ވީނަސްގެ ޖައްވުގެ ހުރިހާ ހިސާބެއްގައި އޮކްސިޖަން އެބަހުރި

ހުސެއިން އާރިފް 13 ނޮވެމްބަރު 2023

ވީނަސްގެ ޖައްވު ގާތްގަނޑަކަށް މުޅިން ވެސް އެކުލެވިގެންވަނީ ކާބަން ޑައިއޮކްސައިޑު ކަމަށް މިހާތަނަށް އިނގިފައިވީ ނަމަވެސް ޖަރުމަނުވިލާތުގެ ފަލަކީއިލްމުވެރިން ވަނީ އެ ޕްލެނެޓްގެ ޖައްވުގައި ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް އޮކްސިޖަން ހުންނަކަމަށް ދެނެގަނެފައެވެ.

މި ހޯދުމުގެ ސަބަބުން ވީނަސްގެ އެޓްމޮސްފިއާ މިދުނިޔޭގެ ޖައްވާ މިހާ ތަފާތުވަނީ ކީއްވެކަން ދެނެގަތުމަށާއި ވީނަސްއަށް މުސްތަގުބަލުގައި ކުރާ ޖައްވީ މިޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެހީތެރިވެދޭނެ އެވެ.

ސޯލާސިސްޓަމްގައި މި ދުނިޔޭގެ އެންމެ ގާތް އަވަށްޓެރި، ވީނަސް އަކީ ވެސް ދުނިޔެއާ ގާތްގަނޑަކަށް އެއްވަރުގެ ޕްލްނެޓްއެކެވެ. (އަހަރެމެންގެ ޕްލެނެޓްގެ ރޭޑިއަސް އަކީ 6،371 ކިލޯމީޓަރު، ވީނަސް ގެ ރޭޑިއަސް އަކީ 6،052 ކިލޯމީޓަރު). މި ދުނެޔެއާއި ވީނަސް އަކީ އިރުގެ ނިޒާމުގައި ވާ ޓްވިންސް ފަދަ އެއްޗެކެވެ. ނަމަވެސް ވީނަސް އަކީ "އީވިލް ޓްވިން" އެއް ކަމަށް ބެލެވިދާނެ އެވެ.

މީހުންދިރިއުޅުމަށް އެންމެ ކަމުދާ ހާލަތްތައް ލިބިފައިވާ، އަހަރަމެންގެ ދުނިޔެ އަކީ ތާޒާ، އޮކްސިޖަން އެކުލެވޭ ޖައްވެއް ހިމެނިފައިވާ ޕްލެނެޓެކެވެ. ވީނަސްގެ ޖައްވުގައި ގާތްގަނޑަކަށް 96 ޕަސެންޓް ކާބަން ޑައިއޮކްސައިޑް (ސީއޯ2)، 3.5 ޕަސެންޓް މޮލިކިއުލާ ނައިޓްރޯޖަން އަދި ކާބަން މޮނޮކްސައިޑް، ސަލްފަރ ޑައިއޮކްސައިޑް، ވޯޓާ ވެޕަރ، އާގަން އަދި ހީލިއަމް ފަދަ އެހެނިހެން ގޭސްތަކުގެ ޓްރޭސް މިންވަރު ހިމެނެއެވެ.

ވީނަސްއަކީ އިރުގެ ނިޒާމުގައި ވާ ހިލައިގެ ޕްލެނެޓްތަކުގެތެރެއިންވާ އެންމެ ބަރު ޖައްވު ހިމެނޭ ޕްލެނެޓެވެ. އެ ޖައްވުގެ ސަރަޙައްދުގައި 93 ބާގެ ޕްރެޝަރެއް އުފެދޭ ކަމަށް ވެއެވެ. އެއީ ބިމުގައި ގާތްގަނޑަކަށް 900 މީޓަރު އަޑީގައި ހުންނަ ޕްރެޝަރާ އެއްވަރުގެ ޕްރެޝަރެވެ. ވީނަސްގެ ހާލަތު ގޯސްވެފައި ވަނީ "ރަންއަވޭ ގްރީންހައުސް އިފެކްޓެއް" ގެ ސަބަބުން ކަމަށް ބެލެވެ އެވެ.

