އަލި ޕޮލިއުޝަންނަށް ފަސޭހަ ހައްލެއް ހޯދައިފި

އަޝްނާ ރަޝީދު 30 ޖެނުއަރީ 2024

އަލި ޕޮލިއުޝަނަކީ، ފަލަކީޢިލްމަށް މިޒަމާނުގައި ދިމާވާ ވަރަށް ބޮޑު އެއްނުރައްކަލެވެ. ސިޓީތަކުގައި އަބަދު ޖައްސާފައިހުންނަ އެލްއީޑީ ބޮކިތަކުގެ ސަބަބުން ސިޓީތައް އަލިގަދަ ވަމުންދާއިރު، މީގެ ސަބަބުން ރޭގަނޑުގައި އުޑުމަތިން ފެންނަ ތަރިތަކާއި އެހެނިހެން މިފަދަ އެހެނިހެން ތަކެތި ފެންނަންލެއް މަދުވަމުންދެއެވެ. ދާދިފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އަހަރަކު %10 ގެ ރޭޓުން އުޑުމަތިން ފެންނަ ތަރިތައް ގެއްލިގެންދެއެވެ. މިކަމުގެ އަސަރު ދުރު ހިސާބުތަކުގައި ހުންނަ އޮބްޒަވޭޓަރީތަކަށް ވެސް ފޯރާފައިވެއެވެ. މިޔަކީ ފަލަކީ އިލްމަށް ދިމާވަމުންދާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ޖަރުމަނުވިލާތުގެ ސްޓާޓްއަޕްއެއްކަމަށްވާ ސްޓެލްތްޓްރާންސިޓްއިން ވަނީ މިކަމަށް ބޭނުންކުރެވިދާނެ ހައްލެއް ހޯދާފައެވެ.

ސްޓެލްތްޓްރާންސިޓްގެ ޑާކްސްކައިޕްރޮޓެކްޓަރ އިން މިކަމަށް ފަސޭހަ ހައްލެއް ފޯރުކޮށްދެއެވެ.މި ހައްލު ބިނާވެފައިވަނީ ތިން ކޮމްޕޮނެންޓްގެ ނިޒާމެއްގެ މައްޗަށެވެ.

މީގެ ފުރަތަމަ ބަޔަކީ އިންސާނުންގެ ލޮލަށް ނުފެންނަހާ މަތީ ފްރިކުއެންސީގެ އެލްއީޑީ ބޮކި ނިވިދިއްލާ ޑިވައިސްއެކެވެ. މިޑިވައިސް ވަނީ ޚާއްޞަކޮށް ފަރުމާކޮށްފައިވާ ޓެލެސްކޯޕް ޝަޓަރަކާއި ސިންކްރޮނައިޒްކޮށްފައެވެ. މީގެ ތިންވަނަ އަދި އެންމެ ފަހު ބަޔަކީ އެލްއީޑީ ބޮކިތަކެއް ނިވިފައި ހުންނަ ގަޑީގައި އެކަނި ޝަޓަރ ހުޅުވާފައި ހުންނަގޮތައް ހެދުމައްޓަކައި ގުޅުއްވާފައިވާ ޖީޕީއެސް ރިސީވަރެކެވެ. މި ނިޒާމު އެއްކޮށްލުމުން ފަލަކީ ތަސްވީރުތަކުން ބޮކިތަކުގެއަލީގެ ސަބަބުން އުޑުމަތީގައި ހުންނަ ބޭނުންނުވާ ދިއްލުންތައް %94 ދަށްކޮށްލެވެއެވެ.

މި ނިޒާމު ޓެސްޓްކޮށްފައިވަނީ ރަޝިޔާގެ ކޯކެސަސް ފަރުބަދަތަކުގައެވެ. ޓަސްޓުކުރެވުނު ޕްރޮޓޯޓައިޕުން އޮބްޒަވޭޓަރީ ކައިރިން ހުންނަތަންތަނުން އަންނަ އަލީގެ އިތުރުން ކައިރީގައިވާ އަވަށްތަކާއި ސިޓީތަކުން ވެސް އަންނަ އަލި ފިލްޓަރ ކުރެވިގެން ދިޔަކަބް ފާހަގަކޮށްލާފައިވެއެވެ. މިއީ މިހާރު ނުވަތަ އެންމެ މަދުވެގެން ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ އޮބްޒަވޭޓަރީތަކަށް ވެސް ވަރަށް މުހިންމު އަދި ފައިދާހުރި ކަމަކަށް ވެގެން ދާނެކަމަށް ސްޓެލްތްޓްރާންސިޓްގެ ބާނީ އަދި ސީއީއޯ، ވްލަޑް ޕަޝްކޯވްސްކީ ވިދާޅުވެފައިވެއެވެ.

މިއީ ބޮޑެތި ޓެލެސްކޯޕްތަކުގައި ބޭނުންކުރެވިދާނެ ޓެކްނޮލަޖީއެއްތޯ ބެލުމަށްޓަކައި މިކަމަށް ބޭނުންކޮށްފައިވަނީ 24-އިންޗީ ފުޅާމިނުގެ ޓެލެސްކޯޕަކުން ޝަޓަރެވެ. މިކަމަ ބޭނުންކުރަންޖެހޭ ޝަޓަރަކީ ލުއި އަދި ސުކުންތަކު 150 ފަހަރު ނިވިދިލުމުގެ ޤާބިލުކަން ހުންނަން ޖެހޭ ޝަޓަރެކެވެ. އެހެންކަމުން މިވެގެން ދިޔައީ މި ނިޒާމުގެ އެންމެ އަގުބޮޑު ބައިކަމަށެވެ.

މި ޓެކްނޮލަޖީ އަދި ވިއްކަންތައްޔާރުވެފައި ނުވާއިރު، ސްޓެލްތްޓްރާންސިޓްގެ އުންމީދަކީ ކުރިއަށް އޮތް ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ ތެރޭގައި ދުނިޔޭގެ އެންމެ މޮޅެތި ޓެލެސްކޯޕްތަކުގައި މި ޓެކްނޮލޮޖީ ބޭނުންކުރުމެވެ. މި ޓެކްނޮލަޖީގެ އެހީގައި އަލި ޕޮލިއުޝަން ހައްލުކުރުމުގެ ފުރުސަތު ލިބިގެންދިއުމުން ފަލަކީ އިލްމުވެރިންނާއި މިކަމަށް ޝައުގުވެރިކަން ހުނަން މީހުންނަށް ތަރިތަކާއި ފަޒާގައި ހިނގާ ކަނތައް ދުނިޔެއިން ބެލުމަށް ފަސޭހަވެގެން ދާނެކްމަށް ބެލެވެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.