އިންޓަނެޓްގެ މިނިވަންކަން އެންމެ ބޮޑު ގައުމުތައް

ޝުޖާޢަތު ރަޝީދު 28 އޮކްޓޯބަރު 2023

ކުރިއަރާފައިވާ ޤައުމުތަކުގައި ދިރިއުޅޭ ގިނަ މީހުންނަށް އިންޓަނެޓް ގެ ބޭނުން ހިފުމަކީ ހަމައެކަނި އިންޓަނެޓްގެ ޙައްޤެއްގެ ގޮތުގައި ބެލެވިފައި އޮތުމުގެ އިތުރުން، ޤާނޫނީ އިމުގެ ތެރޭގައި ދެމިތިބެ، އިންޓަނެޓްގެ ހުރިހާ ދިމާލަކަށް މިނިވަންކަމާއެކު ވަނުމުގެ ފުރުޞަތު ލިބުމެވެ.

ހިތާމައަކީ ދުނިޔޭގެ ގިނަ ބަޔަކަށް އެއީ ހަޤީގަތެއް ނޫނެވެ. ދުނިޔޭގެ ގިނަ ސަރަހައްދުތަކަށް އިންޓަނެޓްގެ މެޖޯރިޓީ އެކްސެސްވެސް ނުލިބޭކަން، 2023 ވަނަ އަހަރު އިންޓަނެޓް ވަނުމުގެ ރޭޓް އެންމެ ދަށް ޤައުމުތަކުގައި، އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ މަދު މީހުންނަށް އިންޓަނެޓް ބޭނުންކުރެވޭއިރު، ޕާކިސްތާން ފަދަ ޤައުމުތަކަކީވެސް އިންޓަނެޓް ސެންސަރުކޮށް ސޯޝަލް މީޑިއާ މަނާކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމުތަކެކެވެ.

ޔާހޫ ފައިނޭންސްއިން ދިރާސާކޮށް ނެރެފައިވާ ރިޕޯޓަކުން ހާމަކުރާ ގޮތުގައި އެމީހުން ކުރި ދިރާސާގައި ހިމަނާފައިވަނީ އެފަދަ ޤަޢުމުތަކުގެ ސަރުކާރުގެ ސެންސަރޝިޕް އާއި، އެކުލަވާލައިފައިވާ އިންޓަނެޓް ކޮންޓެންޓުގެ ހަމަތަކާއި އެ ޤަޢުމުތަކުގެ އާބާދީއަށްވެސް ބަލައިގެން ހިމަނާފައިވާ ހޯދުންތަކެވެ.

މި އާޓިކަލްގައި އަލި އަޅުވާލާނީ އޭގެ ތެރެއިން އެންމެ ފަހަތުގައި އުޅޭ 10 ޤަޢުމަށެވެ.

10 - ޤާނާ

އިންސައިޑަރ މަންކީ އިންޓަނެޓް ފްރީޑަމް ސްކޯރ: 53

އެފްރިކާގެ ގިނަ ގައުމުތަކުގައި ޤާނާއާއި ހިލާފަށް އިންޓަނެޓް ސެންސަރުޝިޕް ގެ މިންވަރު ބޮޑުވެ. ނަމަވެސް ބައެއް މޮޑާން ވިސްނުމުގެ މިނިވަންކަން އިންޓަނެޓުގައި ސެންސަރ ކުރެވިފައިވާކަން މި ޤަޢުމުގައި ފާހަގަކުރެވެއެވެ.

9 - އެންގޯލާ

އިންސައިޑަރ މަންކީ އިންޓަނެޓް ފްރީޑަމް ސްކޯރ: 56

ގަވައިދާ ހިލާފަށް ހިންގާ ވެބްސައިޓްތައް ފިޔަވައި އެހެން ވެބްސައިޓްތައް ސެންސަރުކޮށް ބްލޮކް ނުކުރާ އިރު، އެ ގައުމުގެ އިންޓަނެޓް އިންފްރާސްޓްރަކްޗާ ދަށްވުމުގެ ސަބަބުން އިންޓަނެޓް ލިބުމުގައި މާ ބޮޑު އެހީއެއް ނުލިބެ އެވެ.

8 - ސާބިއާ

އިންސައިޑަރ މަންކީ އިންޓަނެޓް ފްރީޑަމް ސްކޯރ: 60

ވެރިކަން ކުރާ ޕާޓީގެ މެމްބަރެއްގެ ހިއްސާ އޮންނަ ޕްރޮގަވާމަންޓް ވެބްސައިޓްތަކުން ދޮގު މައުލޫމާތު ދިނުމުގެ ޓެކްޓިކްސް ގެންގުޅޭ ކަމަށް ބުނި ނަމަވެސް، އިންޓަނެޓްގެ ހިދުމަތް އެންމެ މަތީ މިންވަރަކަށް ލިބޭ އެއް ޤަޢުމަކަށް ސާބިއާ ވެގެންދާނެއެވެ.