ވީނަސްއަކީ ކުރިން ދުނިޔެއާ އެއްފަދަ އެއްޗެއް ކަމަށް ސައިންސްވެރިން ޒަމާނުއްސުރެ އެކި ތިއަރީތައް އެކުލަވާލާފައިވާއިރު، ކުރިން އެ ބިމުގައި ކަނޑުތައް ހުރި ކަމަށް ވެސް ސައިންސްވެރިން އަންނަނީ ބުނަމުންނެވެ. ނަމަވެސް އިރާއި ގާތްވުމުގެ މާނައަކީ ވީނަސްގައިވާ ކަނޑުތައް ފުނޑުފުނޑުވެ، ޖައްވަށް ފެން ވޭޕަރައިޒް ވެފައިވެއެވެ. އެއަށްފަހު ޔޫވީ ރޭޑިއޭޝަންގެ ސަބަބުން މި މޮލިކިއުލްތައް ފަޅައިގެން ގޮސް، ހައިޑްރޯޖަން ޖައްވަށް ނެތި ގޮސް ޖައްވުގައި ސީއޯ2 އުފެދި، ވީނަސްގެ މިހާރުގެ ހާލަތަށް މަގުފަހިވިއެވެ.

ވީނަސްގެ ޖައްވުގައި އޮކްސިޖަން އުފެދެނީ ދުވާލުގެ ފަޅީގައި ސީއޯ2 އާއި ކާބަން މޮނޮކްސައިޑް (ސީއޯ) ރޫޅިގެން ކަމަށް ދިރާސާގެ ލިޔުންތެރިން ލަފާކުރެއެވެ. އެއަށްފަހު އެޓްމޮސްފިރިކް ސަރކިއުލޭޝަންގެ ޒަރިއްޔާއިން ނައިޓްސައިޑަށް ގެންދެއެވެ.

އިރުވަށައިގެން ވީނަސް ދައުރުކުރަނީ ވަރަށް މަޑުމަޑުންނެވެ. ވީނަސްގައި އެއް ދުވަސް 243 ދުވަހަށް ދެމިގެންދާއިރު، ކޮންމެ 225 ދުވަހަކުން އެއް ފަހަރު އިރުގެ ވަށައިގެން ޕްލެނެޓް ވަށައިގެން ދައުރުކުރާއިރު، އޭގެ މާނައަކީ ޕްލެނެޓްގެ ދުވަހަކީ އަހަރަކަށްވުރެ ދިގު ދުވަހެކެވެ.

ވީނަސްގެ ނައިޓް އެއާގްލޯގައި އެޓޮމިކް އޮކްސިޖަން (މޮލިކިއުލާ އޮކްސިޖަން ނޫން، އޯ2) ހުރިކަން ކުރީގެ އޮބްޒަވޭޝަންތަކުން ވަނީ ހާމަވެފަ އެވެ. އާ ދިރާސާގައި ދުނިޔޭގެ ރެއާއި ދުވާލުގެ ދެ ފަރާތުގައި 17 ޕޮއިންޓް އެނަލައިޒްކޮށް ހުރިހާ ތަނަކުން އޮކްސިޖަން ފެނިފައިވެ އެވެ. މި މިންތައް ނަގާފައި ވަނީ ނާސާގެ ސްޓްރަޓޮސްފެރިކް އޮބްޒަވޭޓަރީ ފޯ އިންފްރާރެޑް އެސްޓްރޮނޮމީ ޖައްވީއުޅަނދުގައި ހުރި އެރޭ ސްޕެކްޓްރޯމީޓަރު ބޭނުންކޮށްގެނެވެ. މިގޮތުން އޮކްސިޖަން އެންމެ ގިނައިން ފެނިފައިވަނީ ވީނަސްގެ ސަރަޙައްދުން 100 ކިލޯމީޓަރު މަތީގައެވެ.

މި ހޯދުންތައް ނެޗާ ކޮމިއުނިކޭޝަންސްގައި ޝާއިއުކޮށްފައި ވެ އެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.