ދުރު އަސްކަރީ ޕޯސްޓްތަކަށް ލޭޒާ ހަކަތައިން ކަރަންޓު ދެނީ

އަޙްމަދު އަޙްސަން 29 އޮކްޓޯބަރު 2023

ވައިގެ ތެރެއިން ހަކަތަ ވަޔަލެސްކޮށް ފޯރުކޮށްދިނުމަކީ ގަރުނެއްހާ ދުވަސް ކުރިން ފެނުނު ހުވަފެނެއް ކަމަށާއި، ޕެންޓަގަން އިން ބޭނުންވަނީ އެކަން ހަގީގަތަކަށް ހަދާ ފުރަތަމަ މުވައްސަސާއަށް ވުމަށެވެ.

އިންޓަނެޓުން ފެށިގެން ކޮވިޑް-19 ވެކްސިންގެ ފަހަތުގައިވާ ސައިންސާ ހަމައަށް މަސައްކަތް ކޮށްފައިވާ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް މަސައްކަތްކުރާ ޑިފެންސް އެޑްވާންސްޑް ރިސާޗް ޕްރޮޖެކްޓްސް އެޖެންސީ (ޑާޕާ) އިން ބޭނުންވަނީ ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެމެރިކާގެ ދުރުގެ އަސްކަރީ މަރުކަޒުތަކަށް ކަރަންޓު ބީމް ކުރުމަށެވެ. މިކަމަކީ އެމެރިކާގެ 9/11 އަށްފަހު ކުރި ހަނގުރާމަތަކުންނާއި، ދުރު ހިސާބުތަކުގައިވާ އޮޕަރޭޓިން ބޭސްތަކަށް މެދުކެނޑުމެއްނެތި ހަކަތަ ބޭނުންވާތީ އުފެދުނު ހިޔާލެކެވެ.

ވަޔަލެސް އެނަރޖީގެ ފެށުން

މަޝްހޫރު އުފެއްދުންތެރިޔާ ނިކޮލާ ޓެސްލާ އަކީ 1890 ގެ އަހަރުތަކުގައި ވަޔަލެސް އެނަރޖީ ޓްރާންސްފާ ކުރުމަށް އެންމެ ފުރަތަމަ ހުށަހެޅުއްވި ފަރާތެވެ. އަދި ޕޮއިންޓް އޭ އިން ޕޮއިންޓް ބީ އަށް ހަކަތަ ފޮނުވުމުގެ މިންގަނޑަކަށް ވެގެންދާނެ ކަމަށް އޭނާ ގަބޫލުކުރެއްވި އެވެ. ސަތޭކަ އަހަރަށްވުރެ ގިނަ ދުވަސް ވީއިރުވެސް އިންސާނިއްޔަތަށް އަދިވެސް އެކަން ހަގީގީ މާނައިގައިބހާސިލްވެފައިނުވެއެވެ.

މިވަގުތު ހަކަތަ ފޮނުވަނީ ކަރަންޓުގެ ސިފައިގައި ވަޔަރު މެދުވެރިކޮށް، ނުވަތަ ޑީސަލް އިން ކަރަންޓް ދޭ ޖަނަރޭޓަރުތަކުން ތެޔޮ ކަރަންޓަށް ބަދަލުކޮށްގެންނެވެ. ގިނަ ފަހަރަށް ދުޝްމަނުންގެ ބާރުތަކުން ސްޓްރެޓެޖިކް ގޮތެއްގައި މިފަދަ ވަޔަރު ނުވަތަ ތެޔޮ ސަޕްލައި ލައިންތައް ކަނޑާލައެވެ. ހަނގުރާމަވެރި ސަރަހައްދުތަކަށް ޑީސަލް ވައިގެ މަގުން ދުރު ބިމަށް ވައްޓާ ނުވަތަ ނުރައްކާތެރި މަގެއް ނަމަ ޓޭންކަރު ތަކުގައި ގެންދެއެވެ.

2014 ގައި ކެލިފޯނިއާގެ ފޯޓް އަރވިންގައި ފިއުލް ޓޭންކަރުތަކުގެ ކޮންވޯއީއެއް ހަނަފަސް ބިމެއް ހުރަސް ކުރަނީ، ފިއުލް ކޮންވޯއީތަކަކީ ދުޝްމަނުންގެ ބާރުތަކުގެ ޕްރައިމް ޓާގެޓްތަކެއް، ހަނގުރާމައިގެ ދުވަސްވަރު މި ޓްރަކްތަކަށް އެސްކޯޓެއް ބޭނުންވެއެވެ.

