ވެއާ އޯއެސް ސްމާޓްވޮޗްގެ އޯޕަން ސޯސް އާރްއައިއެސްސީ-ވީ އާކިޓެކްޗާގެ މައްޗަށް ބިނާކޮށް އާ ޗިޕެއް އުފެއްދުމަށް ޓެކް ކުންފުނިތައް ކަމަށްވާ ކުއަލްކޮމް އާއި ގޫގަލް ގުޅިގެން މަސައްކަތް ފަށައިފި އެވެ. މި ކޯލަބްރޭޝަންގެ މަގްސަދަކީ ވެއާބަލް ޑިވައިސް އުފައްދާ ފަރާތްތަކަށް ޓައިމް ޓު މާކެޓް މަދުކޮށް ވެއާ އޯއެސް އަށް އާ ފީޗާތަކެއް ގެނައުމެވެ.
މި ޕާޓްނާޝިޕްގެ ދަށުން ކުއަލްކޮމް އާދަޔާ ހިލާފަށް ބޭނުންކުރާ އޭއާރްއެމް އާކިޓެކްޗާގެ ބަދަލުގައި އާރްއައިއެސްސީ-ވީ އިންސްޓްރަކްޝަން ސެޓްތައް ބޭނުންކޮށްގެން ސްނެޕްޑްރެގަން ވެއާ ސިސްޓަމް އޮން އަ ޗިޕެއް އުފައްދާނެ އެވެ. އާރްއައިއެސްސީ-ވީގެ އޯޕަން ނޭޗާގެ ސަބަބުން ވެއާބަލްސްގައި ކަސްޓަމައިޒްކޮށް އާ ޑިޒައިންތައް އެންމެ ފުރިހަމަ ޕަވާ އެފިޝިއަންސީ އާއި ޕާފޯމަންސް އާއިއެކު އުފެއްދޭނެ އެވެ.
މިއީ އާރްއައިއެސްސީ-ވީ އިކޯސިސްޓަމްގެ ތެރެއަށް ގޫގަލް އިން ކުރިއަށް ގެންދާ މަސައްކަތެކެވެ. އާރްއައިއެސްސީ-ވީ ސަޕޯޓް އެންޑްރޮއިޑަށް އިންޓަގްރޭޓް ކުރުމަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ނަމަވެސް އަދިވެސް އެ މަސައްކަތް ދަނީ ކުރިއަށެވެ.
ޕިކްސެލް ވޮޗް 2 ސެމްސަންގްގެ އެގްޒިނޯސްގެ ސްނެޕްޑްރެގަން ޗިޕަކަށް ބަދަލުވެ، ބެޓެރީ ލައިފް ރަނގަޅުވުމަކީ ކުއަލްކޮމްއާ އެކު ޓީމެއްގެ ގޮތުގައި ގޫގަލް އޮތުން ބިނާވާ ކަމެކެވެ. ނަމަވެސް އާރްއައިއެސްސީ-ވީ ވެއާބަލްސްގައި ބޭނުންކުރުމަކީ އަދިވެސް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.
ގޫގަލްއާއި ކުއަލްކޮމްއިން މިގުޅުނީ އާރްއައިއެސްސީ-ވީގެ މައި ކުންފުނި އޭއާރްއެމް އިން ދާދި ފަހުން އައިޕީއޯ ބާއްވައި ލައިސަންސް ފީ އޯވަހޯލް ކުރަން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. ކުއަލްކޮމް އިން އޭއާރްއެމްގެ އާކިޓެކްޗާއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާއިރު، މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ސެމިކޮންޑަކްޓާ އިންޑަސްޓްރީގެ މާހައުލަށް އަސަރު ކުރާނެ އެވެ.
ވެއާބަލްސް އިނޮވޭޝަނަށް ވައުދުވި ނަމަވެސް، ކުއަލްކޮމް-ގޫގަލް އާރްއައިއެސްސީ-ވީ ޗިޕްގެ ކާމިޔާބީ ކަށަވަރު ނުވަނީ އިންޓަގްރޭޝަނާއި ލައިސަންސިން އަށް އަންނަ ބަދަލުތަކާއި ޓެކްނޮލޮޖީގެ ވާދަވެރި މާހައުލުގައި އުފެދޭ ނުތަނަވަސްކަމަށް ބަލައިގެންނެވެ.
އެކަމަކު މި ޕާޓްނާޝިޕުން އިޝާރާތް ކުރަނީ ނެކްސްޓް ޖެނެރޭޝަން ޑިވައިސްތަކަށް އޯޕަން ސޯސް އާކިޓެކްޗާ އިންޓަގްރޭޓްކުރަން ބޭނުންވާ ކަމެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.