ބައޯ-ބޭސްޑް ޕްލާސްޓިކް، މިސާލަކަށް ޕޮލިލެކްޓިކް އެސިޑް (ޕީ.އެލް.އޭ) ފަދަ ޕްލާސްޓިކް އުފެއްދީ ޕްލާސްޓިކް ކުނި ނައްތާލުމުގެ ދަތިތަކަށް ހައްލެއް ގެނައުމުގެ ބޭނުމުގައެވެ.
މި ޕްލާސްޓިކް އުފެއްދުނު މެޓީރިއަލް އަކީ ފުރަތަމަ ބޭނުން ކުރެވުނު ޕެޓްރޯލިއަމް ބޭސްޑް ޕްލާސްޓިކް އެކެވެ. ނަމަވެސް މިފަދަ ގިނަ ޕްލާސްޓިކަކީ ކޮމްޕޯސްޓު ކުރެވޭ ތަކެއްޗެއް ނޫނެވެ. މިހެން މިކަން އޮތް ނަމަވެސް، ރިސައިކަލް ކުރުމުގެ ބޭނުމުގައި މިފަދަ ތަކެތި ކުދި ކުރުމަށްފަހު އިތުރަށް ބޭނުން ނުކުރެވޭ ގޮތަށް ނައްތާލެވެއެވެ.
މިކަމަށް މިހާރު އޮތް ހަމަ އެކަނި ހައްލަކީ ރީސައިކަލް ކުރާ ތަންތަނުގައި ޕްލާސްޓިކްގެ ބާވަތްތައް ވަކި ކުރުމެވެ. މިގޮތަށް ވަކި ކުރުމުގައިވެސް ދަތިތަކެއް ހުރެ ބައޯ-ބޭސްޑް ޕްލާސްޓިކް ކޯރުތަކަށާއި ކަނޑަށްވެސް އެޅެއެވެ.
ލޯވްރެންސް ބާރކްލީ ނެޝަނަލް ލެބޯޓަރީގެ ސައިންޓިސްޓުންނާއި ބައޯ-އެނާޖީ އިންސްޓިޓިއުޓާއި، އެކްސްއާއި އެއްވެގެން މިކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ވަނީ ފަށާފައެވެ.
މި ޓީމުން ވަރަށް އާދައިގެ "ވަން ޕޮޓް" ހައްލެއް ވަނީ ފަށާފައެވެ. މިއީ ޕެޓްރޯލިއަމް ބޭސްޑް ޕްލާސްޓިކް އާއި ބައޯ ބޭސްޑް ޕްލާސްޓިކް ނައްތާލުމަށް ގުދުރަތީ ވަސީލަތެއް ކަމުގައިވާ ލޮނުން ހައްދާފައިވާ ސޮލިއުޝަނެއް މައިކްރޯބްސްއާއި އެކު ބޭނުން ކޮށްގެންނެވެ.
އެއް ވެޓެއްގައި، މި ލޮނުގެ ސޮލިއުޝަން މަސައްކަތް ކުރަނީ ޕޮލިމަރސް އިން، ރިޕީޓިން މޮލިކިއުލްތަކުގެ ބޮޑެތި ސްޓްރަކްޗަރތައް އެއްކޮށް ބަނދެ، މޮނޯމަރސް ނަމަކަށް ކިޔާ ވަކިވަކި މޮލިކިއުލްތަކަށް، އެ ތަކެތި ފަޅައިގެން ދިއުމަށް ކެޓަލިސްޓެއްގެ ގޮތުގައެވެ.
މި އިޖުރާއަތު ވަން އާތު ޕޭޕާރުގައި ނޮވެމްބަރު 17 ގައި ވަނީ ޕަބްލިޝްކުރެވިފައެވެ.
"މިއީ ގަބޫލުކުރަން ފަހަރެއްގައި ދަތިކަމެއް. އެއީ ބައޯ ބޭސްޑް ޕްލާސްޓިކް ބޭނުން ކުރަނީ ދެމެހެއްޓެނިވި ގޮތަކަށް ޕްލާސްޓިކް ބޭނުން ކުރުމަށް، ނަމަވެސް މީގެއިން ވަރަށް ބައިވަރު މައްސަލަތައް އަހަރެމެންގެ ތިމާވެއްޓަށް އެބަ ކުރިމަތިވޭ." މި ޕޭޕަރު ލިޔެފައިވާ ފުރަތަމަ ލިޔުންތެރިޔާ ޗަންގް ޑައު ހާމަކުރިއެވެ. އޭނާ އަކީ ބާރކްލީ ލެބްގެ ސީނިއާރ ސައިންޓިފިކް އިންޖިނިއަރިން އެސޯސިއޭޓްއެކެވެ.
