އެއްސަތޭކަ މިލިއަން މީހުން ހަފުތާއަކު ޗެޓްޖީޕީޓީ ބޭނުން ކުރަމުން އަންނަ ކަމަށް އޯޕަންއޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން އެކުންފުނިން ބޭއްވި ފުރަތަމަ ޑިވެލޮޕަރު ކޮންފަރެންސްގައި ވަނީ ވިދާޅުވެފަ އެވެ. މީގެއިތުރުން މިދިޔަ މާޗް މަހު އޭޕީއައި މެދުވެރިކޮށް ޗެޓްޖީޕީޓީ އާއި ވިސްޕާ މޮޑެލްތައް ނެރުމަށް ފަހު، އެ ކުންފުނީގައި މިހާރު ދެ މިލިއަނަށް ވުރެ ގިނަ ޑިވެލޮޕަރުން ތިބި ކަމަށް ހާމަކޮށްފައި ވެސް ވެއެވެ.
އޯޕަންއޭއައި އިން މި އަދަދުތައް އިއުލާނުކުރީ، ވަކި މަސައްކަތްތަކަކަށް އެހީވުމުގެ ގޮތުން ޗެޓްޖީޕީޓީގެ ކަސްޓަމް ވާޝަންތައް ހެދުމުގެ ޕްލެޓްފޯމަކާއި، 2023 ވަނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ދުނިޔޭގެ ހާދިސާތަކުގެ މައުލޫމާތު ލިބިފައިވާ އަދި އެއް ޕްރޮމްޕްޓެއްގައި 300 ސަފުހާއަށް ވުރެ ގިނަ ލިޔުންތަކާ އެއްވަރުގެ ލިޔުމެއް ފެތޭ އާ މޮޑެލްއެއް ކަމަށްވާ ޖީޕީޓީ-4 ޓާބޯ ގެ ތަފްސީލުތައް ހާމަކުރަމުންނެވެ.
އެންމެ ދެމަހެއްހާ ދުވަސްތެރޭގައި މަހަކު 100 މިލިއަން ޔޫސަރސް ލިބުމާއިއެކު ޗެޓްޖީޕީޓީ އަކީ މިހާތަނަށް އެންމެ ހަލުވި ކަމާއި އެކު މިފަދަ މަގްބޫލުކަމެއް ލިބިގެންދިޔަ އެންމެ މަގްބޫލު އެޕް އެވެ. 2004 ވަނަ އަހަރު ފޭސްބުކް ތައާރަފްކުރި ފަހުން 100 މިލިއަނަށް ވުރެ ގިނަ މީހުންގެ ލަނޑުދަންޑި ހާސިލް ކުރުމަށް ގާތްގަނޑަކަށް ހަތަރު އަހަރެއްހާ ދުވަސް ހޭދަވި އިރު، ޓްވިޓާ އަށް ފަސް އަހަރަށް ވުރެ ގިނަ ދުވަސް އަދި އިންސްޓަގްރާމަށް ދެ އަހަރަށް ވުރެ ކުޑަ ވަގުތުކޮޅެއް ނެގި އެވެ.
މައިކްރޮސޮފްޓުން ވެސް ބުނެފައި ވަނީ މި އަހަރުގެ ކުރީކޮޅު އޯޕަންއޭއައިގެ ޖީޕީޓީ-4 އިން ޕަވާޑް ޖެނެރޭޓިވް އޭއައި ފީޗާތައް އިތުރުކުރި އެ ކުންފުނީގެ ބިންގް ސާޗް އިންޖީނު 2009 ވަނަ އަހަރު ތައާރަފްކުރިތާ ދިހަ ވަރަކަށް އަހަރު ފަހުން މާޗް މަހު ދުވާލެއްގެ މައްޗަށް 100 މިލިއަން އެކްޓިވް ޔޫޒަރު މައިލްސްޓޯން ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. ޗެޓްޖީޕީޓީގެ ރެކޯޑް މުގުރާލީ މިދިޔަ ޖުލައި މަހު ތައާރަފްކުރިތާ ހަފުތާއެއް ނުވަނީސް 100 މިލިއަން މީހުން ބޭނުންކުރި މެޓާ ތްރެޑްސް އިން ނެވެ.
ކޮންމެ ގޮތަކަށް ނަމްބަރުތައް އެކުލެވިފައިވީނަމަވެސް، އަދި ފުރަތަމަ އުފަންދުވަސް ފާހަގަ ނުކުރަނީސްވެސް ޗެޓްޖީޕީޓީ އަކީ އެހާމެ މަގުބޫލު ޕަބްލިކް ސާވިސްއެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.
މިއީ އޯޕަންއޭއައިގެ ޗެޓްބޮޓާ ގުޅިފައިވާ ގިނަ ޔޫޒަރ ނަމްބަރުތަކެއް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. ފެބްރުއަރީ މަހު ސިމިލަރވެބް އިން އަންދާޒާކޮށްފައިވާ ގޮތުގައި މި ޓޫލް މިހާރުވެސް ވަނީ އެއް މަހެއްގެ ތެރޭގައި 100 މިލިއަން ޔުނިކް ވިޒިޓާސް އަދި ދުވާލަކު 25 މިލިއަން މީހުން ޒިޔާރަތްކުރާ ހިސާބަށް ގޮސްފައެވެ. ނަމަވެސް މިފަހަރުގެ އިއުލާނަކީ ތިންވަނަ ފަރާތެއްގެ އަންދާޒާއަކަށް ވުރެ ބޮޑަށް އޯޕަންއޭއައިގެ ރަސްމީ ޑޭޓާ ޕޮއިންޓަކަށް ވާކަން ފާހަގަކޮށްލެވެ އެވެ.
މި އަދަދުތައް އާންމުކުރުމަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރި ފަހުން ޗެޓްޖީޕީޓީގެ މަގުބޫލުކަން ދަށަށް ދާން ފަށާފައިވާ ކަމަށް ބުނެ ދާދި ފަހުން މީޑިއާތަކުން ފަތުރަމުންދާ ވާހަކަތައް މަޑު ޖެއްސުމަށް ކުރާ މަސައްކަތެއް ކަމަށް ބެލެވެ އެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.