ހުރިހާ އުމުރު ފުރައެއްގެ ކުދިން އަދި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ދުނިޔޭގެ 180 އަށް ވުރެ ގިނަގައުމުގައި އެތައް މިލިޔަން ދަރިވަރުންނަށް ޝައުގުވެރިކުރުވަނިވި މަޖާ ކޯޑިންގް އެކްޓިވިޓީތަކާއެކު ކޮމްޕިއުޓަރ ސައިންސް ތައާރަފް ކުރުމަށް ބޭއްވޭ "އަވަރ އޮފް ކޯޑު" އިވެންޓުގައި ދިވެހި ރާއްޖެއިންވެސް ބައިވެރިވާނެއެވެ. "އަވަރ އޮފް ކޯޑް @ ލެޓްސް ކޯޑް އެމްވީ" ނަމުގައި ދިރާގު އަދި ވިމެން އިން ޓެކް މޯލްޑިވްސް އިން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހަރަކާތް ކުރިޔަށް ގެންދާނީ ވަކިން ޚާއްޞަކޮށް ސްކޫލް ކުދިންނަށް އަމާޒުކޮށްގެން، މިނިސްޓްރީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެއްބާރުލުމާއެކުއެވެ.
ލެޓްސްކޯޑް އިވެންޓު ގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 1000 ދަރިވަރުންނާ ހަމައަށް ވަރޗުއަލްކޮށް މި ހަރަކާތް ގެނައުމެވެ. މިގޮތުން އެކި އުމުރުފުރާތަކަށް ބަހާލައިގެން، ޕްރީ ސްކޫލުން ފެށިގެން ހުރިހާ ތަޢުލީމީ ލެވެލްގެ ދަރިވަރުނަށްވެސް، ކުދިން ޝައުގުވެރިވާ އެކި ހަރަކާތްތައް ކުރިއަށް ދާނެއެވެ. މި ހަރަކާތް ތަކުގެ މަގުސަދަކީ ސައިންސާއި ކޯޑިންގއަށް ލޯބި ޖައްސައި، މި ދާއިރާއަށް ކުދިން އަހުލުވެރިކުރުމެވެ.
މި އަހަރުގެ 'އަވަރ އޮފް ކޯޑް އެޓް ލެޓްސްކޯޑުއެމްވީ' ގެ މައިގަނޑު ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 16 ޑިސެންބަރު 2023 ވާ ހޮނިހިރު ދުވަހުއެވެ. އަދި 20 ޑިސެންބަރު 2023ގެ ނިޔަލަށް މި ޕްރޮގްރާމްގެ އެކި ފިޒިކަލް ސެޝަންތައް ކުރިއަށްދާނެއެވެ. އިވެންޓުގައި ބައިވެރިވުމަށް ޝައުގުވެރިވާ ކުދިންނަށް މި ލިންކް https://www.womenintechmv.org/hourofcodemv މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަމިއްލަ ގޮތުން، ސްކޫލްތައް، ޖަމިއްޔާތައް ނުވަތަ އިންސްޓިޓިއުޓްތައް މެދުވެރިކޮށްވެސް މި ޕްރޮގްރާމްގައި ދަރިވަރުންނަށް ބައިވެރިވެވޭނެއެވެ. އަދި މި ޕްރޮގްރާމްގައި މެންޓަރސްގެ ގޮތުގައި ދިރާގު، ވިމެން އިން ޓެކް މޯލްޑިވްސް އަދި ސްކޫލްތަކުގެ ޓީޗަރުން ހަރަކާތްތެރިވާނެއެވެ.
މި ޕްރޮގްރާމަކީ އެއްގަޑިއިރު ތެރޭގައި ކޮމްޕިއުޓަރ ޕްރޮގްރާމިންގއާ ބެހޭ މަޢުލޫމާތާއި ހަރަކާތްތައް ކުދިންނަށް ތަޢާރަފްކޮށްދޭ ޕްރޮގްރާމެކެވެ.ރާއްޖޭގައި ކޯޑް.އޯރގްގެ ހަރަކާތްތައް ކުރިއަށް ގެންދާ ބައިނަލްއަޤްވާމީ ޕާރޓްނަރަކީ ވިމެން އިން ޓެކް މޯލްޑިވްސްއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްއިން ދަނީ ކާމިޔާބުކަމާއެކު މި ހަރަކާތް ރާއްޖޭގައި ކުރިއަށްގެންދަމުންނެވެ. މި އިވެންޓުގެ އިތުރުން ދިވެހިރާއްޖޭގެ އެކި ސްކޫލްތަކުންނާއި އިންސްޓިޓިއުޓްތަކުންވެސް އެ އިދާރާތަކުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން އިވެންޓުތައްވަނީ ރަޖިސްޓްރީކޮށްފައެވެ.
ޅަ އުމުރުގައި ކޮމްޕިއުޓަރ ސައިންސް ދަސްކުރަން ފެށުމަކީ 21 ވަނަ ގަރުނުގައި ކޮންމެ ދާއިރާއަކުންވެސް ކުރިއަށް ދިޔުމަށް ބިންގާ އެޅިގެންގޮސް، އެކުދިންގެ އުފެއްދުންތެރިކަމާއި މައްސަލަ ހައްލުކުރުމުގެ ގާބިލުކަމާއި ހުނަރުވެސް އިތުރުވެގެންދާނެ ކަމެކެވެ.
ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް