މާސް އާދެމެދަށް އިރު ވަނުމުން ނަސާ އިން ރޮބޮޓްތަކާ ވާހަކަ ނުދެއްކިފައި

ހުސެއިން އާރިފް 18 ނޮވެމްބަރު 2023

ގުދުރަތީ ހާލަތެއް ކުރިމަތިވުމުން ނާސާގެ މާސް އެކްސްޕްލޮރޭޝަން ރޮބޮޓްތަކާ ކުރިއަށް އޮތް ދެ ހަފުތާއަށް މުއާމަލާތު ނުކުރެވޭނެކަމަށް ޖައްވީ އިދާރާއިން ބުނެފިއެވެ. މާސް އާއި ދުނިޔެ ވަނީ އެ ދެ ޕްލެނެޓްގެ އޯބިޓްގައި އިރުގެ ދެފަރާތަށް ގޮސްފައެވެ. މިއީ ސޯލާ ކޮންޖެކްޝަން ގެ ނަމުން ނަންދީފައިވާ އެލައިންމަންޓެކެވެ. ނާސާއިން ބުނެފައިވަނީ މި ދަނޑިވަޅުގައި މާސްގައިވާ އެ ކުންފުނީގެ އިންސްޓްރޫމެންޓްތަކަށް ކޮމާންޑް ފޮނުވަން މަސައްކަތް ކުރުމަކީ ނުރައްކާ ބޮޑު ކަމެއް ކަމަށާއި ސަބަބަކީ އިރުގެ ނުފޫޒުން އޭގެ ނޭދެވޭ އަސަރު ކޮށްފާނެތީ ކަމަށެވެ.

އެއްވެސް މައްސަލައެއް ދިމާވިޔަ ނުދިނުމަށްޓަކައި ނާސާއިން ދަނީ ޕްލެނެޓްތައް މިހާރަށްވުރެ އެކަށީގެންވާ ތަންތަނަށް ދާންދެން އޯޑަރުތައް ފޮނުވުން މެދުކަނޑާލާފައެވެ. ހޮނިހިރު ދުވަހު ފެށި މި މަޑުޖެހުން ކުރިއަށްދާނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޮންމެ ދެ އަހަރަކުން މާސް ސޯލާ ކޮންޖެކްޝަނެއް އުފެދޭއިރު، އެ ރޯވަރތަކުން އޭގެ އަސާސީ އަޕްޑޭޓްތައް ގިނަ ދުވަސްތަކުގައި ދުނިޔެއަށް ފޮނުވުނު ނަމަވެސއ، އިރުގެ ސަބަބުން މާސް މުޅިން ބްލޮކްވާ ދެ ދުވަހަށް މުޅިން ހިމޭނުން ތިބޭނެ އެވެ.

އޭގެ މާނައަކީ ޕާސިވިއަރެންސް އަދި ކިއުރިއޮސިޓީ ރޯވާސް، އިންޖެނުއިޓީ ހެލިކޮޕްޓަރު، މާސް ރިކޮނިސެންސް އޯބިޓާ އޮޑިސީ އަދި މެވެން އޯބިޓާސް ކުޑަ ވަގުތުކޮޅަކަށް ބިމުން އެއްވެސް އިރުަޝާދެއް ނުދީ އަމިއްލައަށް އޮޕަރޭޓް ކުރުމަށް ދޫކޮށްލާނެ އެވެ. އެ ޑިވައިސް ތަކުގެ އޮންބޯޑް އިންސްޓްރޫމެންޓްތަކުން މިޝަންތަކަށް ބޭނުންވާ ޑޭޓާ އެއްކުރަމުން ގެންދާނެ ކަމަށާއި ނަމަވެސް ބްލެކްއައުޓް ނިމެންދެން އެ މައުލޫމާތު އަނބުރާ ދުނިޔެއަށް ނުފޮނުވާނެ ކަމަށް ނާސާއިން މައުލޫމާތު ދީފައި ވެއެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.