7 - ކެންޔާ

އިންސައިޑަރ މަންކީ އިންޓަނެޓް ފްރީޑަމް ސްކޯރ: 60

މި ލިސްޓުގައި ހިމެނޭ އެފްރިކާގެ ތިން ޤަޢުމުގެ ތެރޭގައި ހިމެނޭ ކެންޔާގައި އިންޓަނެޓްގެ މިނިވަންކަން ރަނގަޅުވަމުން އަންނަތަން ފެނުނު ނަމަވެސް، ސިމްކާޑު ރަޖިސްޓްރީ ނުކުރާ މީހުން ޖޫރިމަނާ ކުރަން ޖެހޭތީ ނަން ހާމަކުރުމަކީ ބޭނުންކުރާ މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

6 - އާޖެންޓީނާ

އިންސައިޑަރ މަންކީ އިންޓަނެޓް ފްރީޑަމް ސްކޯރ: 60

ލެޓިން އެމެރިކާގައި އިންޓަނެޓްގެ މިނިވަންކަން އެންމެ ބޮޑު އެއް ޤަޢުމު ކަމަށްވާ އާޖެންޓީނާގައި އަންހެނުންގެ ހައްޤުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ދަނީ ޖިންސުގެ މައްސަލަތަކަށް އިތުރު ސަމާލުކަމެއް ދިނުމުގެ ގޮތުން ޑިޖިޓަލް ވަސީލަތްތައް ތަންފީޒު ކުރަމުންނެވެ.

5 - އަރްމޭނިއާ

އިންސައިޑަރ މަންކީ އިންޓަނެޓް ފްރީޑަމް ސްކޯރ: 62

ހައިރާންކުރުވަނިވި ގޮތަކީ، އަޒަރުބައިޖާނާއި އަރުމީނިއާ ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މީގެ ކުރިން ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް، އިންޓަނެޓްގެ މިނިވަންކަން އެންމެ މަދުން ސެންސަރުކޮށްފައިވާ އެއް ގައުމަކީ އަރުމީނިއާ އެވެ.

4 - އޮސްޓްރޭލިއާ

އިންސައިޑަރ މަންކީ އިންޓަނެޓް ފްރީޑަމް ސްކޯރ:63

އޮސްޓްރޭލިއާ ސަރުކާރުން އިންޓަނެޓްގެ މިނިވަންކަމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދީފައިވާއިރު، ދާދި ފަހުން ފާސްކުރި އޮންލައިން ސޭފްޓީ އެކްޓްގެ ސަބަބުން 2022 ވަނަ އަހަރުގެ މެއި މަހު ބާއްވާ ފެޑެރަލް އިންތިހާބާ ދިމާކޮށް ދޮގު މައުލޫމާތު ތައް ވަރަށް ބޮޑަށް ފެތުރުނު އިރު، މޮނިޓަރިންގެ ހާލަތު މަތިވެދާނެ އެވެ.

3 - އިޓަލީ

އިންސައިޑަރ މަންކީ އިންޓަނެޓް ފްރީޑަމް ސްކޯރ:63

އިންޓަނެޓްގެ މިނިވަންކަން އެންމެ މަދުން ސެންސަރުކޮށްފައިވާ ޤަޢުމުތަކުގެ ލިސްޓުގައި ޔޫރަޕްގެ ޤަޢުމުތަކުގެ ބާރު ގަދަވެފައިވާއިރު، ފްރީޑަމް ހައުސްއިން ބުނާ ގޮތުގައި އޭގެ ކުރީ އަހަރާ އަޅާބަލާއިރު 2022 ވަނަ އަހަރު އިންޓަނެޓްގެ މިނިވަންކަން ކުޑަތަންކޮޅެއް ދަށަށް ދިޔަ ނަމަވެސް އިޓަލީއަކީ ވެސް އެއަށް އިސްތިސްނާ ޤަޢުމެއް ނޫނެވެ.

2 - ސައުތު އެފްރިކާ

އިންސައިޑަރ މަންކީ އިންޓަނެޓް ފްރީޑަމް ސްކޯރ:63

އެފްރިކާގެ އެންމެ މަދުން ސެންސަރު ކޮށްފައިވާ ޤަޢުމު ކަމަށްވާ ދެކުނު އެފްރިކާގައި ވެސް އިންޓަނެޓް ޕެނެޓްރޭޝަން ރޭޓް ތައް ދަނީ އިތުރުވަމުންނެވެ.

ނަމަވެސް ދާދި ފަހުން އެ ގައުމުން ވަނީ އޮންލައިން ކޮންޓެންޓް ސެންސަރު ކުރުމުގެ ބާރު އެ ޤަޢުމަށް ލިބިދީ، އެ ޤަޢުމުގެ މަގާމަށް ބުރޫ އަރާފާނެ ފިލްމް އެންޑް ޕަބްލިކޭޝަންސް އެމެންޑްމަންޓް ގާނޫނެއް ވެސް ފާސްކޮށްފަ އެވެ.

1- ފްރާންސް

އިންސައިޑަރ މަންކީ އިންޓަނެޓް ފްރީޑަމް ސްކޯރ:63

ފަރަންސޭސިވިލާތުން 2021 ވަނަ އަހަރު ގޫގަލް 500 މިލިއަން ޔޫރޯއިން ޖޫރިމަނާކުރީ ފްރާންސްގެ މީޑިއާތަކާ އެކު ރަނގަޅު ނިޔަތެއްގައި ލައިސަންސް ފީގެ ވާހަކަ ނުދެއްކުމުގެ ސަބަބުންނެވެ.

ގޫގަލް އާއި މެޓައިން ވެސް އިތުރު ޖޫރިމަނާއެއް ފްރާންސުން ނެގީ ކުކީޒް ބަލައިގަތުމުގައި ލުއިގޮތްތަކެއް ހުރި މިންވަރާ ހިލާފަށް ކުކީޒް އަށް އިންކާރު ކުރަން ދަތިވާ މިންވަރު އެ ކުންފުނިތަކުން އިތުރުކުރުމުންނެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.