ޓިކްޓޮކުން ކްރިއޭޓަރ ފަންޑަށް އަލްވަދާއުކިޔައިފި

އަޝްނާ ރަޝީދު 10 ޑިސެމްބަރު 2023

މިދިޔަ އަހަރު ޓިކްޓޮކްއުން 2020 ވަނަ އަހަރު ތައާރަފުކޮށްފައިވާ ޓިކްޓޮކް ކްރިއޭޓަރ ފަންޑުގެ ނޮމުން މިދިޔަ އަހަރު ފެނިގެން ގޮސްފައިވެއެވެ. މި ޕްރޮގްރާމަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުކޮށްފައިވީއިރު، މީގެން ފާހަގަކޮށްފައިވާ ބައެއް މައްސަލަތައް ހައްލުކުރުމުގެ ނިޔަތުގައި 2023 ވަނަ އަހަރުގައި އެހެން ޕްރޮގްރާމުތަކެއް ޓިކްޓޮކްއުން ހުށަހަޅާފައިވެއެވެ. މިގޮތުން ދިގު ވީޑިއޯތަކަށް ހާއްސަކޮށް "ކްރިއޭޓީވިޓީ ފަންޑްގެ" ނަން ދީފައިވާ އާ ފަންޑެއް އެމީހުން ތަޢާރަފުކޮށްފައިވެއެވެ.

މި އައު ފަންޑުގެ ސަބަބުން ޓިކްޓޮކްގެ މައިގަނޑުގޮތެއްގައި މަޝްހޫރުވެފައިވާ ކުރު ވީޑިއޯ ހަދާ ފަރާތްތަކުން އެހެން ޕްލެޓްފޯމުތަކަށް ބަދަލުވާނެ ކަމުގެ ބިރު އުފެދިފއިވީ ނަމަވެސް، 2024 ވަނަ އަހަތު ފެށިގެން އައިރު މި އައު ޕްރޮގްރާމުގެ ކާމިޔާބީ ފެނިފައިވެއެވެ. މިގޮތުން މިފަންޑު މެދުވެރިކޮށް ވަރަށް ގިނަ ފަރާތްތަކުން ވަނީ ވަރަށް ބޮޑު އަދަދުތަކަކަށް އާމްދަނީ ހޯދާފައެވެ.

ޓިކްޓޮކް ކްރިއޭޓަރ ފަންޑަކީ 2020 ވަނަ އަހަރު $1 ބިލިއަންގެ ޕޫލަކުން ތިން އަހަރު ތެރޭގައި މީހުން ބަލަލއިގަންނަ މަޤުބޫލު ވީޑިއޯތައް ޓިކްޓޮކްގައި އުފައްދާ ފަރާތްތަކަށް ހުޅުވާލާފައިވާ ފަންޑެކެވެ. ނަމަވެސް، ގިނަ އިންފްލުއެންސަރުން ފާހަގަކޮށްފައިވާ ފަދައިން، މީގެ ޒާތުގައި ވަރަށް ގިނަ މައްސަލަތަކެއް ހުރެފައިވެއެވެ. މިގޮތުން، މި ފަންޑަކީ "ސްޓެޓިކް" އެއްޗެއްކަން ފާހަގަކޮށްފައިވެއެވެ. މީގެ މާނައަކީ މި ފަންޑު މަސައްކަތްކުރިގޮތުން، މީގެން ލިބޭ އާމްދަނީ ކުޑަވެފައި، ވީޑިއޯތަކުގެ މަޤުބޫލުކަމަށް އަންނަ ބަދަލުތަކަށް އަސަރުކޮށްފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ކޮންމެ ވީދިއޯ އަކުން ލިބެނީ ހަމަ އެންމެ ކުޑަ މިންވަރއކެވެ. މީގެ މަނަޔަކީ، ޔޫޓިއުބުފަދަ މިފަދަ އެހެން ޕްލެޓްފޯމުތަކާއި ހިލާފަށް، ޓިކްޓޮކް މެދުވެރިކޮށް ލިބޭ އާމްދަނީއަށް ގިނަ އިންފްލުއެންސަރުންނަށް ބަރޯސާނުވެވޭއިރު، އެއިން ގިނަފަރާތްތަކުން ސްޕޮންސަރުޝިޕު ފަދަ އެހެނިހެން ވަސީލަތްތަކުން އާމްދަނީގެ ބޮޑުބައި ހޯދާފައިވެއެވެ.

