މިޑްޖާނީ އާއި ވާދަ ކުރާ އެހެން އޭ.އައި ޓޫލްތަކެއް

ޝުޖާޢަތު ރަޝީދު 28 އޮކްޓޯބަރު 2023

އޭ.އައި މެދުވެރިކޮށް ފޮޓޯ ޖެނެރޭޓް ކުރުމަކީ މިހާރު ގިނަމީހުން އެކި ބޭނުންތަކަށް ކުރާ ކަމެކެވެ. މިކަން ކުރުމަށް މިހާރު ގިނަ ޓޫލްތަކެއް އެބަހުއްޓެވެ.

1. ސްޓޭބަލް ޑިފިއުޝަން

ސްޓޭބަލް ޑިފިއުޝަން އަކީ އެންމެ މަޝްހޫރު އެއް އިމޭޖް ޖެނެރޭޓާއެކެވެ. މިއީ މުޅިން ހިލޭ އަދި އޯޕަން ސޯސް ޓޫލްއެކެވެ.

މި ޓޫލް ސޮފްޓްވެއާ ޑައުންލޯޑްކޮށްގެން އޮފްލައިންކޮށް ނުވަތަ ވެބް ބްރައުޒާގައި ބޭނުން ކުރެވިދާނެއެވެ.

2. ކްރެއިޔޯން

މިއީ ކޯޑިން ކޮމްޕެޓިޝަންއެއްގައި އުފެއްދި ޓޫލްއެކެވެ. އެންމެ ފުރަތަމަ މި ޓޫލްއަށް ދެވުނު ނަމަކީ DALL-E އެވެ. އޯޕަންއޭައިގެ އެދުމާއެކީ މި ޓޫލްގެ ނަން ބަދަލުކުރެވުނެވެ. މިއީ ހިލޭ ބޭނުންކުރެވޭ އެއްވެސް ރެސްޓްރިކްޝަނެއް ނުހުންނަ ކޮންޓެންޓް ހިމެނޭ ޓޫލްއެކެވެ. މި ޕްލެޓްފޯމް ބޭނުން ކުރާ މީހުންނަށް އެމީހުންގެ އަމިއްލަ އުފެއްދުންތައްވެސް ޕޯސްޓު ކުރެވެއެވެ.

3. ވޮމްބޯ ޑްރީމް

ވޮމްބޯ އަކީ ރިއަލް ލައިފްގެ ފޮޓޯތައް ލަވަކިޔާ ކެރެކްޓާއަށް ބަދަލުކޮށް އާންމުންގެ މެދުގައި މަޤުބޫލުކަމެއް ހޯދާފައިވާ ޕްލެޓްފޯމެކެވެ. އެމީހުންގެ ޑްރީމް އޭއައި ޓޫލް ނުވަތަ ޕްލެޓްފޯމަކީ ފޮޓޯ ޖެނެރޭޓް ކުރުމަށް މިހާރު ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ޓޫލްއެކެވެ. މި ޓޫލްއިން ކޮންމެ ޔޫޒާއެއްގެ އެދުމަށްވެސް ކަސްޓަމް ރެންޑަމް އިލެމެންޓު އިތުރުކޮށް ދައްކައިދެއެވެ. މިއީ މީހުންނަށް އެއްވައްތަރެއްގެ ފޮޓޯ ޖެނެރޭޓް ނުކުރުމަށް މި ޓޫލްއިން ބޭނުން ކުރާ އަލްގޯރިދަމްއެކެވެ.

އެއްވެސް އެޑްއަކާއި، ސަބްސްކްރިޕްޝަނަކާއި ނުލައި މި ޓޫލް ބޭނުންކޮށްލެވޭނެއެވެ.

4. ބްލޫވިލޯވް

މި ޕްލެޓްފޯމަކީ ހަމައެކަނި ޑިސްކޯޑް މެދުވެރިކޮށް ބޭނުންކުރެވޭ ޓޫލްއެކެވެ. މަދު ޕްރޮމްޕްޓަކާއި އެކު 4 އޭ.އައި ފޮޓޯ މި ޓޫލްއިން އެއްފަހަރު ޖެނެރޭޓް ކޮށްދެއެވެ. ދުވާލެއްގެ މައްޗަށް 25 ފޮޓޯ ހިލޭ ޖެނެރޭޓް ކުރެވޭއިރު މަހެއްގެ މައްޗަށް $10 އަކާއި $60 އާއި މެދުގެ ފީއެއް ދެއްކުމަށްފަހު މި ޓޫލް ބޭނުންކޮށްލެވޭނެއެވެ.

5. ބިންގް އިމޭޖް ކްރިއޭޓާރ

މައިކްރޮސޮފްޓުން އޭއައިގެ ގާބިލްކަން އިތުރުކުރުމުގެ ސްޓްރެޓެޖިކް ފިޔަވަޅެއްގެ ގޮތުން އެ ކުންފުނީގެ ބިންގް ސާޗް އިންޖީނަށް ހިލޭ އިމޭޖް ޖަނަރޭޓަރެއް އިންޓަގްރޭޓް ކޮށްފައިވެއެވެ. ބިންގް އިމޭޖް ކްރިއޭޓާރގެ ނަމުން ނަން ދީފައިވާ މި ހިދުމަތަކީ އޯޕަންއޭއައިގެ ޑީއެލް-އީ ޓެކްނޮލޮޖީގެ އެހީގައި ފޯރުކޮށްދޭ ހިދުމަތެކެވެ.

މައިކްރޮސޮފްޓް އެކައުންޓަކަށް ސައިންއަޕް ކުރުމަށްފަހު ބޭނުންކުރާ ފަރާތްތަކަށް 100 "ބޫސްޓް" ލިބޭއިރު، މިއީ ޔޫޒަރ ފްރެންޑްލީ އިންޓަފޭސްއެއްގައި ހަލުވި ކަމާއެކު އިމޭޖް އުފެއްދުމަށް މަގުފައިކޮށްދޭ ޓޫލްއެކެވެ.

6. އެޑޯބީ ފައާފްލައި

21 ވަނަ ގަރުނުގެ އެންމެ ފާހަގަކޮށްލެވޭ ޑިޖިޓަލް ޑިޒައިން ސުއިޓްތަކުގެ ތެރޭގައި ހިމެނޭ އެޑޯބީ އަކީ އޭއައި އިމޭޖް ޖެނެރޭޝަން އިންގިލާބުގެ އެންމެ ކުރީ ސަފުގައި އަބަދުވެސް ހުންނާނެ ޓޫލްއެކެވެ.

ފަޔާފްލައިގައި 25 މަހަށް ޖެނެރޭޓިވް ކްރެޑިޓް ނުވަތަ ޕްރިމިއަމް ޓިއަރއެއް މަހަކު 4.99 ޑޮލަރަށް ލިބޭއިރު، އޭގެ ތެރެއިން 100 ކްރެޑިޓާއި އެހެނިހެން އެކްސްޓްރާ ލިބެ އެވެ. ޖެނެރޭޓިވް ކްރެޑިޓްތައް ވެސް އެޑޯބީ ކްރިއޭޓިވް ކްލައުޑްގެ ގިނަ ޕްލޭންތަކުގައި ހިމަނާފައިވެ އެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.