މަސައްކަތް ކުރާ ޕީސީ މޮނިޓާ ކުރާނަމަ ބުނަންޖެހޭނެތަ؟

ޝުޖާޢަތު ރަޝީދު 28 އޮކްޓޯބަރު 2023

ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވެގެން ދިޔުމަށްފަހު ގިނަ ޤައުމު ތަކުގައި މަސައްކަތް ކުރާ ގޮތްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މަސައްކަތް ކުރާ ތަނާއި، ވަގުތުވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

21 ވަނަ ގަރުނުގެ މަސައްކަތުގެ މި މޮޑެލް "ނިއު ނޯމަލް" ގެ ނަމުން ނަންދީ އުފެދުނީ ލުއިފަސޭހަކަމާއި އުފެއްދުންތެރިކަން އިތުރުކުރުމަށެވެ.

ނަމަވެސް މި ބަދަލާއި އެކު ޓެކްނޮލޮޖީވެސް އެއްވެ އަހަރެމެންގެ "ވޯކް-ލައިފް" ބައުންޑަރީ މިވަނީ ބަދަލުކޮށްލާފައެވެ.

11 ގައުމެއްގެ 20،000 މީހުންގެ މެދުގައި މައިކްރޮސޮފްޓުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 85 އިންސައްތަ މެނޭޖަރުންނަށް ރިމޯޓްކޮށް މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުބާރު ކުރަން އުނދަގޫވިއެވެ. އޮސްޓްރޭލިއާގައި އެކަނި މި އަދަދަކީ 90 އިންސައްތައެވެ.

އެމެރިކާގެ ރިސާޗް އެންޑް ކޮންސަލްޓިން ފާމް ގާޓްނާ އިން 2021 ވަނަ އަހަރު އަންދާޒާކުރި ގޮތުގައި ބަލިމަޑުކަން ފެށުނު ފަހުން އެ ކުންފުނިތަކުގެ މަސައްކަތްތެރިން ޓްރެކްކޮށް، މޮނިޓާކޮށް، ސާވައިލް ކުރާ ބޮޑެތި ކުންފުނިތަކުގެ އަދަދު ވަނީ ދެ ގުނަ އިތުރުވެ 60 އިންސައްތައަށް އަރާފަ އެވެ.

އެއްކޮޅުން މި "ބޮސްވެއާ" ޓޫލްސް ބޭނުންކޮށްގެން މުވައްޒިފުންގެ ޕްރޮޑަކްޓިވިޓީ ސްޓެޓިސްޓިކްސް ބަލައި، އޮފީސްތަކަށް ބޭނުންތެރި އެވިޑެންސް ބޭސްޑް އެނަލިޓިކްސް ފޯރުކޮށްދެއެވެ.

އަނެއް ފަރާތް މާ އަނދިރިއެވެ. މި ޑިވައިސްތަކަކީ ނުހަނު ނުތަނަވަސް ޑިވައިސްތަކެކެވެ. ގޭގައި ތިބެގެން މަސައްކަތް ކުރާނަމަ އަމިއްލަ ދިރިއުޅުމުގެ އޯޑިއޯ އަދި ވިޝުއަލް ފޮޓޯތައްވެސް މި ޑިވައިސްތައް ބޭނުންކޮށް ނެގެއެވެ.

ނަމަވެސް މިފަދަ ބެލުންތަކަށް ވަކި ހަމަޔެއް އެބައޮތްބާވައެވެ؟ އިލެކްޓްރޯނިކް އިންޓްރޫޝަންގެ ވާހަކަ ދެއްކުމަކީ މަސައްކަތް ކުރާ ތަންތަނަށް ލާޒިމްކުރާ ކަމެއްތޯ ސުވާލު އުފެދެއެވެ. އަދި އެންގުމަކާއި ނުލައި ތިމާގެ މަސައްކަތް ކުރާ ޕީސީ ބަލަހައްޓައިގެން އުޅޭކަން އެނގުމުން ދެން ކަންތައްކުރާނީ ކިހިނެއްތޯވެސް ސުވާލު އުފެދޭނެއެވެ.

ޤާނޫނީ މިސްރާބަކުން ބަލާލާއިރު ފާހަގަ ކުރެވެނީ އޮސްޓްރޭލިއާގައި މަސައްކަތުގެ މާހައުލުގެ ޕްރައިވެސީ އާއި ސަވައިލެންސް ކޮންޓްރޯލް ކުރާ ވަރަށް ކޮމްޕްލެކްސް އެރޭ އޮފް ރެގިއުލޭޝަނެއް އެކުލަވާލައިފައިވެއެވެ.

ޕްރައިވެސީ ގާނޫނަށް 1988 ވަނަ އަހަރު ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ސަބަބުން ޕްރައިވެޓް ސެކްޓާގެ މުވައްޒަފުންނަށް ޕްރައިވެސީ ޕްރޮޓެކްޝަން ހަރުދަނާ ކުރުމަށް މި ޤާނޫނުގެ ދަށުން ވަނީ ހަމަޖެހިފަ އެވެ.

ނަމަވެސް މި ޤާނޫނުގައި މަސައްކަތުގެ މާހައުލުގެ ސަވައިލަންސް ވަކި ގޮތަކަށް ހިމަނާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ކޮންމެ ސްޓޭޓަކާއި ސަރަހައްދެއްގެ ޤާނޫނުތަކުގެ ޕެޗްވޯކަކުން މިކަން ރެގިއުލޭޓް ކުރެ އެވެ.

އެހެން ޤަޢުމުތަކުގައި ވަކި އިލެކްޓްރޯނިކް ވޯކްޕްލޭސް ސަވައިލަންސް ޤާނޫނެއް ނެތެވެ. ނަމަވެސް ވަޒީފާގެ ކޮންޓްރެކްޓުގެ ދަށުން އެއްބަސްވުމުގައި މިފަދަ ކަންކަން ހިމެނިފައި ހުރެދާނެއެވެ. ނަމަވެސް ޢަމަލީ ގޮތުން ބަލާއިރު، ގިނަ މުވައްޒަފުންގެ ވަޒީފާގެ ކޮންޓްރެކްޓްގައި އެފަދަ އެއްވެސް ޝަރުތެއް ހިމެނުމަށް މަޝްވަރާކުރުމުގެ ބާރގޭނިންގ ޕަވަރ ގެއްލޭނެއެވެ.

"ނިއު ނޯމަލް" މަސައްކަތުގެ މައިދާނުގައި ކުރިއެރުމަށްޓަކައި، މިހާރު ހުރި ޤާނޫނީ ރައްކާތެރިކަމާއި، އިލެކްޓްރޯނިކް މޮނިޓަރިންގ އާއި ސަރވައިލެންސްގެ ޤާބިލުކަން (އަދި ވެދާނެ ގެއްލުން) ގެ ފަރަގު ނައްތާލަން ޖެހޭނެއެވެ. މިވަގުތަށް އެއީ ޤާނޫނީ ގޮތުންނާއި އަޚްލާޤީ ގޮތުން ވެސް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.