މިދިޔައަހަރު ތައާރަފުިކުރެވިގެންދިޔަ ފަންޑުން މީގެންގިނަ މައްސަލަތައް ހައްލުކޮށްފައިވެއެވެ. ކްރިއޭޓިވިޓީ ޕްރޮގްރާމުގެ ނަންދެވިފައިވާ މި އާ ޕްރޮގްރާމް މެދުވެރިކޮށް 60 ސުކުންތައްވުރެ ދިގު ވިޑިއޯތަކަށް ފުދޭވަރެއްގެ އާމްދަނީއެއް ލިބިގެންދެއެވެ. މިގޮތުން، ޓިކްޓޮކުން ފާހަގަކުރައްވާފައިވާ ފަދައިން، މި ފަންޑު މެދުވެރިކޮށް ކުރީ ފަންޑުން ލިބޭވަރަށްވުރެ 20 ގުނަ އިތުރަށް ލިބޭކަމަށް ފާހަގަކޮށްލާފައިވެއެވެ. މިކަން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވި ގިނަ ބަޔަކު ކަށަވަރުކޮށްފައެވެ.

ކުރީގެ ކްރިއޭޓަރ ފަންޑުން ވިޑިއޯ ހަދާފަރާތްތަކަށް ލިބޭ އަދަދުތަކާއި މި އައު ފަންޑުން ލިބޭއަދަދުތަކަށް ބަލާއިތު ވަރަށް ބޮޑު ތަފާތެއ ފެނިގެން ދެއެވެ. މިގޮތުން، ކުރީ ފަންޑުން މިސްޓާރ ބީސްޓް ފަދަ 88.9 މިލިއަން ފޮލޮވަރުން ހުރި ފަރާތްތަކުންނަށް ވެސް މި ޕްލެޓްފޯމުން ވަަރަށް ކުޑަ އަދަދެއް ލިބިގެން ދިޔަ ކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މި އައު ކްރިއޭޓިވިޓީ ޕްރޮގްރާމުން ފުދޭވަރެއްގެ އާމްދަނީ އެއް ލިބިގެންދެއެވެ. މިގޮތުން ބޮލޫ ތަންޑަރގެ ދަށުން ޓިކްޓޮކްގައި ވީޑިއޯހަދާ ޖޯން ހޮޕާ ފާޅުކޮށްފައިވާ ގޮރުން މި ޕްރޮގްރާމުން މަހަކު 5،000$ މި އައު ކްރިއޭޓިވިޓީ ޕްރޮގްރާމުން ހޯދާފައިވެއެވެ. މިޔަކީ މި ޕްރޮގްރާމުގައި ބައިވެރިވި އެހެން ފަރާތްތަކަށްވެސް ލިބިފައިވާ ނަތީޖާދާއާއި ދާދި އެއްގޮތެވެ.

ޓިކްޓޮކުން މި ޕްރޮގްރާމު ތައާރަފުކުރުމުން، ޓިކްޓޮކްގެ މަޤުބޫލު ކުރު ވީޑިއޯ ގެއްލިދާނެތީ، ގިނަ ފަރާތްތަކުން މި ޕްލެޓްފޯމު ދޫކޮށްފައި ދާނެކަމުގެ ބިރު އުފެދިގެން ދިޔައެވެ. ނަމަވެސް، މި ޕްލެޓްފޯމުން އުފެއްދުންތެރިންނަށް ލިބިގެންދާ އިތުރު ކުރިެރުމާއި ފައިދާާތައް ފެނުމުން މަޔަކީ ވުން އެކަށީގެންވާ ކަމަކަށް ލަފާއެއް ނުކުރެވެއެވެ.


އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.