ގޫގަލް އިން ސްޓެމް ދަރިވަރުންނަށް ހާއްސަ ސާޗް ޓޫލް ތަކެއް

ހުސެއިން އާރިފް 01 ނޮވެމްބަރު 2023

ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން، އަދި މެތަމެޓިކްސް) މާއްދާތައް އުނގެނެމުންދާ ދަރިވަރުންނާއި މި ރޮނގުން ޝައުގުވެރިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ގޫގަލް އިން ސާޗް އެންޑް ލެންސް ޓޫލްސްގެ އާ ފީޗާތައް އާންމުކޮށްފި އެވެ. މި އަދާއިހަމަތަކުގެ އަމާޒަކީ ހިސާބު، ފިޒިކްސް އަދި ޖިއޮމެޓްރީގެ މައްސަލަތައް ހައްލުކުރުމަށް ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދީ، ސްޓެމްއާ ގުޅުންހުރި އުނގެނުމަކީ މިހާރަށްވުރެ ފަސޭހަ އަދި އިންޓިޓިއުޓް އުނގެނުމަކަށް ހެދުމެވެ.

ގޫގަލްގެ ޕްރޮޑަކްޓް ލީޑް، ރޮބް ވޮންގް ބުނި ގޮތުގައި ސާޗް އެންޑް ލެންސްގެ މި އެންހޭންސްމަންޓްތަކަކީ ސްޓެމް ކޮންސެޕްޓްތައް ވިޝުއަލައިޒް ކުރުމުގައި ވަކިވަކި ފަރުދުން ބާރުވެރިކުރުވައި، އެކަށީގެންވާ އިކުއޭޝަންތައް ފަސޭހަކަމާ އެކު ދެނެގަތުމުގެ ގޮތުން ފަރުމާކޮށްފައިވާ އެންހޭންސްމަންޓްތަކެކެވެ. މި ކުރިއެރުންތަކުގެ ސަބަބުން ސްޓެމް ދާއިރާއަށް ޝައުގުވެރިވާ ދަރިވަރުންނާއި ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ޝައުގުވެރިކަމާއި ޢިލްމު ހޯދުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.


ސްޓެޕް ބައި ސްޓެޕް ސޮލިއުޝަންސް ތަކާއިއެކު "މެތު ސޮލްވާ"

ގޫގަލްގެ "މެތު ސޮލްވާ" އަކީ މެތަމެޓިކަލް އަދި ސައިންޓިފިކް މައްސަލަތަކަށް ސްޓެޕް ބައި ސްޓެޕް ސޮލިއުޝަންތައް ފޯރުކޮށްދޭ އެންމެ އާ އުފެއްދުމެވެ. ޓްރައިގޮނޮމެޓްރީ، ކެލްކިއުލަސް، ނުވަތަ އެހެނިހެން ހިސާބު ކޮންސެޕްޓްތަކާ ގުޅުންހުރި އިކުއޭޝަންތައް ސާޗް ބާއަށް އިންޕުޓް ކޮށްލުން ނުވަތަ ގޫގުލް ލެންސް ބޭނުންކޮށްގެން ފޮޓޯއެއް ނެގައިގެން ނަތީޖާ ނެރުމަށް އެހީވެދެއެވެ. އަދި ހަމައެނި ޑެސްކްޓޮޕްތަކުގައި ލިބެން ހުރި މި ފީޗާ ވަރަށް އަވަހަށް މޮބައިލް ޑިވައިސްތަކުން ވެސް ލިބެން ހުންނާނެ އެވެ. މި ފީޗާގައި ގޫގުލްގެ ލެންގުއޭޖް މޮޑެލްތައް ބޭނުންކޮށްގެން ބަހުގެ މައްސަލަތައް ހަރުދަނާގޮތެއްގައި ހައްލުކުރުމަށް އެހީތެރިވެދެއެވެ.


ލެންސްގެ އެހީގައި ޖިއޮމެޓްރީ ފަސޭހަކޮށްލާ

ޖިއޮމެޓްރީގެ މައްސަލަތަކަކީ ގިނަ ފަހަރަށް ހަމައެކަނި ލަފުޒުތަކުން ބަޔާންކުރަން ގޮންޖެހުންބޮޑު މައްސަލަތަކެކެވެ. މިކަމަށް ހައްލެއް ހޯދުމަށް ގޫގުލް ލެންސް އަންނަނީ މަސައްކަތްކުރަމުންނެވެ. މިއީ ޖިއޮމެޓްރީ ޗެލެންޖްތަކަށް ވިޝުއަލް، ސްޓެޕް ބައި ސްޓެޕް ތަފްސީލުތައް ފޯރުކޮށްދީ، ޖިއޮމެޓްރިކް ކޮންސެޕްޓްތައް ދެނެގަތުމަށާއި އޭރިއާތަކާއި އޭންގަލްތަކާއި އެނޫންވެސް ކަންކަމާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކޮށްދޭ އެއްޗެކެވެ.


ފިޒިކްސް ވޯޑް މައްސަލަތަކަށް އޭއައި އިން އެހީއެއް

ގޫގަލްގެ އެޑްވާންސް ލެންގުއޭޖް މޮޑެލްތަކުން ހައި ސްކޫލް ފިޒިކްސް ވޯޑް ގެ މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މި ފީޗާގެ ސަބަބުން ފިޒިކްސް މައްސަލައެއްގެ ތެރޭގައި އެނގޭ އަދި ނޭނގޭ އަދަދުތައް ދެނެގަނެ، ހައްލުތައް ހޯދުމަށް އެކަށީގެންވާ ފޯމިއުލާތައް އިޚްތިޔާރުކުރުމަށް އެހީތެރިވެދެއެވެ. އޭގެ ސަބަބުން ފިޒިކްސްއާ ގުޅުންހުރި ގޮންޖެހުންތައް ހައްލުކުރުމުގެ މަރުހަލާ ފަސޭހަވެގެން ދެއެވެ. ފިޒިކްސް އަދި ޖިއޮމެޓްރީ ސޮލްވާއަށް ގޫގުލް އިން ވަނީ އެ ކުންފުނީގެ މަލްޓިޓާސްކް ޔުނިފައިޑް މޮޑެލް (އެމްޔޫއެމް) ގެ ބޭނުން ހިފައި، ޓެކްސްޓް، ފޮޓޯ އަދި ވީޑިއޯ ފަދަ އެކި ފޯމެޓްތަކުގައި ވަކި ސާޗް ކުއަރީތައް ދެނެގަނެފަ އެވެ.

1000 އަށްވުރެ ގިނަ ސްޓެމް ކޮންސެޕްޓްތަކަށް ވިޝުއަލް ލަރނިންގ

ގޫގުލް އިން ސްޓެމް ލާނިންއަށް ދޭ އެހީތެރިކަން ފުޅާކޮށް، ސާޗް މެދުވެރިކޮށް 1،000 އަށް ވުރެ ގިނަ ސްޓެމް ކޮންސެޕްޓް ވިޝުއަލްކޮށް އެކްސްޕްލޯ ކުރުމުގެ ގާބިލުކަން ކަސްޓަމަރުންނަށް ވަނީ ދީފަ އެވެ. އިންޓަރެކްޓިވް ޑައިގްރާމްތަކާއި ތްރީޑީ މޮޑެލްތަކަކީ ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް، އެސްޓްރޮނޮމީ އަދި އެއާ ގުޅުން ހުރި ގިނަ މައުޟޫއުތަކަށް މިހާރު ވަދެވޭނެ މޮޑެލްތަކެކެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.