ގޫގަލް ފޮޓޯތަކާއި ވީޑިއޯއަށް އޭ.އައި ފީޗަރތަކެއް ނެރެފި

އަޝްނާ ރަޝީދު 18 ޖެނުއަރީ 2024

ގޫގަލްވަނީ ޒަމާނުއްސުރެ މީހުންނަށް އިތުބާރުކުރެވޭ، މޮޅު އޭ.އައި ފީޗަރތައް އެމީހުންގެ ޕްރޮޑަކްޓުތަކުގައި ތައާރަފުކޮށްފައެވެ. މިއަކްރޮސޮފްޓާއި އެޑޯބީ ފަދަ އެހެން ޓެކްކުންފުނިތަކާއި އެއްފަދައިން، ޖެނަރޭޓިވް އޭ.އައި އާންމުވުމުން އެމީހުންވެސް ވަނީ މީހުންނަށް ބޭނުންތެރި އެކިއެކި ފީޗަރުތައް ނެރެމުންނެވެ. މިގޮތުން ފޮޓޯތަކާއި ވީޑިއޯތަކާއި ގުޅޭ ވަރަށްގިނަ އޭ.އައިފީޗަރުތަކެއްވެސް ގޫގަލްއިން ވަނީ ނެރެފައެވެ.

ގޫގަލް ސާރޗް ޖެނަރޭޓިވް އެކްސްޕީރިއަންސްއުން އޭ.އައި ބޭނުންކޮށްގެން ހަދާ ތަސްވީރު


ގޫގަލް ލެބްސްގައި މިހާރު އެކްސްޕެރިމަންޓްކުރަމުންދާ ސާރޗް ޖެނަރޭޓިވް އެކްސްޕީރިއަންސްއުން (އެސްޖީއީ) މިހާރު އޭއައި މެދުވެރިކޮށް ތަސްވީރު ހެދެއެވެ. މިގޮތުން ސާރޗްގއި ލިޔާ ތަފްސީލާއި ގުޅޭ ތަފްސީރެއް ގޫގަލް އެސްޖީއީއިން ހަދައިދެއެވެ. ގޫގަލުން އުފައްދަން ބޭނުންވާ ތަފްސީރާއި ބެހޭ އިތުރު މަޢުލޫމާތު ދިނުމުން އެއާއި ގުޅޭ ހަތަރު ތަފްސީރު އުފައްދއެވެ. އަދި ބޭޏުން ތަފްސީރެއް ޑައުންލޯޑުކުރެވެއެވެ. ނުވަތަ ގޫގަލް ޑްރައިވް އަށް ސޭވުކުރެވެއެވެ.

ގޫގަލް ބުނެފައިވާގޮތުން މިޔަށް ބޭނުންކޮށްފައި ވަނީ އެމީހުންގެ އިމަޖިން އާއިލާގެ އޭއައި މޮޑަލްތަކެވެ. ގޫގަލުން ބުނެފައިވާ ގޮތުން އެމީހުންކުރި ދިރާސާތަކުގައި މި މޮޑަލް ބޭނުންކޮށްގެން ހަދާފައިވާ ތަފްސީރު ތަކަކީ ޑަލް-އީ 2 ފަދަ މަޝްހޫރު އެހެން ގޮތްތަކާއި އަޅާ ބަލާއިރު، ފެންވަރުގެ ގޮރުންނާއި ލިޔެފައިވާ އެއްޗާއި އެއްގޮތްވާ މިންވަރާ އަޅާ ބަލާއިރު އިންސާނުންނަށް މާ ކަމުދެއެވެ.

މީގެން ޖެނަރޓުކުރެވޭ ތަފްސީރުތައް ފާހަގަކުރުމަށްޓަކައި ގޫގަލުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން އެ ތަސްވީރުތަކުގައި ފާހަގަކުރަން ދަތިވާ ވޯޓާރމާކެއްލާފައި އޭގެ މެޓާ ޑޭޓާގައި އެއީ އޭ.އައި ބޭނުންކޮށްގެން އުފައްދާފައިވާ ތަފްސީރެއްކަން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން މި ފީޗަރުގެ ނާޖާއިޒު ބޭނުންހިފުން ހުއްޓުމަށްޓަކައި ގޫގަލް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން މަޝްހޫރު މީހުންގ އަސްލައި އެއްގޮތް ފޮޓޯ މީގެން ނުހެދޭނެއެވެ. މިއީ މީހުންގެ ހުއްދަޔާއި ނުލައި އޭ.އައިއާއި އެހެން ޓެކްނޮލޮގީތައް ބޭނުންކޮށްގެން ހަދާފައި ހުންނަ ގޯސް ފޮޓޯތައް ފަތަރުމުންދާ ދަނޑިވަޅެއްގައި ވަރަށް މުހިންމު ކަމެކެވެ. މީގެއިތުރުން، މި ޓޫލް ބޭނުންކުރުން ވަނީ 1 އަހަރުން މަތީގެ ޔޫއެސް އިނގަރޭސިން ސާރޗްކުރާ މީހުންނަށް މިވަގުތު ލިމިޓުކޮށްފައެވެ.

ގޫގަލް ފޮޓޯސްގެ މެޖިކް އެޑިޓަރުން ޖެނަރޭޓިވް އޭ.އައި ބޭނުންކޮށްގެން ފޮޓޯ އެޑިޓުކުރުން

ގޫގަލުން ތައާރަފުކޮށްފައިވާ ސަޅި އެހެން ފީޗަރަކީ އެމީހުންގެ ފޮޓޯސް އެޕްގައި އެކުލަވާލާފައިވާ "މެޖިކް އެޑިޓަރ"އެވެ. މި އެޑިޓަރުގެ އެހީގައި ފޮޓޯތަކުގައި ފެންނަތަކެތި ހުނަނަ ތަން ބަދަލުކޮށް، ފޮޓޯތަކުގެ ކޮމްޕޮސިޝަން ބަދަލުކުރެވެއެވެ. މީގެއިތުރުން، ފޮޓޯގެ ވަކި ތަންތަނުގެ ކުލަ ވަރުގަދަކޮށް، ފަހަތުގައި ހުންނަ މީހުންތައް ނަގާ، މިފަދަ ކަންކަންވެސް ކުރެވެއެވެ.

މީގެ އިތުރުން، ފޮޓޯތަކުގެ ބޭރުގައި ހުންނަތަކެތި ވެސް ފޮޓޯގެ ފްރޭމް ތެރެއައް ގެނުމުން މީގެ އޭއައިއިން ޖެނަރޭޓޫކުރެވެއެވެ. މިއީ މީގެ ކުރިން އެޑޯބީ އިން ނެރުނު ބައެއް ފީޗަރުތަކާއި ދާދި އެއްގޮތް، އެކަމަކު ފޯނުން ބޭނުންކުރެވޭ ބައެއް ފީޗަރުތަކެވެ. މިޔަކީ ގޫގަލް ފޮޓޯސްގައި މިހާރު ހުރި އޭއައި ޤާބިލިއްޔަތާއި ބަލާފަ ވަރަށް ގުޅޭ ކުރިއެރު މެކެެވެ. މި ފީޗަަރަކީ އަދި ނެރެފައިވާ ފީޗަރަކަށް ނުވިނަމަވެސް، މިއީ މިއަހަރުގެ ތެރޭގައި ގޫގަލްގެ ޕިކްސަލް ފޯނުތަކާއި އެއްކޮށް ނެރުމަށް ތާވަލުކުރެވިފައިވާ ފީޗަރެކެވެ.

ގޫގަލްގެ ލުމިޔެރ މެދުވެރިކޮށް އޭ.އައި ވީޑިއޯ ޖެނަރޭޓުކުރުން



ގޫގަލްގެ ލުމިޔެރ މޮޑަލަކީ ވީޑިއޯހަދާ އޭ.އައި މޮޑަލެވެ. މި މޮޑެލްއިން ފޮޓޯއެއް ވީޑީއޯއަކަށް ބަދަލުކޮށް، ލިޔެވޭ ތަފްސީލަކުން އޮޓޮމެޓިކުކޮށް ވީޑިއޯ އެއް ޖެނަރޭޓޫކޮށް، ވީޑިއޯގައި ހުނަނަ އެއްޗެހިގެ ތަންތަންކޮޅު ބަދަލުކޮށް، އަދިވެސް ބައިވަރު އެހެނަ ކަންތައް ކުރެވިގެންދެއެވެ. މި މޯޑަލަކީ ގޫގުލް ރިސާޗް، ވައިޒްމަން އިންސްޓިޓިއުޓް، ޓެލް-އަވީވް ޔުނިވާސިޓީ، އަދި ޓެކްނިއަން ގުޅިގެން ހަދާފައިވާ އޭއައިއެކެވެ. މި އޭއައި ފާހަގަ ކުރެވެނީ އަސްލު ވައްތަރުގަހާ، ހަރަކާތްތައް އޮމާން އަދި ގިނަ ވައްތަރުގެ ވީޑިއޯ އުފެއްދޭ ކަމަށެވެ.

