ފަލަސްތީނަށް ތާއީދު ހޯދުމުގައި ޓިކްޓޮކުގެ ދައުރެއް ނެތް

އަޙްމަދު ދާއޫދު 16 ނޮވެމްބަރު 2023

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގެ އަލްގޮރިދަމުން ފަލަސްތީނަށް ތާއީދުކުރާ ކޮންޓެންޓް ތައް ޕްރޮމޯޓް ކުރަނީ ގަސްދުގައި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، އެފަދަ ތަކެތި ފެތުރުމަކީ ޒުވާން ބޭނުންކުރާ މީހުންގެ މެދުގައި ހަގީގީ ވިސްނުން ދައްކުވައިދޭ ކަމެއް ކަމަށް ބުނެ އެ ކުންފުނިން ރައްދުދީފި އެވެ.

ޓިކްޓޮކުން މިހެން ބުނެފައި މިވަނީ ފަލަސްތީނަށް ތާއީދުކުރާ ވީޑިއޯތައް އެޕްލެޓްފޯމުގައި ފަތުރައި، ހަމާސް އަށް ތާއީދުކުރުމަށް ޓިކްޓޮކް އިން އެމެރިކާގެ ޒުވާނުން "ބްރޭންވޮޝް" ކުރަމުން އަންނަ ކަމަށް އެމެރިކާގެ ބައެއް ސިޔާސީ ފަރާތްތަކުން ތުހުމަތު ކޮށްފައި ވަނިކޮށް އެ ކުންފުނިން ނެރުނު ބަޔާނެއްގައެވެ.

ޓިކްޓޮކުން ރައްދު ދިން ގޮތުގައި ފަލަސްތީނަށް ތާއީދުކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވާހަކަތައް ދައްކަމުންދާ ޒުވާން ޖީލުތަކަކީ ޓިކްޓޮކް އުފެދުމުގެ ކުރިން ވެސް ފަލަސްތީނުގެ ހައްގުގައި ހަމްދަރުދީވާ ބައެކެވެ.

ޓިކްޓޮކް އިން ބުނި ގޮތުގައި އެ ކުންފުނީގެ އެލްގޯރިދަމުން ރިކޮމެންޑް ކުރަނީ މިހާރުވެސް ބޭނުންކުރާ މީހުން ބައިވެރިވާ ފަދަ ކޮންޓެންޓެކެވެ. އިޒްރޭލާއި ފަލަސްތީނުގެ ހަމަނުޖެހުންތަކުގައި އެއްފަރާތުގެ މައްޗަށް އަނެއް ފަރާތަށް "ޕްރޮމޯޝަނެއް" ނޯންނާނެ ކަމަށް އެ ބަޔާނުގައި ވެ އެވެ.

ފަލަސްތީނަށް ތާއީދުކުރާ ހޭޝްޓެގްތައް އިތުރުކުރި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށް އެ ކުންފުނިން ބުނީ ބްލަންޓް ހޭޝްޓެގް ކޮމްޕެރިޒޭޝަންއަކީ ފުށުއަރާ ކަމެއް ކަމަށެވެ.

ޓިކްޓޮކުން ބުނި ގޮތުގައި ފަލަސްތީނަށް ތާއީދުކުރާ ޓެގްތަކަކީ މާ ކުރިއްސުރެވެސް ބޭނުން ކުރަމުން އަންނަ ޓެގްތަކެއް ކަމަށާއި އެކަމަކު އިސްރާއީލަށް ތާއީދުކުރާ ޓެގްތައް އުފެދުނީ ދާދި ފަހުން ހިނގި ހަމަނުޖެހުންތައް ފެށުނު ފަހުން ކަމަށެވެ.

ޒުވާނުން ގިނައިން އުޅޭ ޕްލެޓްފޯމެއް ކަމުގައވާ ޓިކްޓޮކުން ދައްކުވައިދެނީ ޒުވާން ޑިމޮގްރަފިކްސްގެ މެދުގައި ފަލަސްތީނަށް ތާއީދުކުރާ ވަރުގަދަ އިހުސާސްތަކެވެ. ނަމަވެސް އެ ކުންފުނިން ދެކޭ ގޮތުގައި އެ ކުންފުނީގެ ޓެކްނޮލޮޖީ އަކީ ނިއުޓްރަލް ޓެކްނޮލޮޖީއެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.