ކުރިއަށް އޮތް އަހަރުތަކުގައިވެސް އެޕަލްގެ ސީއީއޯގެ މަޤާމްގައި، އެކުންފުނީގެ މިހާރުވެސް ސީއީއޯ ޓިމް ކުކް ދެމިހުންނާނެކަން ހާމަކޮށްފިއެވެ.
ޓިމް ކުކް ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި ވަނީ، އެޕަލް ކުންފުނީގެ ލީޑަޝިޕްގައި ދެމިހުރުމުގެ ވިސްނުން ގެންގުޅުއްވާކަން ކަށަވަރުކޮށްދެއްވައި، އެ ކުންފުނީގެ ފުރިހަމަ ސަކްސެޝަން ޕްލޭންތައް ތަފްސީލްކޮށް ދެއްވާފަ އެވެ.
ލަވަކިޔުންތެރިޔާ ދުއާ ލިޕާ ހޯސްޓްކުރި ބީބީސީ ސައުންޑްސް ޕޮޑްކާސްޓްގައި އެޕަލްގައި އޭނާގެ މުސްތަގުބަލާ ބެހޭ ގޮތުން ކުކް ބުނީ އެކުންފުނިން ދުރުގައި އޭނާއަށް އުޅެވިދާނެކަމަށް ޤަބޫލުނުކުރެވޭކަމަށެވެ.
"މިތަނުން ދުރުގައި އަހަރެންގެ ދިރިއުޅުން ކުރިއަށް ގެންދެވިދާނެ ކަމަށް ހީވެސް ނުކުރެވޭ " ވަކި ޓައިމްލައިނެއް ނުދިން ނަމަވެސް ކުކް ވަނީ އެޕަލް އިން އަވަހަށް ވަކިވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް އެޕަލްގެ ސީއީއޯ ވިދާޅުވީ އެޕަލް އިން އަބަދުވެސް ގަބޫލުކުރަނީ އަންދާޒާ ނުކުރެވޭ ފަދަ ހާދިސާތައް ދިމާވެއްޖެ ނަމަ ތަފްސީލީ ސަކްސެޝަން ޕްލޭންތަކެއް ގެންގުޅެން ކަމަށެވެ.
"އަޅުގަނޑަށް މާދަމާ ގޯހެއް ހެދިދާނެ. އުއްމީދަކީ އެކަން ނުވާނެ ކަމަށް. އެކަން ނުވުން އެދި ދުއާ ކުރަން،" ކުކް ބުންޏެވެ.
ކުކް ބުނީ އޭނާގެ އުންމީދަކީ އެޕަލްގެ އެތެރޭގެ ގިނަ ކެނޑިޑޭޓުންތަކެއް އެންމެ އިސް މަގާމާ ހަވާލުވާން ތައްޔާރަށް ތިބުން ކަމަށެވެ. "ބޯޑުން ހޮވަން ޖެހޭ ވަރަށް ގިނަ ކެނޑިޑޭޓުން އެބަތިބި،" ކުންފުނީގެ ސަކްސެޝަން ސްޓްރެޓެޖީއާ ބެހޭ ގޮތުން އޭނާ ކިޔައިދިނެވެ.
ސްޓީވް ޖޮބްސްގެ ބަދަލުގައި 2011 ވަނަ އަހަރު ސީއީއޯގެ މަގާމަށް އައްޔަން ކުރި ފަހުން ކުކް ވަނީ އެޕަލްއަށް ބޮޑެތި ކުރިއެރުން ތަކެއް ހޯއދަވާފަ އެވެ. އެގޮތުން އޭނާގެ އިސްނެންގެވުމުގެ ދަށުން އެޕަލް ވެގެން ދިޔައީ ދާދި ފަހުން ޕަބްލިކް ޓްރޭޑް ކުރި އެމެރިކާގެ ފުރަތަމަ ކުންފުންޏަށެވެ.
ނަންހާމަނުކުރި ނަމަވެސް ކުކް ވަނީ އޭނާ މަގާމުން އިސްތިއުފާ ދޭން ޖެހޭ ވަގުތު އައުމުން އެޕަލްގެ ސީއީއޯ އަކީ އިންޓާނަލް ހަޔާއަކަށް ވެދާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިވަގުތަށް ކުކް ގެ ފޯކަސް ހުރީ ކުރިއަށް އޮތް ތަނުގައި ވެސް އެޕަލް އަށް ލީޑް ކުރުމުގައި ދެމިހުރުމަށެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.