މި މޮޑެލްއިން ސްޕޭސް-ޓައިމް ޔޫ-ނެޓް އަރކިޓެކްޗަރ ތައާރަފްކޮށްފައިވެއެވެ. މި އަރކިޓެކްޗަރ ފާހަގަ ކުރެވެނީ، އެހެން އަރކިޓެކްޗަރތަކާއި ހިލާފަށް، އެއް ޕާހެއްގައި ވީޑިއޯއެއްގެ މުޅި 'ޓެމްޕަރަލް' މުއްދަތު އުފައްދައިގެންދާކަމެވެ. އެހެން އަރކިޓެކްޗަރތައް ބިނާވެފައިވަނީ ދުރު ކީފްރޭމްތަކާއި "ޓެމްޕަރަލް ސުޕަރ-ރިޒޮލިއުޝަން' މޮޑިއުލްތަކެއްގެ މައްޗަށެވެ. މިކަމުގެ ސަބަބުން މިފަދަ އެހެން އޭއައިތަކަޅާއި އަޅާބަލާއިރު ނަތީޖާ މާ ރަނގަޅުވގެންދެއެވެ.

މި މޮޑެލްއަކީ އަދި ދިރާސާކުރަމުންދާ އެއްޗަކަށްވީއިރު، މި މޮޑެލް ގޫގަލްއިން ބޭނުންކުރާނީ ކޮންކަމަކަށްތޯ، އަދި މި މޮޑެލް އާންމުންނަށް މުސްތަޤުބަލުގައި ނެރޭނެތޯ ހާމަކޮށްފައި ނުވެއެވެ. މި މޮޑެލް އަދި ފުރިހަމަ ވެފައި ނުވުމުން ކުދިކުދި މައްސަލަަތައް ހުންނަކަން ފާހަގަކޮށްފައިވީ ނަމަވެސް މިހާރުގެ ޓެކްނޮލަޖީއާއި އަޅާބަލާފައި ވަރަށް ބޮޑުކުރިއެރުމެއް ދައްކާފައިވާކަން ފާހަގަކޮށްލެވެއެވެ.

ދެން އޮތީ ކޯޗެއްތޯ؟

ގޫގަލްއިން ވަނީ ގެނަރޭޓިވް އޭއައި އާއި މިފަދަ އެހެނިހެން ޓެކްނޮލޮޖީތައް ތަރައްޤީކޮށް ޓެސްޓުކުރުމަށްފަހު މަޑުމަޑޫން އެމީހުންގެ ޙިދުމަތްތަކުގެ ތެރެއަށް އާންމުކުރަމުންނެވެ. މިގޮތުން ގޫގަލް ޑުއެޓް މެދުވެރިކޮށް ގޫގަލް ޕްރެޒެންޓޭޝަންތަކުގައި ޖެނަރޭޓިވް އޭއި ބޭނުންކޮށްގެން ތަސްވީރު ހެދުން ފަދަ ބައިވަރު އެކިއެކި ފީޗަރތަކުގައި ގޫގަލްގެ ތަސްވީރާއި މަންޒަރު ހަދާ ވީޑިއޯ ދަނީ ފެންނަމުންނެވެ. ގޫގަލްއަކީ އެންމެކުރިން މިފަދަ ފީޗަރުތައް ނެރޭ ފަރާތްކަމަށް ގިނަފަހަރުވެގެން ނުގޮސްދާނެއެވެ. ނަމަވެސް އަޅުގަނޑުމެން އެއްބަސްވާންޖެހޭކަމަކީ ގޫގަލްއިން މިފަދަ ފީޗަރތައް ނެރޭއިރު މީހުން އަޖައިބުކޮށްދޭކަމެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.