އެމްއައިޓީއިން ހިތުގެ ރޮބޮޓިކް ޗެމްބަރެއް ހަދައިފި

އަޝްނާ ރަޝީދު 10 ޑިސެމްބަރު 2023

ހިތުގެ ބަލިތަކަށް ފަރުވާތަކެއް ހޯދާ ދެނެގަތުމަށް އާ އުކުޅެއް އެމްއައިޓީގެ އިންޖިނިއަރުން އުފައްދައިފިއެވެ. މިގޮތުން އެ އިންޖިނިޔަރުން ވަނީ ހިތުގެ މަސައްކަތުގެ މުހިއްމު ބައެއް އަދާކުރާ ހިތުގެ ކަނާތު ވެންޓްރިކަލްގެ ރޮބޮޓިކް ރެޕްލިކާއެއް އުފައްދާފައެވެ. ރޮބޮޓިކް ރައިޓް ވެންޓްރިކަލް (އާރުއާރުވީ)ގެ ނަންދެވިފައިވާ މި އީޖާދީ އަސްލު ހިތުގެ ޓިޝޫއާއި ސިންތެޓިކް، ފުއްޕާހަމެއް ފަދަ އާޓިފިޝަލް މަސްތަކެއް އެއްކޮށްލާފައިވެއެވެ. މި ރޮބޮޓިކް އުކުޅުގެ ޒަރިއްޔާއިން ވެންޓްރިކަލުގެ ފިއްތުންތައް ކޮންޓްރޯލް ކުށް ބެލެވޭނެވެ. މި ޓެކްނޮލޮޖީއަކީ ރައިޓް ވެންޓްރިކަލް ޑިސްއޯޑަރސް ފަދަ ހިތާއި ބެހޭ ދިރާސާކުރުމާއި އޭގެ ފަރުވާ ޓެސްޓްކުރުމަށް ލިބޭ އިތުދު ފަސޭހަކަމެކެވެ. މި އީޖާދީއާއި ބެހޭ މައުލޫމާތު ވަނީ ނޭޗަރު ޖޭނަލުގައި ޗާޕުކޮށްފައެވެ.

މިކަންތައް ދިރާސާކޮށް އުފެއްދި ޓީމުގައި އެކުލަވާލެވިފައިވަނީ އެމްއައިޓީގެ ޕޯސްޓްޑޮކް މަނީޝާ ސިންގް އާއި އެސޯސިއޭޓް ޕްރޮފެސަރު އެލެން ރޯޗޭ، ޖީން ބޮންމެއިން، ކެގްލާ އޮޒްޓާކް، ކްލާރާ ޕާކް، ޑިއޭގޯ ކުއެވޭޑޯ-މޮރެނޯ، މީގަން ރޯލެޓް، އަދި އެމްއައިޓީގެ ޔިލިންގް ފޭން، މެސެޗުސެޓްސް ޖެނެރަލް ހޮސްޕިޓަލުގެ ބްރައިއަން އަޔަރސް އާއި ޑރ. ކްލީވްލެންޑް ކްލިނިކްގެ ކްރިސްޓޮފަރ ންގްޔެން، އަދި ބޮސްޓަން ޗިލްޑްރަންސް ހޮސްޕިޓަލުގެ މޮސާބް ސައީދެވެ.

މިގޮތުން މިދިރާސާވެރިން ފަރުމާކޮށްފައިވާ އުކުޅު މެދުވެރިކޮށް ދުޅަހެޔޮ އަދި ބަލި ހާލަތުގައިވާ ހިތެއް ވެސް ދައްކައިދެވެއެވެ. މހގޮތުން ޕަލްމޮނަރީ ހައިޕަރޓެންޝަން އަދި މަޔޯކާޑިއަލް އިންފެރކްޝަން ފަދަ ހާލަތްތައް މި ހިތުން ސިމިއުލޭޓް ކުރެވެއެވެ. މި ހިތުގެ ބައި ފަރުމާކުރުމަށް އަސްލު ޓިޝޫ ބޭނުންކުރި ސަބަބަކަށް ދިރާސާވެރިން ހާމަކޮށްފައިވަނީ އެފަދަ ޓިޝޫގައި ހުންނަ ޤުދުރަތީ ބައްޓަން ސިންތަޓިކުކޮށް ހަދަން ދަތިވާތީއެވެ.

މިގޮތުން މި އުކުޅު މެދުވެރިކޮށް ހިތުގެ އެކިއެކި ބަލިތައް ދައްކައިދެވެއެވެ. އަދި މިކަމުގެ ސަބަބުން އެއަށް ފަރުވާ ހޯދަން ފަސޭހަވެއެވެ. މިގޮތުން މި އުކުޅު ބޭނުންކޮށްގެން ރިސްކު ބޮޑު ސާޖަރީތަކަށް ސާޖަންނާއި އިންޓަރވެންޝަނަލް ކާޑިއޮލޮޖިސްޓުން ތަމްރީނު ކުރެވި އެފަދަ ސާގަރީތަކުގެ ނުރައްކާ ކުޑަކުރެވިގެންދާނެއެވެ.

މިވަގުތު މި ދިރާސާވެރިންގެ ޓީމުން ހަމައެކަނި ހެދިފައިވަނީ ރައިޓް ވެންޓްރިކަލެވެ. މުސްތަޤުބަލުގައި އިންސާނުންގެ ގައިގައި ބޭނުންކުރެވޭނެ މުޅި ހިތިއް ހެދޭތޯ މި ޓީމު މަސަާއްކަތް އެބަކުރެއެވެ. މިއަކީ އަލަށް އެމްއައިޓީ އިން މަސައްކަތްކުރަމުންދާ ލަނޑު ދަނޑިއެއް ނޫނެވެ. މީގެކުރިން ރޯޗޭ އިސްނަގައިގެން ހިންގި އެހެން ޓީމަކުންވެސް ވަނީ 3-ޑީ ޕްރިންޓުކޮށްފައިވާ ހިތެއް އީޖާދުކޮށްފައެވެ.



އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.