އީޔޫ އިން އޭއައި އާއިބެހޭ ޤާނޫނުގެ އެއްބަސްވުމެއް ހަދައިފި

އަޙްމަދު ދާއޫދު 04 ފެބްރުއަރީ 2024

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އާޓިފިޝަލް އިންޓެލިޖެންސް ގާނޫނާ ބެހޭ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެމްބަރު ގައުމުތަކުގެ އިއްތިފާގުން އެއްބަސްވުމަކަށް އާދެވިއްޖެއެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޑެޕިއުޓީ އެމްބެސެޑަރުން ވަނީ އެ ކައުންސިލްގެ މަންދޫބުންނާއި ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރުންނާއި ޔޫރަޕިއަން ކޮމިޝަންގެ އޮފިޝަލުންގެ މެދުގައި ދިގު މަޝްވަރާތަކަކަށް ފަހު، އެއްބަސްވުމުގެ އެންމެ ފަހުގެ ލިޔުން ހާމަކޮށްދެއްވާފައެވެ.

މި ގާނޫނުގެ ދަށުން އޭއައި ޓެކްނޮލޮޖީގެ ބައެއް އެޕްލިކޭޝަންތައް މަނާކުރުމާއި، ހައި ރިސްކް ކަމަށް ބެލެވޭ ޔޫސް ކޭސްތަކަށް ހަރުކަށި ލިމިޓްތަކެއް ކަނޑައެޅުމާއި، ޓްރާންސްޕޭރެންސީ އާއި ސްޓްރެސް-ޓެސްޓިންގެ މަސްއޫލިއްޔަތުތައް ހިމެނޭ އެންމެ އެޑްވާންސް ސޮފްޓްވެއާ މޮޑެލްތަކުގައި ހެމް ހުންނާނެއެވެ.

ހަލުވިކަމާއެކު ކުރިއަށްދާ އޭއައި ޓެކްނޮލޮޖީއަށް ހަރުދަނާ ރައްކާތެރި އުސޫލެއް ކަނޑައެޅުމުގައި އިސްނެގި ބްލޮކްތަކުގެ ތެރެއިން ފުރަތަމަ ބްލޮކަކީ އީޔޫއެވެ. އޯއީސީޑީއިން ފެށިގެން ޖީ7 އާ ހަމައަށް ގިނަ ގައުމުތަކަކާއި ބައިނަލްއަގުވާމީ ކްލަބްތަކުން އޭއައި ރެގިއުލޭޓް ކުރާނެ ގޮތަކާ މެދު ވިސްނުމުގައި ފާއިތުވި އަހަރުތަކުގައި ހޭދަކުރި ނަމަވެސް ގިނަ ބަޔަކު ތިބީ ވޮލަންޓަރީ ގައިޑްލައިންނުވަތަ ކޯޑް އޮފް ޕްރެކްޓިސްގައި ހިފެހެއްޓިފައެވެ.

މިދިޔަ ޑިސެމްބަރު މަހު އީޔޫގެ ސިޔާސަތުތައް ކަނޑައެޅުއްވި ފަރާތްތަކުން އޭއައި ގާނޫނުގެ ކޮންޓެންޓަށް އެންމެ ފަހުގެ އެއްބަސްވުމެއް ހޯދިކަން އިއުލާނު ކުރުމުން، މި ކާމިޔާބީއަކީ އޯޕަންއޭއައިގެ ޗެޓްޖީޕީޓީ އާއި ގޫގަލްގެ ޖެމިނާއި ފަދަ އޭއައި ޓޫލްސްތައް ކުރިއަރަމުން އަންނަ ދަނޑިވަޅެއްގައި ޔޫރަޕުން އުފާފާޅުކުރަން ޖެހޭ ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް މި ކާމިޔާބީގެ ސަބަބުން އީޔޫގެ ބައެއް ގައުމުތަކަށް ގެއްލުންތަކެއް ވެދާނެކަމަށް ވަނީ ބެލެވިފައެވެ. އެގޮތުން ފާއިތުވި ހަފުތާތަކުގެ ތެރޭގައި އޮސްޓްރިއާގެ އިތުރުން އެ ބްލޮކްގެ އެންމެ އިސް އިގްތިސާދުތައް ކަމަށްވާ ޖަރުމަނާއި ފްރާންސުން ވެސް ވަނީ ވޯޓުގައި އެ ލިޔުމާ ދެކޮޅު ހަދާނެ ކަމުގެ އިޝާރާތެއް ދީފައެވެ.

