މުސްތަޤުބަލުގައި ދުނިޔެއަށް ކުރިމަތިވެދާނެ ސޯލާ ތޫފާނެއް ނުވަތަ އިރުން އުފައްދާ ގަދަ ހޫނެއްގެ ސަބަބުން މުޅި ދުނިޔެއިން ދާއިމީ ގޮތެއްގައި އިންޓަނެޓް ކެނޑިދާނެކަމުގެ އިންޒާރު ސައިންސް ވެރިޔަކު ދީފިއެވެ. ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ތެރޭގައި މި ބިރުވެރިކަން ކުރިމަތި ވެދާނެކަމުގެ ހެކިތައް އޭނާގެ ދިރާސާތަކުން ދައްކައެވެ.
ޖޯޖް މޭސަން ޔުނިވާސިޓީގެ ޕްރޮފެސަރު ޕީޓާ ބެކަރ ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އިރުން ބާރުގަދަ ކޮރޯނަލް މާސް އިޖެކްޝަނަކުން ސޯލާ ސުޕަސްޓޯމް އުފެދުމުގެ ފުރުސަތު 10 ޕަސެންޓް އެބައޮތެވެ. އޭނާ ވިދާޅުވީ މިއީ 1859 ވަނަ އަހަރުގެ ކެރިންޓަން އިވެންޓް ފަދަ ހާދިސާއަކަށް ވެދާނެކަމަށެވެ.
ބެކަރ ހާމަކުރައްވާ ގޮތުގައި މިފަދަ ވަރު ގަދަ އިރުގެ ތޫފާނަކުން ސެޓެލައިޓްތަކާއި ޕަވަރ ގްރިޑްތަކާއި އެހެނިހެން ސިސްޓަމްތަކަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ހަފުތާތަކެއް ނުވަތަ މަސްތަކެއް ވަންދެން އިންޓަނެޓްގެ އަޑީގައިވާ ނާޒުކު އިލެކްޓްރޯނިކްސް ވިރިގެން ހިނގައިދާނެއެވެ. އޭނާ ލަފާކުރައްވާ ގޮތުގައި މިފަދަ ހާދިސާއެއް ކުރިމަތި ވެއްޖެނަމަ އެމެރިކާއަށް އެކަނި ވެސް އިގްތިސާދީ ގޮތުން ކުރާ އަސަރު ދުވާލަކު 10-20 ބިލިއަން ޑޮލަރަށް އަރާނެ އެވެ.
މި ނުރައްކާ ބޮޑުވަނީ 2024-2025 ވަނަ އަހަރާ އަޅާބަލާއިރު އިރުގެ އެންމެ ހަރަކާތްތެރި މަރުހަލާއާ ގާތްވުމުންނެވެ. ބެކަރގެ އަމާޒަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މުހިންމު ވަގުތު ލިބޭނެ އަވަސް އިންޒާރުގެ ނިޒާމެއް ޤާއިމުކުރުމެވެ. އޭގެ ތެރޭގައި ކީ ސެޓެލައިޓްތައް ސޭފް މޯޑުގައި ބެހެއްޓުމާއި ވަލްނަރަބަލް ޓްރާންސްފޯމަރުތައް އެކަހެރިކުރުން ހިމެނެ އެވެ.
ނޭވަލް ރިސާޗް ލެބޯޓްރީއާ ގުޅިގެން ބެކަރ މި ދިރާސާތައް ހައްދަވާއިރު، އޭނާ ވިދާޅުވީ ސޯލާ ސްޓޯމްގެ އަސަރުތަކުން އަރައިގަތުމަށް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އެހާ ހިސާބަށް ދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަނެކްޓިވިޓީ އަށް ބުރޫ އަރައި ، "އިންޓަނެޓް އެޕޮކަލިޕްސް" އެއް އުފައްދައި، ޖައްވީ މޫސުމުގެ ހައި އިންޓެންސިޓީ އިވެންޓެއް އުފެދުމުގެ ފުރުސަތު އެބައޮތެވެ.
ބެކަރ ވަނީ އިރުގެ މި ނުރައްކާތެރި ތޫފާނުގެ ސަބަބުން ދިގު މުއްދަތަކަށް އިންޓަނެޓްގެ ޚިދުމަތުން މުޅި ދުނިޔެ މަހުރޫމު ވެދާނެކަމަށް ތައްޔާރުވުމަށް އިލްތިމާސްކުރައްވާފައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.