ހަމުގެ ކެންސަރުން ރައްކާތެރިކުރާ ސައިބޯނި އުފެއްދި 14 އަހަރުގެ ސައެންޓިސްޓް

ހުސެއިން އާރިފް 11 ނޮވެމްބަރު 2023

ހެމަން ބެކެލޭ އަކީ އާދައިގެ ހައި ސްކޫލް ދަރިވަރެއް ނޫނެވެ. ވީޑިއޯ ގޭމް ކުޅުމުގައި ނުވަތަ ފޯނަށް ބަލަހައްޓައިގެން ހުސްވަގުތު ހޭދަކުރުމުގެ ބަދަލުގައި ވާޖިނިއާގެ ފެއާފެކްސްއަށް ނިސްބަތްވާ 14 އަހަރުގެ މި ކުއްޖާ ޕްރޮފެސަރުންނަށް ގުޅައި އެކްސްޕެރިމެންޓްތައް ކުރަމުން ދިޔައީ ދުނިޔެ ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަމަށް އުއްމީދުކުރާ ޕްރޮޑަކްޓެއް އުފެއްދުމަށެވެ.

އޭނާގެ އަމާޒަކީ ހަމުގެ ކެންސަރަށް ފަރުވާ ދެވޭނެ ސައިބޯޏެއް އުފައްދައި، ބޭނުންވާ ކޮންމެ މީހަކަށް ވެސް ހެޔޮ އަގުގައި ލިބޭނެގޮތް ހެދުމެވެ. އޭނާގެ މަސައްކަތުން މިރޮނގުން އޭނާ އަށް ގްރޭންޑް ޕްރައިޒް ލިބުނީ މި އަހަރުގެ ތްރީއެމް ޔަންގް ސައިންޓިސްޓްސް ޗެލެންޖުގައި، ކޮންމެ ދުވަހަކު ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ތަފާތު ގޮތްތަކާ މެދު ވިސްނަން ކުދިންނަށް ހިތްވަރު ދިނުުމުގެ ގިންތިންނެވެ.

ބެކެލޭގެ އެވޯޑް ހާސިލްކުރި ސައިބޯންޏަކީ އުމުރުން ހަތަރު އަހަރުގައި އެމެރިކާއަށް ބަދަލުވުމުގެ ކުރިން އިތިއޯޕިއާގައި އޭނާގެ ކުޑައިރުގެ ދުވަސްވަރުން ހިޔާލްއުފެދިފައިވާ ޕްރޮޑަކްޓްއެކެވެ. މި ސައިބޯންޏަކީ ލިޕިޑް ނެނޯޕާޓިކަލްސް މެދުވެރިކޮށް ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ ބޭސްތައް ފޯރުކޮށްދޭ ސައިބޯންޏެކެވެ. މިއީ ކެންސަރުން ރައްކާތެރިވުމަށް ހަށިގަނޑުގެ ދިފާއީ ސެލްތައް އެކްޓިވޭޓް ކުރުމަށް މަސައްކަތްކުރާ އެއްޗެކެވެ.

ކެންސަރާ ދެކޮޅަށް މަސައްކަތް ކުރާ ސައިބޯނި ފައްކާކުރުމަށް އެހީތެރިވެދިން ތްރީއެމް މެންޓާ ޑެބޯރާ އިޒަބެލް، ބެކެލޭ ސިފަކުރަނީ " އޯގާތެރި، ބުއްދިވެރި، ފޯކަސްޑް، އިންސްޕަޔަރިން އަދި އެނަރޖެޓިކް" ގެ ގޮތުގަ އެވެ. ސައިންސުން ހެޔޮ ބަދަލެއް ގެނެވިދާނެކަން އިހުސާސްކުރުމަށް އެހެން ޒުވާނުންނަށް ހިތްވަރު ދިނުމުގައި އޭނާ ދެމިހުންނާނެ." ކަމަށް އުންމީދުކުރާކަމަށް އިޒަބެލް ބުންޏެވެ.

މި މުބާރާތުން ލިބުނު 25،000 ޑޮލަރު ހޭދަކުރާނީ ސްޓެމް ދާއިރާއިން ދިރާސާކުރުމަށް ކަމަށް ބެކޭލް ބުނެފައި ވެއެވެ. މި ރިސާޗް ފުރިހަމަ ކުރުމަށްވެސް ގިނަ ރިސޯސަސްތައް ބޭނުން ވާކަމަށާއި ބޮޑު ހޭދައެއް ކުރާނީ އެކަމަށް ކަމަށްވިޔަސް ބެކެލް މަތީތައުލީމް ހާސިލް ކުރުމަށްވެސް ކޮންމެވެސްވަރެއް ރައްކާކުރާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.