އުދުހޭ ޓެކްސީ ހައްޖު މޫސުމުގައި ބޭނުންކުރަން

އަޝްނާ ރަޝީދު 24 ޖެނުއަރީ 2024

ކުރިއަށް އޮތް ހައްޖު މޫސުމުގައި ދަތުރުކުރުމަށް ސައުދީއުން އައު އިންގިލާބެއް ގެންނަން އެބަ ރާވާއެވެ. މިގޮތުން، ހައްޖު މޫސުމުގައި އުދުހޭ ޓެކްސީތަކުން ހައްޖު މޫސުމުގައި މައްކާ ކައިރީގައި ހުންނަ ހޮޓަލުތަކަށް ދަތުރުކުރެވޭ ނިޒާމު ހަމަޖައްސާފައިވެއެވެ. ސައުދީގެ ގައުމީ އެއާލައިން ކަމަށްވާ ސައުދީ އެއާލައިންސްއުން ވަނީ މިކަމަށްޓަކައި މުޅިން އިލެކްޓްރިކް މަތިންދާބޯޓުތަކެއް ހޯދާފައެވެ. މި މަތިންދާ އުޅަނދުތައް ޖިއްދާ އާއި މައްކާއާ ދެމެދު ހައްޖުވެރިން ފަސޭހަކަމާއެކު ދަތުރުކުރުމަށް މަގުފަހިކޮށްދެއެވެ.

މިކަމަށްޓަކައި ޖަރުމަންވިލާތުގެ ލިލިއަމް ޖެޓްސް ކިޔާ މުޅިން އިލެކްޓްރިކް ވަރޓިކަލް ޓެކްއޮފް އެންޑް ލޭންޑިން (އީވީޓީއޯއެލް) މަތިންދާބޯޓުގެ 100 ބޯޓު އެމީހުން ހޯދާފައިވެއެވެ. މި އުޅަނދުތައް ފާހަގަކުރެވެނީ ތިމާވައްޓާއި އަހުލުވެރި، އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ އެންމެ ޒަމާނީ އީވީޓީއޯއެލް އުޅަނދެއްގެ ގޮތުގައެވެ. މުޅިން ވެސް ކަރަންޓުން އޮޕަރޭޓް ކުރާ މި މަތިންދާ ބޯޓަކީ ސައުދީގެ ތިމާވައްޓާއި އަހުލުވެރި ޓެކްނޮލަޖީއާދިމާލަށް ދިޔުމަށް ކުރާ ވައުދާ ދިމާލަށް ދިއުމަށް ކުރެވޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ލިލިއަމްގެ އީވީޓީއޯއެލް ޓެކްނޮލޮޖީއަކީ އޭވިއޭޝަންގެ ދުނިޔޭގައި ބޮޑު ކުރިއެރުމެއް ތަމްސީލުކުރާ ޓެކްނޮލޮޖީއެކެވެ. މި މަތިންދާބޯޓުން މާ ބޮޑު ރަންވޭއަކާއި ނުލާ ނައްޓާލުމުގެ ބާރު ލިބުމުގެ ސަބަބުން މިކަމަށް ބޭނުންވާ ބިނާރު ކުޑަވެގެންދެއެވެ. މި އުޅަށްދަށް 4ކާއި 5 ނާއި ދެމެދަށްވާ ވަރަށް ފަސަންޖަރުން އުފުއްލޭ އިރު 250 ކިލޯމީޓަރު ދުރަށް ދަތުރުކުރެވެއެވެ. މިއީޖާދީގެ ސަބަބުން ހައްޖުވެރިންނަށް މުޅިން އައު ތަޖުރިބާއެއް ލިބިގެން ދިޔުން އެކަށީގެންވެއެވެ.

ލިލިއަމްގެ އީވީޓީއޯއެލް ޓެކްނޮލޮޖީ ބޭނުންކުރުމުން ލިބޭ މުހިންމު އެއް ފައިދާއެއްކަމަށް ފާހަގަކުރެވެނީމީގެން ކާބަން ދޫކުރާ މިންވަރު މަދުވުމެވެ. ސައުދީ އެއާލައިންސްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސްގެ އެންމެ އިސްވެރިޔާ ފާހަގަކޮށްފައިވާފަދައިން، މި އިލެކްޓްރިކް ފްލީޓް އީކޯ ފްރެންޑްލީ ވެފައިވުމުން، މި އެއާލައިނާއި ސައުދީއިން ތިމާވަށްޓާއި އަހުލުވެރި ދަތުރުފަތުރުމުރުމުގެ ނިޒާމުތަކަށްދޭ އެއްބާރުންލުން ފާހަގަކުރެވިގެންދެއެވެ.

ލިލިއަމްގެ އީވީޓީއޯއެލް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުދުހޭ ޓެކްސީތައް ތައާރަފް ކުރުމަކީ ހައްޖު މޫސުމުގައި ދަތުރުފަތުރުކުރުމުގައި ޒަމާނުއްސުރެ ދިމާވާ ބައެއް ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. މި އައު ދަތުރުފަތުރުކުރުމުގެ ނިޒާމުގެ ސަބަބުން ދަތުރުކުރުމަށްދާ ވަގުތުކުރުވެ، ތޮއްޖެހުން މަދުވެ، ހައްޖުވެރިންނަށް މަންޒިލްތަކަށް ދިއުމަށް ފަސޭހަ ވަސީލަތެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

މިޔަކީ މިސަރަހައްދުގައި މިފަދަ އީޖާދީއެއް ތައާރަފުކުރެވޭ އެންމެ ފުރަތަމަ ފަހަރެވެ. ނަމަވެސް މުސްތަޤުބަލުގައި ޔޫއޭއީގައިވެސް މި ފަދަ އުދުހޭ ޓެކްސީ ތައާރަފުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ހާމަކޮށްފައިވެއެވެ.



އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.