ނެޓުބޭނުންކުރާއިރު ކުޑަކުދިން ރައްކާތެރިކުރެވިދާނެ ކަންތައް

އަޝްނާ ރަޝީދު 06 ފެބްރުއަރީ 2024

އަޅުގަނޑުމެންގެ ޅަކުދިން އިންޓަރނެޓު ބޭނުންކުރަމުންދާ އުމުރުފުޅަ ކުޑަވަމުންދާއިރު، އެކުދިންގެ އުމުރާއި ޅުގުޅޭ އަދި ސަލާމަތައް ނުރައްކާތެރިވާ ފަދަ ކަންކަމާއި މި އިންޓަރނެޓު މެދުވެރިކޮށް ކުރިމަތި ލާންޖެހެއެވެ. މިގޮތުން އިންޓަރނެޓަކީ އަޅުގަނޑުމެންގެ ކުދިންނަށް ރައްކާތެރި އެއްޗަކަށް ހެދުމަށް ބެލެނިވެރިންނަށް ކުރެވިދާނީ ކޮންކޮންކަންތަކެއްތޯ؟

ނުރައްކާތަކާމެދު ސަމާލުވެލައްވާ

އިންޓަރނެޓުގައި ދިމާވެދާނެ ނުރައްކާތަކަށް ކުދިންއަހުލުވެރި ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އިންޓަރނެޓުގެ ތެރޭގައި ބޮޑުވަމުން އަންނަކުދިން ރައްކާތެރިގޮތުގައި އިންޓަރނެޓު ބޭނުންކުރަން ދަސްކުރުމަކީ ވަރަށް މުހިންމުކަމެކެވެ. މިގޮތުން، ގްރޫމިން، ސެކްސްޓޯޝަން އަދި މިފަދަ އެހެނިހެން މުރައްކާތަކާއި މެދު ސަމާލުވެ، އެކުދިން މިކަންކަމަށް ރައްކާތެރިވުމަށްޓަކާއި އިންޓަރނެޓް ރައްކާތެރި ގޮތިގައި ބޭނުންކުރާނެ ގޮތާއިމެދު ވާހަކަދެއްކުން ވަރަށް މުހިންމެވެ. އަދި ގަވާއިދުން ކުދިންނާއި ވާހަކަ ދައްކާ، ކުދިންނަށް އުނދަގޫވާ ކަހަލަ ކަމެއް ދިމާވެއްޖެ ނަމަވެސް ބެލެނިވެރިން ކައިރިއަށް އާދެވޭނެކަން ވިސްނައިދިނުން ވަރަށް މުހިންމެވެ.

ޕްރައިވަސީއާއި މެދު ސަމާލުވެލައްވާ

ކުދިނާއި ބެހޭ މައުލޫމާތު ހިއްސާކުރުމުގައި ޕްރައިވަސީއާއި މެދު އަހައްމިއްޔަތުދީ މިކަމާމެދު ދަރިން ތަރުބިއްޔަތުކުރުމަކީ ވަރަށް މުހިންމުކަމެކެވެ. މިގޮތުން، އާއިލާގައި ބޭނުންކުރާ އެކި އެކި ޑިވައިސްތަކާއި ކުދިންގެ ޑިވައިސްތަކުގެ ޕްރައިވަސީ ސެޓިންގތައް ބެލުން ވަރަށް މުހިންމެވެ. މިގޮތުން، ކުދިންގެ ފޮޓޯތަކާއި މައުލޫމާތު އޮންލައިންކުރުމުގައި ރައްކާތެރިވުން ވަރަށް މުހިންމެވެ. މިގޮތުން، ކުދިންގެ ޕާސަނަލް މައުލޫމާތާއި، ކުދިން އާންމުކޮށް އުޅޭތަންތަނާއި ޝެޑިއުލްތައް ހިއްސާކުރުމުން ދުރުހެލިވުން ވަރަށް މުހިންމެވެ. އަދި ކުދިންގެ ފޮޓޯތައް ޝެއާކުރުމުގައި އިތުބާރުކުރެެވޭ ފަރާތްތަކަށް އެކަނި ހިއްސާކުރުން ވަރަށް މުހިންމެވެ. މިކަން މުހިންމުވާ ސަބަބަކީ ކުދިންގެ މައުލޫމާތާއި ފޮޓޯ ނާޖާއިޒްގޮތުގައި ބޭނުންކޮށްފާނެެ ފަރާތްތަކުންގެ ފަރާތުން ކުދިން ރައްކާތެރިކުރުމެވެ.

މީސްމީޑީއާ އާއި އެހެނިހެން ޕްލެޓްފޯމުތަކާއި މެދު ސަމާލުވެލައްވާ

މީސްމީޑިއާ އާއި އެހެނިހެން ޕްލެޓްފޯމުތަކަކީ ކުދިންގެ މެދުގައި ވަރަށް މަޤުބޫލުވެފައިވާ ޕްލެޓްފޯރމުތަކެވެ. މީގެން ބައެއް ޕްލެޓްފޯމުތަކަކީ އެކުދިންގެ އުމުުރުފުޅާއި ނުގުޅޭ އެއްޗެހި ހުރެ އަދި އެކުދިން އެ ޕްލެޓްފޯމުތައް ބޭނުންކުރަން އުމުރު ފުރިހަމަނުވާ ޕްލެޓްފޯމުތަކެކެވެ. ކުދިން މި ޕްލެޓްފޯމުތައް ބޭނުންކުރަން ނުހުއްޓުނު ކަމުގައި ވިޔަސް، ބެލެނިވެރިން ދަރިންނަށް މި ޕްލެޓްފޯމުތައް ރައްކާތެރި ކުރުމަށް ކުރެވިދާނެ ކަންތައްވެއެވެ. މިގޮތުން، ގިނަ ޕްލެޓް ފޯމުތަކުން ބެލެނިވެރިންނަށް ހާއްސަކޮށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މީގެއިތުރުން، ކުދިންނާއި ވާހަކަ ދައްކާ، އެކުދިން މި ޕްލެޓްފޯމުތައް ބޭނުންކުރަމުންދާ ގޮތާއި މެދު ވާހަކަ ދެއްކުން ވަރަށް މުހިންމެވެ.

ބެލެނިވެރިންނަށް ކުދިން ނެޓުބޭނުންކުރުމުގައި ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ބައިވަރު އެހެން ކަންކަންވެއެވެ. މިގޮތުން އޮންލައިންކޮށް ލިބެންހުރި ބައިވަރު ރިސޯސުތައްވެއެވެ. ތޯން، އިންޓަރނެޓް މެޓާސް އަދި ގޫގަލްގެ ބީ އިންޓަރނެޓް އޯސަމް ފަދަ ރިސޯސްތައް ބޭނުންކޮށްގެން ކުދިންނަށް އިންޓަރނެޓަކީ ރައްކާތެރިތަނަކަށް ހެދުމަށް ކުރެވިދާނެކަންތައް ދަސްވެ މައުލޫމާތު މުއްސަނދިވެގެންދެއެވެ. އިންޓރނެޓަކީ ރައްކާތެރި ތަނަކަށް ހެދުމަކީ އަޅުގަނޑުމެން ހުރިހާ އެންމެންގެ ޒިންމާއެކެވެ. އަދި ބޮޑުވަމުން އަންނަ ޖީލުތައް ނެޓުގައި ރައްކާތެރިވުމަށްޓަކާއި ބެލެނިވެރިން ދަރިވަރުންނާއި މުއާމަލާތުކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.