ކާނަލް ޕޯލް "ޕްރޮމޯ" ކެލްހޫން އަކީ ސްޕެޝަލް އޮޕަރޭޝަންސް ފޯސަސްއަށް ތެލުގެ ބޯލްޑާތައް ވައްޓާލި ޕައިލެޓުންގެ ތެރޭގައި ހިމެނިފައިވާ ޕައިލެޓެކެވެ. މިހާރު ޑާޕާގައި އޭނާ އަކީ ޕްރޮޖެކްޓް ޕަވަރ ("ޕާސިސްޓެންޓް އޮޕްޓިކަލް ވަޔަލެސް އެނާޖީ ރިލޭ") ގެ ޕްރޮގްރާމް މެނޭޖަރެވެ. ކެލްހޫން ޕޮޕިއުލާ މެކޭނިކްސް އަށް ކިޔައިދިން ގޮތުގައި ވައިލެސް އެނާޖީ ޓްރާންސްފާ ކުރުމަށް ރަނގަޅު ވާން ޖެހޭ ސަބަބުތަކެއް އެބަހުރި ކަމަށާއި ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި މި ޓެކްނޮލޮޖީގެ ފުރިހަމަ ޑެމޮންސްޓްރޭޝަން ފެންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. "ފުރަތަމަ ކަމަކަށް ތިމާވެއްޓަށް ބަދަލު އައިސްފައިވާއިރު، އަސްކަރީ އޮޕަރޭޝަންތަކަށް އިތުރު ރެސިލިއަންޓް އެނާޖީ ޓްރާންސްޕޯޓް މެތޯޑްސްގެ ބޭނުންތެރިކަން އޮތީ މުހިންމުވެފައި،" ކެލްހޫން ކިޔައިދިނެވެ. އޭނާ އެމެރިކާގެ ސީ-17 ޓްރާންސްޕޯޓް ޕައިލެޓެއްގެ ގޮތުގައި ޙަރަކާތްތެރިވި އިރު ދުނިޔޭގެ ދުރު މަރުކަޒުތަކަށް، ދެކުނު ޗައިނާ ކަނޑުން ފެށިގެން އިރާގުގެ ހަނަފަސް ބިންތަކަށް ތެޔޮ ސަޕްލައި ކުރަމުން ދިޔައިރު މި ފޯސަސްގެ ތެރެއިން ގިނަ ބާރުތަކުން އަމިއްލައަށް ރާޑަރުތައް ހިންގާ ކަމަށާއި، އެއީ އެންޓި ޑްރޯން މައިކްރޯވޭވް ހަތިޔާރު ނުވަތަ ލޭޒަރ، ނުވަތަ ހަކަތަ ފޯރުކޮށްދޭ އެހެން ސާމާނު، އެއަށް ކަރަންޓް ދިނުމަށް ފަސޭހަ ގޮތެއް ނެތިގެންނެވެ. އަދި އެ މައްސަލަ ކޮންމެ އަހަރަކު ފާއިތުވަމުންދާ ވަރަކަށް ދަނީ އިތުރުވަމުން ކަމަށް ކެލްހޫން ބުނެފައިވެއެވެ.

ޕްރޮޖެކްޓް ޕަވަރ

ޕަވަރގެ ނަމުން ނަން ދެވިފައިވާ ޕްރޮޖެކްޓްގެ މުހިއްމު ޓެކްނޮލޮޖީއަކީ ބާރުގަދަ ލޭޒަރ ބޭނުންކުރުމެވެ. "ޕަވަރ އަކީ އޮޕްޓިކަލް ޕަވަރ ބީމިން ޕްރޮގްރާމެއް،" ކެލްހޫން ބުންޏެވެ. "މައިކްރޯވޭވް ފަދަ އެހެން ޕޮޓެންޝަލް ޕަވަރ ބީމިން މޮޑެލިޓީސްތަކެއް އެބަހުރި، އެކަންކަން ކުރިއަށް އޮތް ޕްރޮގްރާމްތަކުގައި އަޅުގަނޑުމެން ތަހުގީގު ކުރަން ގަސްތުކުރަން. ޕަވަރ އަށް ބަލާއިރު، ޕްރޮޕެގޭޓިން ވޭވް އަކީ އުސް މިންގަނޑުގައި ޓްރާންސްމިޓް ކުރާއިރު ދިގު ރާސްތާގެ ހައި-ތްރޫޕުޓް ކެޕޭސިޓީ ފޯރުކޮށްދޭ ލޭޒާއެކެވެ. މި ރިލޭތަކުން ލޭޒަރ ހަކަތަ ބަދަލު ނުކޮށް ރީޑައިރެކްޓްކޮށް، ދެން އެންޑް ޔޫޒަރ އެ ލޭޒަރ ހަކަތަ އަނބުރާ ކަރަންޓަށް ބަދަލުކުރަނީ ނެރޯ-ބެންޑްގޭޕް ޓިއުންޑް މޮނޮކްރޮމެޓިކް ފޮޓޯވޮލްޓިކްސް ބޭނުންކޮށްގެން."

