިޚްތިޔާރު ކުރާއިރު އިންޓަނެޓް ބޭނުންކުރާ ގޮތާއި ބޭނުންތައް ދެނެގަތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.