ޕެރިސް އާއި ބާލިން އިން އިންޒާރު ދީފައި ވަނީ އެޑްވާންސް އޭއައި މޮޑެލްތަކުގެ އުސޫލަކީ ފްރާންސްގެ މިސްޓްރަލް އާއި ޖަރުމަނުގެ އެލެފް އަލްފާ ފަދަ ޔޫރަޕްގެ ކުރިއަރަމުން އަންނަ އޭއައި ޗެމްޕިއަނުންނަށް ބުރޫ އަރާނެ ކަމެއް ކަމަށެވެ.

ފްރާންސްގެ އިކޮނޮމިކް މިނިސްޓަރު ބްރޫނޯ ލެ މައިރޭގެ ކެބިނެޓުން ވަނީ އޭނާގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ޔޫރަޕިއަން ޕާލަމެންޓާއެކު އިތުރު މަޝްވަރާތަކެއް ކުރުމަށް ގޮވާލާފައެވެ. ބެލްޖިއަމް ކައުންސިލްގެ ރައީސަށް މި ފުރުސަތު ގެއްލުނީ އިތުރު މަޝްވަރާތަކަށް ވަގުތު ނުލިބުމުގެ ސަބަބުންނެވެ.

ޖަރުމަނުގެ ކޯލިޝަން ސަރުކާރުގެ ތެރޭގައި ހިމެނޭ އެންމެ އިސް އޭއައި އެކްޓް ޝައްކު ކުރެވޭ ޖަރުމަނުގެ ޑިޖިޓަލް މިނިސްޓަރު ވޮލްކަރ ވިސިންގްގެ ތަރުޖަމާނަކު ޕޮލިޓިކޯއަށް ވިދާޅުވީ މެޑިކަލް ޑިވައިސްތަކުގައި އޭއައި ބޭނުންކުރުމުގައި އޭއައި ގެ ގާނޫނު ނުހިނގާކަން ސާފުކޮށްދިނުމަށް އީޔޫ ކޮމިޝަނަށް ދެންނެވި ކަމަށެވެ.

އަދި ސޮފްޓްވެއާ ތަމްރީނު ކުރުމަށް ބޭނުންކުރާ ކޮޕީރައިޓް ކޮށްފައިވާ މެޓީރިއަލްތަކުގެ ޚުލާސާއެއް ހާމަކުރުމާ ގުޅޭ ގޮތުން އެޑްވާންސް "ޖެނެރަލް ޕާޕަސް" އޭއައި މޮޑެލްތައް ޑިވެލޮޕަރުންނަށް "ތަފްސީލީ އިރުޝާދު" ދިނުމަކީ ވެސް އޭއައި އޮފީހުގެ މަސައްކަތެކެވެ. މީގެ އިތުރުން، އެޑްވާންސް އޭއައިއަށް އަސަރުކުރާ ލިޔުމުގެ ބައެއް ކަންކަން އަޕްޑޭޓްކުރާއިރު، އޭއައި ދާއިރާއިން އިނޮވޭޝަން ކުރިއެރުވުމަށާއި، "ފްލެކްސިބަލް އަދި ފިއުޗަރ ޕްރޫފް ލީގަލް ފްރޭމްވޯކެއް ކަށަވަރު ކުރުމަށް" ކޮމިޝަނުން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ވެސް ވަނީ ދީފައެވެ.

މި ބަޔާނުގެ ސަބަބުން މެމްބަރު ގައުމުތަކަށް ފޭޝަލް ރިކޮގްނިޝަން، އިމޯޝަނަލް ރިކޮގްނިޝަން އަދި ބަޔޯމެޓްރިކް ކެޓަގަރައިޒޭޝަން ފަދަ ޓެކްނޮލޮޖީތަކަށް އިތުރު ރެސްޓްރިކްޓިވް އުސޫލްތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

އޭއައި ގާނޫނަށް އަދިވެސް ޔޫރަޕިއަން ޕާލަމެންޓުގެ ރަސްމީ ރުހުން ބޭނުންވެއެވެ. އެ ލިޔުން ދެ ހަފުތާގެ ތެރޭގައި ކޮމިޓީ މަރުހަލާގައި ފާސްކުރާނެ ކަމަށް ބެލެވޭއިރު، އޭޕްރީލް މަހުގެ ތެރޭގައި ޕްލެނަރީ ވޯޓެއް ނަގާނެ ކަމަށް ބެލެވެއެވެ.

ޕްރައިވެސީއަށް ތާއީދުކުރާ މެމްބަރުން އަދިވެސް އިސްލާހުތައް ހުށަހަޅައިގެން ގާނޫނުކުރިއެރުވުމަށް ހުރަސް އެޅުމަށް މަސައްކަތް ކޮށްފާނެއެވެ.

ޔޫރަޕިއަން ކޮމިޝަނުން 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ވަނީ އޭއައިގެ ފުރަތަމަ އީޔޫ ރެގިއުލޭޓަރީ ފްރޭމްވޯކް ހުށަހަޅައިފަ އެވެ. އެގޮތުން އެކި އެޕްލިކޭޝަންތަކުގައި ބޭނުން ކުރެވޭނެ އޭއައި ސިސްޓަމްތައް އެނަލައިޒްކޮށް ކެޓަގަރައިޒް ކުރަނީ އެ ސިސްޓަމްތައް ބޭނުންކުރާ ފަރާތްތަކަށް ކުރިމަތިވެދާނެ ނުރައްކަލަށް ރިއާޔަތްކޮށް ކަމަށް އޭރު ހާމަކުރިއެވެ.

ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސުން އެކްސިސްޓެންޝަލް ރިސްކުގެ މައްޗަށް އަލިއަޅުވާލައި، ދިރިއުޅުމަށް ފައިދާހުރި އަދި ބޮޑެތި ނުރައްކާތަކުން ދުރުކުރުމަށް ޓްރާންސްފޯމޭޓިވް ޓެކްނޮލޮޖީ ގެނައުމުގެ މަޤްޞަދުގައި ހިންގާ ޖަމިއްޔާއެއްކަމުގައިވާ ފިއުޗަރ އޮފް ލައިފް އިންސްޓިޓިއުޓުންވަނީ އީޔޫގެ އޭއަި ގާނޫނުގެ ޔޫރަޕްގެ އެސް.އެމް.އީތަކާއި ސްޓާޓްއަޕްތަކަށް އީޔޫގެ އޭއައި ޤާނޫނުގެ ދަށުން ޤާނޫނީ އެއްވެސް މަސްއޫލިއްޔަތެއް އޮންނާނެތޯ ނުވަތަ ހަމައެކަނި އެފަރާތްތަކުގެ ވިޔަފާރީގެ އަގު ވަޒަންކުރުމުގެ ގޮތުން، މި ޤާނޫނަށް ޢަމަލުކުރެވިދާނެތޯ ރަނގަޅަށް ދެނެގަނެވޭނެ ވަސީލަތެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. މި ވަސީލަތަކީ ބޭނުންކުރާ މީހުންނާ ރައްޓެހި ވަސީލަތަކަށް ހެދުމަށް އެމީހުން މަސައްކަތް ކުރަމުން އަންނަ އިރު، މި ޓޫލްގެ ސަބަބުން ސިސްޓަމަށް ކުރިމަތިވެދާނެ ޒިންމާތަކަކީ ކޮބައިކަން އަންގައިދޭނެ އެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.