ފޯލްޑިން ނުވަތަ ލައްޕާލެވޭ އައިފޯނަކަށްވުރެ ކުރިން ލައްޕާލެވޭ އައިޕެޑެއް އެޕަލް ކުންފުނިން ނެރެފާނެކަމުގެ ވާހަކަ ތަކެއް ފެންމަތިވެއްޖެއެވެ.
ޑިޖިޓައިމްސްގެ މި ރިޕޯޓަކީ ފޯލްޑަބަލް އައިފޯނެއްގެ ކުރިން އެޕަލް އިން ފޯލްޑަބަލް ޓެބްލެޓެއް ތައާރަފުކުރާނެ ކަމަށް މީގެ ކުރިން ދެކެވުނު ވާހަކަތަކަށް ވެސް ތާއީދުކުރާ ރިޕޯޓެކެވެ. އެނަލިސްޓުން ގަބޫލުކުރާ ގޮތުގައި އެޕަލް ކުންފުނީގެ ފޯލްޑިން އައިޕެޑެއް 12.9 އިންޗިއަށް ވުރެ ބޮޑު ޑިސްޕްލޭ އަކާއެކު ވަރަށް އަވަހަށް ފެންނާނެ އެވެ.
އެޕަލް އިން ފޯލްޑިން އައިޕެޑެއް 2024 ވަނަ އަހަރުގެ ކުރީކޮޅު އުފައްދަން ފަށާނެ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ. ނަމަވެސް 2025 ވަނަ އަހަރާ ހަމައަށް މާސް ޕްރޮޑަކްޝަން ނުފެށި، ފޯލްޑިން އައިޕެޑް އެ އަހަރު ތައާރަފްވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އެރިޕޯޓްގައި ބުނެފައިވެއެވެ.
އެޕަލް އިން ސެމްސަންގް އާއި އެލްޖީއާ ގުޅިގެން މި ޑިވައިސްއަށް ބޭނުންވާ ފްލެކްސިބަލް އޯލެޑް ޕެނަލްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ރިޕޯޓްގައި ބުނެ އެވެ. އެކަމަކު ކްރީޒް އާއި ކޮމްޕްލެކްސް ހިންގް ޑިޒައިނާ ގުޅޭ ކަންބޮޑުވުންތަކަކީ އެޕަލް އިން އަދިވެސް މަސައްކަތް ކުރަމުން އަންނަ ހުރަސްތަކެވެ.
ފޯލްޑަބަލް ޓެކްނޮލޮޖީގައި އަދިވެސް ގިނަ މައްސަލަތަކެއް ދިމާވަމުން އަންނައިރު، އެޕަލްގެ އެ އުފެއްދުން 2025 ވަނަ އަހަރު ތައާރަފްކުރަން ރާވައިފައި ވުމުގެ ސަބަބުން އެޕަލްއަށް ފޯމް ފެކްޓަރ ރިފައިންކޮށް ފުރިހަމަ ކުރުމަށް އިތުރު ވަގުތު ލިބިގެންދާނެއެވެ. 2024 ވަނަ އަހަރު ޑެލިވަރީ ކުރަން އަވަސްވެގަތުމަކީ ސެމްސަންގް ފޯލްޑަބަލް ފޯނުތަކުގެ ކުރީކޮޅު ދިމާވި ކޮލިޓީ މައްސަލަތަކުގެ ނުރައްކާ ބޮޑުވެދާނެ ކަމެއް ކަމަށް އެނަލިސްޓުން ދެކެއެވެ.
ޑިޖިޓައިމްސްގެ ރިޕޯޓްގައި ސަޕްލައި ޗެއިންގެ ހަރުދަނާ ވަސީލަތްތަކާއި ހަވާލާދީފައި ހުރިއިރު، އެ ކުންފުނީގެ ލޯންޗް ޓައިމްފްރޭމް އަންދާޒާތަކަކީ ޤަބޫލުކުރަން ފަސޭހަ ވާހަކަތަކެކެވެ. އަދި އެޕަލް އެންމެ ފަހުން ފޯލްޑަބަލް މާކެޓަށް ނުކުންނާނީ އެންމެ ފުރަތަމަ އައިޕެޑަކާ އެކު ކަމުގެ ހެކި ތައް އިތުރުވަމުން ދާތީ އެ ރިޕޯޓުން އިތުރު ހިތްވަރެއް ލިބެއެވެ.
ނަމަވެސް ފޯލްޑިން އައިފޯނެއްގެ ތަޖްރިބާ ކޮށްލަން ޝައުގުވެރިވާ ސަޕޯޓަރުން ދުވަސްކޮޅަކަށް މަޑުކުރަން ޖެހިދާނެ އެވެ. އެޕަލް އިން އަދިވެސް ޕްރޮޓޯޓައިޕް ޑިޒައިންތައް އިވެލުއޭޓް ކުރާއިރު، އެޕަލްއިން އެންމެ އަވަހަށްވެސް އެފަދަ ޕްރޮޑަކްޓެއް މާކެޓަށް ނެރެވޭނީ 2025 ވަނަ އަހަރާ ހަމައިން ކަމަށް ގިނަ އެނަލިސްޓުން ޤަބޫލުކުރެ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.