ރީސައިކަލް ކުރުން ސްޓްރީމްލައިން ކުރުމުގެ އިތުރުން، ޕްލާސްޓިކް މޮނޯމަރުތަކުގައި އުފާވެރިކަމާ އެކު ކައްކާ ބެކްޓީރިއާ ބޭނުންކޮށްގެން އެހެން އަގުހުރި އުފެއްދުންތައް ބަޔޯ ބޭސްޑްކޮށް އުފެއްދުމުގެ ފުރުސަތު މި ޓީމުން ވަނީ ފަހިކޮށްދީފަ އެވެ.
ޕްލާސްޓިކް ކުނީގެ ބާވަތްތަކުން ބަޔޯފިއުލް ނުވަތަ ބޭސް ވެސް ހެދޭނެ ދުނިޔެއެއް ވިސްނާލާށެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 8.3 ބިލިއަން ޓަނުގެ ޕްލާސްޓިކް ކުނިކޮށީގައި މިހާރުވެސް ލިބެންހުރެއެވެ.
މި ލިޔުމުގައި ސައިންސްވެރިން ވަނީ ލެބޯޓްރީ ބެންޗް ސްކޭލް އެކްސްޕެރިމެންޓުތަކުގައި އެމީހުންގެ ވިސްނުމުގެ ގާބިލުކަން ދައްކައިދީފައެވެ.
އެންމެ އާންމު ޕެޓްރޯލިއަމް ބޭސްޑް ޕްލާސްޓިކް ކަމަށްވާ ޕޮލިއެތިލީން ޓެރެފަތެލެޓް (ޕީ.އީ.ޓީ) ނުވަތަ ޕެޓް އާއި އެންމެ އާންމު ބަޔޯ ބޭސްޑް ޕްލާސްޓިކް ކަމަށްވާ ޕީއެލްއޭ ފަދަ އެއްޗެހީގައި ބޭނުންކުރާ ޕްލާސްޓިކް އެމީހުންގެ ދިރާސާގައި ހިމަނާފައިވެއެވެ.
ކެމިކަލް ރީސައިކްލިން އަކީ އެންމެންވެސް މިހާރު ދައްކަމުން އަންނަ ވާހަކައެކެވެ. ނަމަވެސް ކޮމާޝަލް ގޮތެއްގައި މިކަން ކުރުމަކީ އަދި ވަރަށް ދަތި ކަމެކެވެ. އެއީ ކުނި ވަކިކުރުމުގެ ހަރުފަތުގެ އަގު ބޮޑުކަމުން ކަމުގައި މި ދިރާސާގެ ސައިންސްވެރިން ހާމަކުރެއެވެ.
އެހެން ނަމަވެސް، ބައޯ-ކޮމްޕަޓިބަލް ކެޓަލިސްޓު ފެނުގައި ހިމަނައި މައިކްރޯބްގެ އެހީގައި ޕްލާސްޓިކް ކުދިކޮށް ޑީޕޮލިމަރައިޒްޑް ޕްލާސްޓިކަށް ބަދަލު ކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. މި ނަތީޖާގެ އީޖާދުކޮށް އިތުރަށް ފުޅާކުރުމަށް އިގްތިސާދީ ގޮތުން ހުރި ދަތިތަކާއި ގޮންޖެހުންތައްވެސް ބަލަންޖެހެއެވެ.
މި ދިރާސާގެ ބާރކްލީ ލެބްގެ ސައިންސްވެރިންގެ އިތުރު ހޯދުމެއްވެސް ވެއެވެ. އެމީހުންގެ ދިރާސާގައި ދައްކާފައިވާ ގޮތުގައި އަލުން ބޭނުން ކުރެވޭ ލޮނުގެ ސޮލިއުޝަންއަކުން އޮޕްޓިމައިޒް ކުރެވިގެން ކާބަން ފޫޓްޕްރިންޓްގެ ޚަރަދު ޕީ.އެޗް.އޭ ތަކަށް %62 އަދި %29 މިހާރުގެ ޕީ.އެޗް.އޭ ޕްރޮޑަކްޝަނަށް ތިރި ކުރެވިދާނެއެވެ.
މިފަދަ ދިރާސާތަކުގެ އެހީގައި ފަހުގެ އުކުޅުތައް ބޭނުންކޮށްގެން ޕްލާސްޓިކް ރީސައިކަލްކޮށް، ވަކިކޮށް އަދި ނައްތާލުމަކީ ތިމާވެއްޓަށް ކިހާވަރެއްގެ ލުޔެއްތޯ ބެލުމަކީ މުހިންމުކަމެކެވެ. ކޮންމެ އާ ދިރާސާއަކީ އެހާ ސަސްޓެއިނަބަލް ގޮތަކަށްވެސް ނުވެދާނެ ކަމަށް ބަލަންޖެހެއެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.