ޕޭޔަރ: ފައިސާގެ މުޢާމަލާތްތަކަށް ރާއްޖޭގެ މޮޅު އުފެއްދުމެއް!

އަޙްމަދު ދާއޫދު 13 ފެބްރުއަރީ 2024

އެކިއެކި ޚިދުމަތްތަކަށާއި، ބިލްތަކަށް ފައިސާ ދެއްކުމަކީ އެއްވެސް އުނދަގުލެއްނެތި ފަސޭހަކަމާއެކު، މުޢާމަލާތްތައް ކޮށްލުމުގެ ފުރުޞަތު ދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ "ޕޭޔަރ-ޕޭމެންޓްސް ފޮރ މޯލްޑިވްސް" މޯބައިލް އެޕްލިކޭޝަނަކީ ސަތޭކަ ޕަސަންޓް ދިވެހި ކުންފުޏެއްކަމަށްވާ "ޕޭޔަރ ޕްރައިވެޓް ލިމިޓެޑް"ގެ އުފެއްދުމެކެވެ.

ދުނިޔޭގައި ތަރައްޤީ ވެފައިވާ ގައުމުތަކުގެ ރައްޔިތުންނެކޭ އެއްފަދައިން މިއަދު ދިވެހިންނަކީވެސް ޓެކްނޮލޮޖީގެ ދުނިޔޭގައި އެންމެކުރީ ސަފުގައި ފައިހަމަ ކުރަމުންދާ ބަޔަކީމުއެވެ. އެގޮތުން ތަފާތު ޚިދުމަތްތަކަށާއި، ބިލްތަކަށް ފައިސާ ދެއްކުމުގެ 95 އިންސައްތަ މިވަނީ އޮންލައިން ޕްލެޓްފޯމްތަކަށް ބަދަލުވެފައެވެ.

ޕޭޔަރަކީ ރާއްޖޭގެ ކަސްޓަމަރުންނަށް ފުޅާ ދާއިރާއެއްގައި އަދި ފަސޭހަ ކަމާއެކު ފައިސާ ދެއްކޭނެ ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި 2018 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެކުންފުނިން މަސައްކަތް ކުރަނީ ފައިސާ ދެއްކުމުގެ ކަންކަން ފަސޭހަކޮށް، ފައިނޭންސް މެނޭޖްކުރުން މިހާރަށްވުރެ ހަރުދަނާ ކުރުމަށެވެ.

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން 2022 ވަނަ އަހަރު މަރުކަޒީ ބޭންކުން ޕޭމަންޓް ސާވިސް ޕްރޮވައިޑަރު ލައިސަންސް ޕޭޔަރ އަށް ދިނުމުން، އެކުންފުނީގެ ހިދުމަތްތައް ފުޅާކޮށް، ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތްތަކެއް ދިނުމަށް މަގުފަހިވެގެން ދިޔައެވެ. ޓެކްނޮލޮޖީގެ ބޭނުން ހިފައި، ރާއްޖޭގައި މީހުން ފައިސާ މެނޭޖްކުރާ ގޮތް ބަދަލުކޮށް، ފައިސާ ދެއްކުމަށް ޕޭޔަރ ނަމުގައި އުފެއްދި އެޕްލިކޭޝަނުން ފަހިފުރުޞަތެއް ތަނަވަސްކޮށްދިނެވެ.

2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެކުންފުނިން ރަސްމީކޮށް ޕޭޔަރ ތައާރަފްކުރި ފަހުން މިހާތަނަށް 20،000 އަށް ވުރެ ގިނަ ކަސްޓަމަރުން ވަނީ އެ އެޕްލިކޭޝަނުގެ ޚިދުމަތް ހޯދާފައެވެ. މީގެ އިތުރުން 2019 ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި "ސްޓާޓްއަޕް އޮފް ދަ އިޔާ" ގެ ލަގަބު ވެސް ޕޭޔަރ އަށް ވަނީ ލިބިފައެވެ.