ޕަވަރގެ އަމާޒަކީ މިހާރު ވަގުތީ ގޮތުން ބަދަލުކުރާ ޑީސީ ހަކަތަ ނައްތާލައި ލޭޒަރ ހަކަތަ ބީމްކުރުމެވެ.

ޕަވަރގެ މުހިންމު އަނެއް ޓެކްނޮލޮޖީއަކީ ރިލޭ ބޭނުން ކުރުމެވެ. "މި ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް ޑާޕާއިން ދެކެނީ ހަރުދަނާ ރިލޭތަކެއް އުފައްދައިގެން ހަކަތަ ޑިސްޓްރިބިއުޓް ކުރުމުގައި އިންގިލާބީ ބަދަލުތަކެއް ގެނައުން. މި ރިލޭތަކުގެ ސަބަބުން މިހާރު ހުރި މި ޓެކްނޮލޮޖީތައް ހަރުދަނާ ގޮތެއްގައި އެއްތަނަކަށް އައިސް ރެޒިލިއަންޓް، އެޑަޕްޓިވް، މަލްޓި ޕާތު ވަޔަލެސް އެނާޖީ ނެޓްވޯކެއް އުފެއްދުމަށް މަގުފަހިވެގެންދާނެ." ކެލްހޫން ބުންޏެވެ.

އޭގެ ތެރެއިން އެއް ރިލޭއަކީ ޑްރޯން އެވެ. ދިގު މުއްދަތަކަށް މެދުކެނޑުމެއްނެތި އުސްމިނުގައި އުޅެމުންދާ ޑްރޯންތަކުން ދުރުމިންތަކުގައި އެކަތި އަނެކެއްޗަށް ލޭޒަރ ހަކަތަ ބީމްކޮށް، އެންމެ ފަހުން އަސްކަރީ މަރުކަޒަށް ތިރިއަށް ލޭޒަރ ފޮނުވާލެވޭނެ އެވެ. ސެޓެލައިޓްތަކަކީ ޖައްވުގައި ވެސް ހަމަ މި މިޝަން އަދާކުރާ އަނެއް ރިލޭއަކަށް ވާނެ އެވެ. “ޕަވަރ އިން ދަނީ ނޯޑްތަކުގެ މެދުގައި ގާތްގަނޑަކަށް 100 ކިލޯމީޓަރުގެ ރޭންޖެއް ހުންނަ ކުދި އެޕަޗާތައް ހުންނަ ސްޓްރެޓޯސްފެރިކް ޕްލެޓްފޯމްތައް ތަރައްގީ ކުރަމުން. ނަތީޖާއަކަށް ވާނީ ގްލޯބަލް ސްކޭލަބަލް އެނާޖީ ޑިސްޓްރިބިއުޝަން ނެޓްވޯކަކަށް ވުމެވެ." ކެލްހޫން އިތުރަށް ބުނެފައިވެއެވެ.

ޑާޕާއިން އުންމީދު ކުރަނީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ޕަވަރ ސިސްޓަމް ތައްޔާރުވުމެވެ. މިހާރުވެސް ޕޮއިންޓް ޓު ޕޮއިންޓް ޕަވަރ ބީމިންގ ގެ ގިނަ ޑެމޮންސްޓްރޭޝަންތަކެއް ދައްކާފައިވާއިރު، ކުރިއަށް އޮތް 20 މަސް ދުވަހުގެ ތެރޭގައި ޕަވަރ އިން އެފެކްޓިވް ރިލޭތައް ދައްކާލާނެ ކަމަށެވެ. އަދި 2025 ގައި އެއާބޯން ލޯ ޕަވަރ ޑެމޯތަކާއި، 2027 ވަނަ އަހަރުގެ ތެރޭގައި ފުލް ސްކޭލް ހައި ޕަވަރ ޑެމޯ ތަކެއް ފެނިގެންދިއު މަކީ ޕެންޓަގަންގެ އުންމީދެކެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.