ތިން އަހަރަށް ފަހު ޕީއެސް5 ސަޕްލައި ޗެއިންގެ މައްސަލަ ހައްލުވެއްޖެ

އިސްމާއިލް އަލީ 11 ނޮވެމްބަރު 2023

ޕްލޭސްޓޭޝަން 5 ލޯންޗްކުރިތާ ތިން އަހަރު ވެފައިވާއިރު، ކޮންސޯލަށް ދިމާވި ސަޕްލައި ޗެއިންގެ މައްސަލަތައް ނިމުމަކަށް އައިސްފައިވާކަން ސޮނީއިން ޔަގީންކަމާ އެކު އިއުލާނުކޮށްފިއެވެ. އެހެންކަމުން މި ޗުއްޓީ މޫސުމަކީ ޕީއެސް5 ވިއްކުމަށް އެންމެ ވަރުގަދަ އެއް ދުވަސްވަރަށް ވާނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.

ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާ އާއި ޗިޕް ލިބުމުގެ ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން 2020 ވަނަ އަހަރުގެ ފަހުކޮޅު އަލަށް ތައާރަފްކުރި ޕީއެސް5 އެއް ލިބެނީ ނަސީބާއި ގިނަ ފައިސާހުރުން ނުވަތަ އެދެކަންތައް އެކުވުމުންނެވެ.

2021 ވަނަ އަހަރު ނިމުމުގެ ކުރިން މިހާލަތު ތަންކޮޅެއް ރަނގަޅުވާން ފެށި ނަމަވެސް، މި މައްސަލަ ދުވަސްގަނޑަކަށް ދެމިއޮތެވެ. 2023 ވަނަ އަހަރުގެ ކުރީކޮޅު ސޮނީން ވަނީ ޕީއެސް5 އެއް ގަތުމަކީ ވަރަށް ފަސޭހަ ކަމަކަށް ވާން ޖެހޭ ކަމަށް ބުނެފަ އެވެ. އެމްއެސްއާރުޕީގެ ދަށުން ބައެއް ސްކޭލްޕަރުންނަށް ކޮންސޯލްތައް ވިއްކުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އޭޕްރިލް މަހުވެސް ރިޕޯޓުކޮށްފައި ވެއެވެ.

ބެރޮންސް ރެސެޓެރާ އަށް ދެއްވި އިންޓަވިއުއެއްގައި އެސްއައިއީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަދި ހެޑް އޮފް ގްލޯބަލް މާކެޓިން އެރިކް ލެމްޕެލް ވިދާޅުވީ މިއީ ޕީއެސް5 ކޮންސޯލްތައް ފުލް ސަޕްލައިގައި ހުންނާނެ ފުރަތަމަ ޗުއްޓީ ސީޒަން ކަމަށާއި ޕްލޭސްޓޭޝަން 5 ބޭނުންވާ ކޮންމެ މީހަކަށް ވެސް އެ ކޮންސޯލް ލިބޭނެ ކަމަށެވެ.

ލެމްޕެލް އިތުރަށް ބުނީ ޕީއެސް5 އެކްސްކްލޫސިވް މާވެލްގެ ސްޕައިޑާމޭން 2 ފަދަ އާ ޓައިޓަލްތައް ތައާރަފްކުރުމުން ސޮނީއިން އުންމީދު ކުރަނީ ކޮންސޯލް ވިއްކުމުގެ ގޮތުން އެ ކުންފުނީގެ ތާރީހުގައި ވެސް އެންމެ ވަރުގަދަ އެއް ސީޒަން ކަމަށެވެ. ސުޕަހީރޯގެ އެންމެ ފަހުގެ ގޭމް ލޯންޗްކުރިތާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 2.5 މިލިއަން ކޮޕީ ވިކިފައިވާއިރު، މިއީ މިހާތަނަށް އެންމެ ބާރަށް ވިއްކި ޕްލޭސްޓޭޝަން ސްޓޫޑިއޯގެ ޓައިޓަލް އެވެ.

ސީއެންބީސީއަށް ވަކިން ދިން އިންޓަވިއުއެއްގައި ލެމްޕެލް ބުނީ 2023 ވަނަ އަހަރުގެ ތެރޭގައި ފޮނުވި 25 މިލިއަން ޕީއެސް5 ޔުނިޓްގެ ސެލްފް-އިމްޕްލައިޑް ޓާގެޓަށް ވާސިލްވުމަށް ސޮނީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއީ ތާރީހުގައި ވެސް ޕްލޭސްޓޭޝަން ކޮންސޯލަކަށް އެންމެ ރަނގަޅު އަހަރަކަށް ވެގެންދާނީ 12 މަސް ދުވަހުގެ ތެރޭގައި 22.6 މިލިއަން ޔުނިޓް ފޮނުވި އޮރިޖިނަލް ޕްލޭސްޓޭޝަންގެ އަތުގައި އޮތް 25 އަހަރުވީ ރެކޯޑް މުގުރާލައިގެންނެވެ.

ސޮނީގެ ޕްލޭސްޓޭޝަން ސޭލްސް އަށް ޗުއްޓީއާ ދިމާކޮށް ކުރިއެރުން ލިބޭ އަނެއް ސަބަބަކީ ޕީއެސް5 ސްލިމް އެވެ. ނޮވެމްބަރު މަހު ލޯންޗްކޮށް، އަސްލާ އަޅާބަލާއިރު ވޮލިއުމް 30 އިންސައްތަ ދަށްކޮށްދޭ އިރު، އޭގެ ގާބިލްކަމާއި އަގު އެއްވަރެއްގައި ބެހެއްޓިފައިހުންނާނެއެވެ. އަދި ޕީއެސް5 ސްލިމްގެ ޑިސްކް ޑްރައިވް އިންސްޓޯލް ކުރަން އިންޓަނެޓް ކަނެކްޝަނެއް ބޭނުންވާނެ ކަން ވެސް މި ހަފުތާގައި ވަނީ ހާމަކޮށްފަ އެވެ. އެހެންނަމަވެސް، މަގްބޫލް ފޮރޮޑަކްޓް އަކަށް ވެދާނެ ކަމަށް އުންމީދު ކުރެވެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.