ކަސްޓަމަރުންނަށް އާދަޔާ ޚިލާފު އަގުތަކެއް ފޯރުކޮށްދިނުމަށްޓަކައި، އެކުންފުނީގެ ޚިދްމަތްތައް އިނޮވޭޓްކޮށް، ރަނގަޅު ކުރުމަށް ދަނީ އިތުރަށް މަސައްކަތްކުރަމުންނެވެ. ރާއްޖޭގައި ފައިސާ ދެއްކުމުގައި ހުރި ތަފާތު ގޮންޖެހުންތައް ޙައްލުކޮށްގެން، ކޮންމެ މީހަކަށްވެސް ފައިސާގެ މުޢާމަލަތްތައް އަމިއްލައަށް ކޮށްލެވޭނެ ގޮތެއް ހޯދައިދިނުމަކީ މުހިންމު ކަމެއްކަމުގައި އެކުންފުނިން ދެކެއެވެ.

ޕޭޔަރ އެޕް ބޭނުން ކުރާނެގޮތް

1. އެޕްސްޓޯރ ނުވަތަ ޕްލޭސްޓޯރއިން އެޕް ޑައުންލޯޑްކޮށް ރަޖިސްޓަރ ކޮށްލުން

2. ބޭންކް އެކައުންޓުން ޕޭޔަރ ވޮލެޓަށް ޓްރާންސްފަރ ކުރުން

3. ޕޭޔަރ އެޕް ބޭނުންކޮށްގެން ބޭނުންވާ ޚިދުމަތަކަށް ފައިސާދައްކާށެވެ.

ޕޭޔަރ އެޕް މެދުވެރިކޮށް ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި:

1. އެއަރޓައިމް ރީޗާޖްކުރުމާއި، ވިޔަފާރިވެރިންނަށް ފައިސާ ދެއްކުމާއި، އެއްތަނަކުން ބިލްތައް މެނޭޖްކޮށް ޓްރެކް ކުރެވޭނެއެވެ. އަދި މޯބައިލް، އިންޓަނެޓް އަދި ކޭބަލް ބިލް ދެއްކުމާއި، ކިއުއާރް ކޯޑް މެދުވެރިކޮށް ޕޭޔަރ މާޗަންޓުންނަށް ފައިސާ ދެއްކުމުގެ އިތުރުން ބިލް ތައްޔާރުވުމުން ނޮޓިފިކޭޝަން ހޯދުންފަދަ ޚިދުމަތް ލިބޭނެއެވެ.

2. އަދި މީގެ އިތުރުން އެއަރޓައިމް ރީޗާޖް (އުރީދޫ އާއި ދިރާގު) މޯބައިލް ވޮލެޓްތަކަށް ކޭޝް-އިން (ދިރާގު ޕޭ) ގެ ޚިދުމަތްވެސް މިއެޕްމެދުވެރިކޮށް ހޯދޭނެއެވެ.

3. ޕޭޔަރ ވޮލެޓް ބީއެމްއެލް ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ވަގުތުން ޕޭޔަރ ވޮލެޓަށް ޓޮޕްއަޕްކޮށް، ޕޭޔަރގެ ޚިދުމަތަށް ފައިސާ ދެއްކުމަށް ވެސް މި އެޕް ބޭނުންކުރެވޭނެއެވެ.

4. މި އެޕްމެދުވެރިކޮށް ދިރާގާއި، އުރީދޫ އަދި މީޑިއާ ނެޓަށްވެސް ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެއެވެ.

5. މީގެއިތުރުންވެސް ސިނަމާ ޕޭމަންޓް ސާވިސް (ޝްވެކް)، ޚިދުމަތާއި، ކާބޯތަކެތީގެ އައުޓްލެޓްތަކާއި ސުޕަމާކެޓްތަކާއި އެފްއެސްއެމް ކިއުއާރް ޕޭމަންޓް ގެ ހިދުމަތް މި އެޕުން ލިބިގަނެވޭނެއެވެ.

މީގެ އިތުރުންވެސް ޔޫޓިލިޓީ ޕޭމަންޓްގެ ހުރިހާ ހިދުމަތެއް ވެސް ތައާރަފް ކުރުމަށް ސަރުކާރުން ހިންގާ ކުންފުނިތަކާއި، އެޖެންސީތަކާ ގުޅިގެން ޕޭޔަރއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޕޭޔަރަކީ ސައިން އަޕް ފީއެއް ނުވަތަ މެއިންޓެނެންސް/މަންތްލީ ފީއެއް ނެގުމެއްނެތް، އެއްވެސް ޗާޖެއް ނުނަގާ ސަތޭކަޕަސަންޓް ހިލޭ ލިބޭ ފޯރުކޮށްދެވޭ ޚިދުމަތެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.