ސޯޝަލް މީޑިއާ ތަކަށް އިންޑިއާއިން ފިޔަވަޅު އަޅަނީ

އަޙްމަދު ދާއޫދު 26 ނޮވެމްބަރު 2023

ހެދިފައިވާ ރެގިއުލޭޓަރީ ޤަވާއިދު ތަކަށް ބޯނުލަނބާ ނަމަ ސޯޝަލް މީޑިއާގެ ބޮޑެތި ކުންފުނިތަކަށް އިންޑިއާއިން ފިޔަވަޅު އަޅާނެކަމަށް ބުނެފިއެވެ.

ފޭސްބުކް އަދި ޔޫޓިއުބް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ޑީޕްފޭކް އަދި ދޮގު މައުލޫމާތު ފެތުރުން ފަދަ މައްސަލަތައް ކުރިމަތިވާ ކޮންޓެންޓްތައް ހުއްޓުވުމަށް އިންޑިއާގެ ސަރުކާރުން ކުރާ މަސައްކަތެއްގެ ގޮތުން ބުނެފައިވަނީ އެފަދަ ކުންފުނިތަކުން އެގޮތަށް އަމަލު ނުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ހުކުރު ދުވަހު ބައެއް ކުންފުނިތަކާއެކު ބޭއްވި ބައްދަލުވުމެއްގައި އިންޑިއާ ސަރުކާރުގެ އައިޓީ މިނިސްޓަރުގެ ނައިބު ރަޖީވް ޗަންދްރަޝޭކަރު ކުންފުނިތަކަށް ވިދާޅުވީ ލޮގިންވާ ކޮންމެ ފަހަރަކު ނުރައްކާތެރި ކޮންޓެންޓް ޕޯސްޓް ކުރުމާ ދެކޮޅަށް އަމަލުކުރާ އުސޫލްތައް ހަނދާން ކޮށްދޭން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ޕޮޕްއަޕް މެސެޖްތައް ދެއްކުން ނުވަތަ ގަވާއިދުން އީމެއިލް އިންޒާރު ދިނުން އޮޕްޝަނެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

ޗަންދްރަޝޭކަރު ސިފަކުރެއްވި ގޮތުގައި މި ފިޔަވަޅަކީ ސިޔާސަތުތަކާއި ލޯކަލް ގާނޫނުތަކާ ހިލާފަށް އޮންލައިން ޕްލެޓްފޯމް ތަކުގައި ދައުރުކުރާ ޕޯސްޓްތަކަށް އާންމުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި އެޅި "ނޮން ނެގޯޝިއަބަލް" އެންގުމެކެވެ.

އޮފިޝަލް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި އެލާޓްތައް ތަންފީޒު ނުކުރެވޭނަމަ ކުންފުނިތަކަށް ފިޔަވަޅު އަޅަން މަޖުބޫރުވެދާނެ ކަމަށެވެ. މި އިންޒާރުތައް އައިސްފައި މިވަނީ، އޮޅުވާލައިގެން ދޮގު މައުލޫމާތު ފެތުރުމަށް ބޭނުންކުރާ ޑީޕްފޭކް ވީޑިއޯ އާއި އޯޑިއޯ ފައިލްތަކާ ގުޅޭގޮތުން ވަކި ގަވާއިދުތަކެއް ހެދުމަށް އިންޑިއާއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ސޯޝަލް ޕްލެޓްފޯމްތަކުގައި ޑީޕްފޭކްތަކާއި އެހެނިހެން ނުރައްކާތެރި ކޮންޓެންޓްތައް ފެތުރެމުންދާތީ އިންޑިއާ ނޫނަސް އެކި ޤައުމުތަކުގެ ސަރުކާރުތަކުން ކަންބޮޑުވުންތައް މިފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޑީޕްފޭކް އުފައްދަން ބޭނުންކުރާ ފަދަ އާޓިފިޝަލް އިންޓެލިޖެންސް ރަނގަޅަށް ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވާފައެވެ.

މުޅި ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިންޓަނެޓް މާކެޓެއްގެ ހައިސިއްޔަތުން އިންޑިއާއިން ވަނީ އޮންލައިން ޕްލެޓް ފޯމްތަކުގައި ދައުރުކުރާ ޕޯސްޓްތަކުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ދެފުށް ފެންނަ ގޮތްތައް ހަރުދަނާ ކުރުމަށް އެމެރިކާގެ ޓެކް ކުންފުނިތަކަށް ޕްރެޝަރު ކޮށްފައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.