Download Logo
Copy Logo

ކުރިން ހީކުރިވަރަށްވުރެ ގިނަ ހަކަތަ ގިނިހިލައަކުން ހަލާކުނުވެ ނެގޭ

އަޝްނާ ރަޝީދު 16 އޭޕްރީލު 2024

ޔުނިވަރސިޓީ އޮފް އޮކްސްފޯޑާއި އައުޓަރ ސޮލާރ ސިސްޓަމް ކޮމްޕެނީ ގުޅިގެން އިން-ސްޕޭސް ހައި އެނާޖީ ޕްރޮޓޮން ބީމް ސިސްޓަމްސްއާއި ބެހޭގޮތުން ކުރަމުންދާ ދިރާސާއަކުން ގިނިހިލައަށް(meteor) ކުރިން ހީކުރިވަރަށްވުރެ ގިނަ ހަކަތަ ހަލާކުނުވެ ހިފެހެއްޓޭކަން ހާމަވެއްޖެއެވެ. ދާދިފަހުން ނޭޗަރ ކޮމިއުނިކޭޝަންސްގައި ޝާއިރުކޮށްފައިވާ މި ދިރާސާއިން ހާމަކޮށްފައިވާގޮތުން ދަގަނޑު ގިނަ ގިނިހިލަ ކުރިން ހީކުރިވަރަށްވުރެ ގިނަ ހަކަތަ ހަލާކުވެގެން ނުގޮސް އެބްޒޯބްކުރެވެއެވެ.

ގިނިހިލަ މެޓީރިއަލް އަސްލު އެކްސްޓްރީމް ހާލަތްތަކުގައި ރައްދުދޭގޮތް ތަހުގީގު ކުރުމަށްޓަކައި ދިރާސާވެރިން ސާންގެ ހައި ރޭޑިއޭޝަން ޓު މެޓީރިއަލްސް (ހައިރެޑްމެޓް) ފެސިލިޓީ ބޭނުންކޮށްފައިވެއެވެ. އެތަނުގައި މި ދަރާސާގައި ބައިވެރިވި ބައިނަލްއަގުވާމީ ދިރާސާވެރިންގެ ޓީމުން ކެމްޕޯ ޑެލް ސިއެލޯ ކިޔާ މަޝްހޫރު ދަގަނޑު-ގިނަ ގިނިކަނދުގެ(meteorite) ސާމްޕަލެއް ބޭނުންކޮށްފައިވެއެވެ. އެ ފަރާތްތަކުން މިސާމްޕަލް 440GeVގެ ހަކަތަތަކެއް ހުންނަ އަލްޓްރާ-ހައި-އެނާޖީ ޕްރޮޓޮން ބީމްތަކަށް ހާސާކުރިއެވެ. މިކަމުގެ ސަބްބުން ގިނިހިލަ ހަލާކުނުވެ އިތުރަށް ވަރުގަދަވެގެންދެއެވެ.


ކެމްޕޯ ޑެލް ސިއެލޯ ގިނިކަނދު ސާމްޕަލު

މި ލެބޯޓްރީ އެހެން ލެބޯޓްރީތަކާއި ހިލާފަށް މިކަންތައް ޓެސްޓުކުރުމަށް ބޭނުންކުރީ އެހެން ނިޒާމެކެވެ. އާންމުކޮށް ލެބޯޓްރީތައް ބޭނުންކުރާ ޓެސްޓަކީ ގިނިކަނދަށް މަޑުމަޑުން ބާރެއްލުމުން ނުވަތަ ގަދަ ރޭޑިއޭޝަންއަށް ހާސާކުރުމުން އޭގެތެރެއަށް އަންނަ ސްޓްރެސާއި ހޫނުބެލުމެވެ. މިޔާ ހިލާފަށް، މި ޓެސްޓު ބޭނުންކުރަނީ ލޭޒަރ ޑޮޕްލަރ ވައިބްރޯމެޓްރީއެވެ. މީގެން ގިނިކަނދުގެ ސާރފޭސްގައި އަންނަ ކުދިކުދި ތެޅުންތައް ވަގުތުން ބަލައި، އޭގެ ސަބަބުން އަންނަ ހަކަތައިން އަންނަ ސްޓްރެސް ރާޅުތައް ބޭނުންކޮށްގެން އަންނަ ހަކަތަ ދަތުރުކުރާގޮތް ބަލަނީއެވެ. މި ޓެސްޓުގެ ފައިދާއަކީ އޭގެ ސަބަބުން ގިނިކަނދު ހަލާކުނުވާކަމެވެ.

މި ދިރާސާއިން ދައްކައިދިން ގޮތުގައި މި ގިނިކަނދު އެހެން މޮޑެލްތަކުން ދެއްކިވަރަށްވުރެ ގިނަ ހަކަތަ ހަލާކުނުވެ ނެގޭކަމަށް މި ޓެސްޓުތަކުން ދައްކައިދިނެވެ. މިކަމުގެ ސަބަބަކަށް ބެލެވެނީ އެފަދަ ގިނިކަނދީގެ އެތެރޭގައިވާ ހެޓަރޮޖީނިއަސް ސްޓްރަކްޗަރު ސްޓްރެސް ބަހާލާ ގޮތުންނެވެ. މީގެން ދިމާވާ ސްޓްރޭން-ރޭޓް ޑިޕެންޑެންޓް ޑެމްޕިންގެ ސަބަބުން އެއަށް ދިމާވާ ސްޓްރެސް ބޮޑުވާވަރަކަށް، އޭގެ ހަކަތަ ގެއްލޭވަރު އެފިޝަންޓްވެގެންދެއެވެ.

ކެމްޕޯ ޑެލް ސިއެލޯ އަކީ އެމް-ޓައިޕް ގިނިހިލަޔާއި ވައްތަރު ސިފަތަކެއް އެކުލެވިގެންވާ ގިނިކަނދިއެކެވެ. އެހެންކަމުން މި ގިނިކަނދުން ލިބުނު ނަތީޖާ ގިނިހިލަޔަށް ބޭނުންކުރެވޭނެވެ. މީގެއިތުރުން، ކުރިއަށް އޮތްތަނުގައި އެހެން ބާވަތްތަކުގެ ގިނިކަނދި ބޭނުންކޮށްގެން އެކިއެކި ގިނިހިލަ ކްލާސްތައް އެއަށް ބޮޑު ބާރަކާއި ކުރިމަތިލުމުން ވާގޮތް ބެލުމަށް ރާވާފައިވެއެވެ.

މިފަދަ ދިރާސާތަކުގެ ސަބަބުން ނާސާގެ ޑަބަލް އެސްޓްރޮއިޑް ރިޑައިރެކްޝަން ޓެސްޓް (DART)، ފަދަ މަޝްރޫއުތައް ރަންގަޅަށް ކުރިއަށް ގެންދިއުމުގެ އިތުރުން ގިނިކަނދި ދިރާސާކުރުމުގެ ތެރޭގައި ވަރުގަދަކަން ދައްކާފައިވާއިރު ދުނިޔޭގެ ޖައްވަށް ވަނުމުން ހަލާކުވެދާ ސަބަބުދެނެގަތުން ފަދަ އައު އިލްމުލިބިގެން ދާނެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.