މި ނޮވެމްބަރު މަހު ފުރަތަމަ ޓެސްލާ ސައިބާޓްރަކްސް ލިބޭ ކަސްޓަމަރުންނަށް ފުރަތަމަ އަހަރުގެ ތެރޭގައި ވެހިކަލް ތައް ރީސެލް ނުކުރެވޭނެ ކަމަށް ޓެސްލާގެ ޝަރުތު ތަކުގައި ބަޔާން ކޮށްފައިވެއެވެ.
ޓެސްލާގެ މޮޓޯ ވެހިކަލް އޯޑަރު އެގްރީމެންޓަށް "ފޯ ސައިބާޓްރަކް އޮންލީ" ގެ ނަމުގައި ސެކްޝަނެއް އިތުރުކޮށް، އާ އުސޫލެއް ކަނޑައަޅާފައިވެ އެވެ.
"ވެހިކަލް ޑެލިވަރީ ކުރާ ތާރީހަށް ފަހު ފުރަތަމަ އަހަރުގެ ތެރޭގައި ވެހިކަލް ނުވިއްކާނެ ކަމަށް ނުވަތަ އެހެން ގޮތަކަށް ވިއްކަން މަސައްކަތް ނުކުރާނެ ކަމަށް އެއްބަސްވޭ،" އެ ބަޔާނުގައިވެ އެވެ.
"ޓެސްލާއިން ވެހިކަލްގެ ޓައިޓަލް ޓްރާންސްފާ ކުރުން ހުއްޓުވުމަށް 50،000 ޑޮލަރުގެ އަދަދަށް ނުވަތަ ވިއްކުމަށް ނުވަތަ ޓްރާންސްފާ ކުރުމަށް އެއްބަސްވި އަގަށް ލިކުއިޑޭޓެޑް ގެއްލުމުގެ ބަދަލު ހޯދުމަށް އިންޖަންކްޓިވް ރިލީފް ހޯދޭނެ އެވެ. އަދި ޓެސްލާ އިން މުސްތަގުބަލުގައި އެއްވެސް އުޅަނދެއް ވިއްކުމަށް ދެކޮޅު ހެދިދާނެ،" އެ ބަޔާނުގައި ވެ އެވެ.
އެކަމަކު ކަސްޓަމަރަކަށް ސައިބާޓްރަކް ވިއްކާލަން ރަނގަޅު ސަބަބެއް އޮތް ނަމަ ޓެސްލާ އިން އަސްލު އަގަށް އަލުން ގަންނަން އެއްބަސްވެދާނެ ކަމަށް ވެއެވެ. "ރިޒަނަބަލް ވެއާ އެންޑް ޓިއާ، އަދި ޓެސްލާގެ ޔޫސްޑް ވެހިކަލް ކޮސްމެޓިކް އެންޑް މެކޭނިކަލް ސްޓޭންޑާޑްސް އަށް ވެހިކަލް މަރާމާތު ކުރުމަށް ކުރާ ހަރަދު އަދި އަސްލު އަގުން ދުއްވި ކޮންމެ މައިލަކަށް 0.25 ޑޮލަރު އުނިކޮށްފަ" އެވެ.
ޓެސްލާއިން ވެހިކަލް ގަންނަން ބޭނުން ނުވާނަމަ ކަސްޓަމަރަށް އެހެން މީހަކަށް ވިއްކުމުގެ ފުރުސަތު ދިނުމަށް އެ ކުންފުނިން އެއްބަސްވެދާނެ އެވެ.
ޓެސްލާ އީވީ ބޭނުންކުރާ ގިނަ ސޮފްޓްވެއާތަކުގެ ސަބްސްކްރިޕްޝަން މޮޑެލް އަށް ބަލާއިރު، ރީސޭލް ކޮމްޕްލިކޭޓް ވެދާނެ އެވެ. މަހަކު 199 ޑޮލަރާ ހަމައަށް އަގު ބޮޑު ފުލް ސެލްފް ޑްރައިވިން ފީޗާ އަކީ އާ ވެރިޔަކަށް ޓްރާންސްފާ ކުރެވޭނެ ފީޗާއެއް ނޫން ކަމަށް ފާސްޓް ކުންފުނިން ރިޕޯޓްކޮށްފައިވެއެވެ.
2019 ވަނަ އަހަރު އެންމެ ފުރަތަމަ އިއުލާނުކުރި ސައިބާޓްރަކަކީ ޓެސްލާއިން ފާއިތުވި އަހަރުތަކުގައި އުފެއްދި ފުރަތަމަ އާ އުފެއްދުމަކަށް ވާއިރު، މިއީ އިލެކްޓްރިކް ޕިކަޕް-ޓްރަކް މާކެޓު ހަލަބޮލިކޮށްލާނެ އުފެއްދުމެކެވެ. ޓެސްލާ އިން އެންމެ ފުރަތަމަ ބުނި ގޮތުގައި ޓްރަކްގެ އަގަކީ 39،900 ޑޮލަރަށް ކަމަށާއި ނަމަވެސް އަގުބޮޑު ބިލްޑިން މެޓީރިއަލްތަކުގެ ސަބަބުން މި ޓްރަކްގެ އަގު މާ ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އީލޮން މަސްކް މި އަހަރުގެ ކުރީކޮޅު ބޭއްވި އާނިންސް ކޯލެއްގައި ވިދާޅުވީ އީވީ ޓްރަކަކީ ކޭޝް ފްލޯ ކޮންޓްރިބިއުޓަރަކަށް ވުމަށް އެއް އަހަރާއި 18 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށާއި 2025 ވަނަ އަހަރުގެ ނިޔަލަށް ސައިބާޓްރަކްގެ އުފެއްދުންތައް އަހަރަކު މިލިއަނެއްގެ ހަތަރު ބައިކުޅަ އެއްބަޔަށް އަރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް