ގޫގަލްގެ އޭއައި އުފެއްދުންތައް "ޖެމިނާއި" އަށް ބަދަލުކޮށްފި

އަޙްމަދު ދާއޫދު 10 ފެބްރުއަރީ 2024

ގޫގަލް އިން "ބާޑް" ޗެޓްބޮޓް ހިމެނޭ ގޮތަށް އޭއައިގެ ހުރިހާ ހުށަހެޅުންތަކެއް "ޖެމިނާއި" ގެ ނަމުގައި ރީބްރޭންޑް ކުރަން ނިންމައިފިއެވެ. މި ބަދަލުގެ ބޭނުމަކީ ގޫގަލްގެ އޭއައި ބްރޭންޑްތަކާއި ޕްރޮޑަކްޓްތަކާއި މޮޑެލްތައް ބޭނުން ކުރަން ފަސޭހަކުރުމެވެ.

ގޫގަލްގެ އޭއައި އުފެއްދުންތައް ރީބްރޭންޑް ކޮށްފައިވާއިރު، ވަރަށްގިނަބަޔަކު އިންތިޒާރު ކުރަމުންދިޔަ ގޫގަލްގެ ޖެނެރޭޓިވް އޭއައި މޮޑެލް ޖެމިނާއި މިދިޔަ ޑިސެމްބަރ 6 ވީ ބުދަދުވަހު ގޫގަލް އިން ވަނީ ތަޢާރަފްކޮށްފައެވެ ގޫގަލްއިން ބުނާގޮތުގައި މި މޮޑެލް އޯޕަން އޭއައިގެ ޗެޓްޖީޕީޓީ-4 އަށްވުރެ ވެސް ވަރުގަދަ ވާނެއެވެ.

ކުރިން ބާޑްގެ ނަމުން މަޝްހޫރުވި ކޮންވަޒޭޝަނަލް އޭއައި އިން ފެށިގެން ގޫގަލްގެ ވޯކްސްޕޭސް ކޯލަބްރޭޝަން ޓޫލްސް އާ ހަމައަށް ހުރިހާ ކަމެއް ވެސް މިހާރު ޖެމިނާއި ބްރޭންޑިންގެ ދަށަށް އަންނާނެއެވެ. ގޫގަލްގެ އެންމެ އެޑްވާންސް އޭއައި ސިސްޓަމް، ޖެމިނާއި އަލްޓްރާ އާ ހަމައަށް ވަނީ މިބަދަލު ގެނެސްފައެވެ.

ގޫގަލްގެ ބްލޮގްޕޯސްޓެއްގައި ވާގޮތުން ގޫގަލް ވަން ސަބްސްކްރިޕްޝަނަށް މަހަކު 20 ޑޮލަރަށް އަޕްގްރޭޑްކޮށްގެން މިހާރު އަލްޓްރާ އަށް ވަދެވޭނެއެވެ. ގޫގަލް އޭއައި ޕްރޮޑަކްޓްތަކުގެ ވީޕީ ސިސީ ސިއާއޯ ވިދާޅުވީ އަލްޓްރާ ރަމްޒުކޮށްދެނީ ހަގީގަތުގައި ވެސް ޒަމާނީ މޮޑެލްއެއް ކަމަށާއި އެއީ މީހުން ސިއްސުވާލާފަދަ މޮޑެލްއެއް ކަމަށެވެ.

މި ރީބްރޭންޑިންގައި ގޫގަލް އެސިސްޓެންޓް ފަންކްޝަނަލިޓީގެ ބަދަލުގައި އެންޑްރޮއިޑާއި އައިއޯއެސް އަށް ހާއްސަ ޖެމިނާއި އެޕްލިކޭޝަންތައް ތައާރަފް ކުރުން ވެސް ހިމެނެއެވެ.

ސިއާއޯ ވިދާޅުވީ ފޯނުން މުއްސަނދި އޭއައި އެކްސްޕީރިއަންސެއް ބިނާކުރަން ބޭނުންވާ ކަމަށާއި ނަމަވެސް އަދި ގޫގަލް އެސިސްޓެންޓްގައި އިންވެސްޓް ކުރަމުން ގެންދަނީ އެހެނިހެން ޑިވައިސްތަކަށް ކަމަށެއެވެ.

އެނަލިސްޓުން ދެކޭ ގޮތުގައި މިހާތަނަށް ގޫގަލްގެ އޭއައި ސްޓްރެޓެޖީއަށް ބަލާއިރު ކޮންސޮލިޑޭޓެޑް ޖެމިނާއި އައިޑެންޓިޓީ އަކީ އާދަޔާ ޚިލާފު ކުރިއެރުމެކެވެ. މި ނަމަކީ ޓެކްސްޓް ދެނެގަތުމަށާއި، ލިޔުނު ކޮންޓެންޓް އުފެއްދުމާއި، އެނޫންވެސް ގިނަ ކަންކަމުގައި ގޫގަލްގެ އެންމެ ފަހުގެ ޖެނެރޭޓިވް އޭއައި ޤާބިލުކަމުގެ ފަހަތުގައިވާ ބޮޑު ބަހުގެ މޮޑެލްއެވެ.

މި ބަދަލުގެ ސަބަބުން ގޫގަލްގެ ހުށަހެޅުންތައް އެއް ބްރޭންޑެއްގެ ދަށުން ސްޓްރީމްލައިން ކުރުމަށް އެހީތެރިވެދެއެވެ. މިއީ ގޫގަލްއިން ކޮންސިއުމަރ ޕްރޮޑަކްޓްތަކާ މެދު ގެންގުޅޭ ނުރަނގަޅު ވިސްނުމާ މެދު ގިނަ ބަޔަކު ދެކޭގޮތް ބަދަލު ވަމުން ދާނެކަމަށް ދިރާސާވެރިން ބުނެއެވެ.

ސިއާއޯ ވިދާޅުވީ އެއް އޭއައި ބްރޭންޑެއް ބޭނުންކުރުމަކީ "ގިނަ ބަޔަކު ޖެމިނާއި ތަޖުރިބާ ކުރާނެ ގޮތް ކަމަށް ވެދާނެ" ކަމަށެވެ. ގޫގަލް އިން އެކުންފުނީގެ ހުރިހާ ކޮންސިއުމަރ އަދި އެންޓަޕްރައިޒް ސޮލިއުޝަންތަކެއްގައި އުއްމީދުކުރާ ފަދައިން ޖެމިނާއި އަކީ އެޑްވާންސް އިންޓެލިޖެންސްގެ މާނައަކަށް ވެއްޖެކަން އެނގޭނީ އޭގެ ބޭނުން ކޮށްލުމުން ކަމަށް އޭނާ ވިދާޅުވިއެވެ.



އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.