ގޫގަލް އިން އިންޑިއާގައި ސްމާޓްފޯން އުފައްދަން ފަށާނެ ކަމަށާއި އަންނަ އަހަރު އެ ކުންފުނީގެ ފްލެގްޝިޕް ޕިކްސެލް 8 އިންޑިއާގައި އުފައްދާނެ ކަމަށް އެ ކުންފުނީގެ އެގްޒެކެޓިވް އަކު ބުނެފައިވެއެވެ.
ގޫގަލް ފޯ އިންޑިއާ އިވެންޓެއްގައި ގޫގަލްގެ ޑިވައިސްސް އެންޑް ސާވިސަސްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ރިކް އޮސްޓާލޯހް ވިދާޅުވީ ބައިނަލްއަގްވާމީ އަދި އެތެރޭގެ އުފެއްދުންތައް އުފައްދާ ކުންފުނިތަކާ ގުޅިގެން ގޫގުލް އިން ސްމާޓްފޯންތައް ލޯކަލްކޮށް އުފައްދަން މަސައްކަތް ކުރާނެ ކަމަށެވެ.
ނަމަވެސް އުފައްދާނީ ކިތައް ސްމާޓްފޯނެއް ކަމެއް އަދި ފެކްޓްރީތައް ހުންނާނީ ކޮން ތަނެއްގައި ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
"އިންޑިއާއަކީ ޕިކްސެލް ސްމާޓްފޯނުތަކަށް އިސްކަންދޭ މާކެޓެއް، އަޅުގަނޑުމެންގެ ހާޑްވެއާ އަދި އަންޑަލައިން ގްރައުންޑް ބިލްޓް-އިން ސޮފްޓްވެއާ ގެ ގާބިލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް އެންމެ ފުރިހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުން މިދަނީ،" އޮސްޓާލޯހް ވިދާޅުވި އެވެ.
ގޫގަލް އިން އިންޑިއާގައި ހާޑްވެއަރ އުފެއްދުމުގެ އިތުރުން ފުޅާދާއިރާއެއްގައި މާލީ ނިޒާމުގެ ތެރެއަށްވެސް ދަނީ ވަންނަމުންނެވެ. މިގޮތުން ދުނިޔޭގައި ހިންގާ އެންމެ ބޮޑު އެއް ޕޭމަންޓް އެޕްލިކޭޝަން ގޫގުލް ޕޭ މެދުވެރިކޮށް ވިޔަފާރިވެރިންނަށް 15،000 ރުޕީސް (180 ޑޮލަރު) އިން ފެށިގެން ކުދި ލޯނު ދިނުމަށް އިންޑިއާގެ ނޮން ބޭންކް ލެންޑަރ އެއް ކަމަށްވާ ޑީއެމްއައި ފައިނޭންސްއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. މީގެއިތުރުން ގޫގަލް މެޕްސް އެޕްލިކޭޝަނުން ސީދާ މެޓްރޯ ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ވެސް އެ ކުންފުނިން ވަނީ އިއުލާނުކޮށްފަ އެވެ.
ގޫގަލް ޕޭ އިން މިހާރުވެސް ލޯނު ދޫކުރަނީ ގިނަ އަދަދެއްގެ ލޯނުދޭ ފަރާތްތަކާ އެކު ގުޅިލާމެހިގެން ކަމަށާއި، ބޮޑެތި ބޭންކްތަކާ ގުޅިގެން ދާދި ފަހުން މަރުކަޒީ ބޭންކުން ހުއްދަ ދިން ފެސިލިޓީއެއް ކަމަށްވާ ޔޫޕީއައި މެދުވެރިކޮށް ވެސް ކްރެޑިޓް ތައާރަފް ކުރާނެ ކަމަށެވެ.
ލޯނު ދޫކުރުމަށް ބާރު އަޅާފައި މިވަނީ ކުދި ޕާސަނަލް ލޯނުތަކަށް އޮތް ޑިމާންޑް ބޮޑުވެ، އިންޑިއާގެ މަރުކަޒީ ބޭންކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ގޫގަލް އިން އިންޑިއާ އަކީ ކުރިއެރުމުގެ މުހިންމު މާކެޓެއްގެ ގޮތުގައި ސިފަކުރާއިރު، އެގައުމުގައި ގިނަ ސްމާޓްފޯނުތައް ހިންގަނީ އެންޑްރޮއިޑް އިކޯސިސްޓަމްގަ އެވެ.
އެކަމަކު އެތަނުގައި ވިޔަފާރި އާއި ރެގިއުލޭޓަރީ ގޮންޖެހުންތަކާ ވެސް ކުރިމަތިލާން ޖެހެ އެވެ. ސްޓާޓްއަޕްތަކާއި ޑިޒްނީ ފަދަ ކުންފުނިތަކުން ވަނީ އެ ކުންފުނީގެ ބައެއް އިން-އެޕް ޕޮލިސީތަކަށް ގާނޫނީ ގޮތުން ޗެލެންޖްކޮށްފަ އެވެ. ގޫގުލް އިން ދަނީ އެންޑްރޮއިޑް މާކެޓުގައި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނާ މައްސަލައިގެ އިތުރުން އެންޓިޓްރަސްޓް ގޮންޖެހުންތައްވެސް ކުރިމަތިވަމުންނެވެ.
ގުޖުރާތު އިންޓަނޭޝަނަލް ފައިނޭންސް ޓެކް-ސިޓީ (ގިފްޓް) ގައި ގްލޯބަލް ފިންޓެކް އޮޕަރޭޝަންސް ސެންޓަރެއް ހުޅުވުމަށް ގޫގުލް އިން ނިންމި ނިންމުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަލްފަބެޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުންދަރު ޕިޗާއީއާ އެކު ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމުގަ މަރުހަބާ ދަންނަވާފައި ވެއެވެ.
އެޕަލް ހިމެނޭ ގޮތަށް ދުނިޔޭގެ ކުންފުނިތަކުން އަންނަނީ އެ މީހުންގެ ކުރިއެރުމުގެ ޑްރައިވަރެއްގެ ގޮތުގައި އިންޑިއާ އަށް ބަލަމުންނެވެ. މާކެޓް ރިސާޗަރ ކައުންޓަރޕޮއިންޓްގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ޖުލައި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ސްމާޓްފޯން ވިއްކުމުގެ 7 އިންސައްތަ ހިއްސާކުރަނީ އެކުންފުނިންނެވެ.
އެމެރިކާގެ މެމޯރީ ޗިޕް ކުންފުނި މައިކްރޯން ޓެކްނޮލޮޖީ އިންވެސް ދާދި ފަހުން ވަނީ އެ ކުންފުނީގެ ފުރަތަމަ ސެމިކޮންޑަކްޓާ ޕްލާންޓް އިންޑިއާގައި ގާއިމުކުރަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.